މޭޑޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ޖަލަށްލި ނާސިރާ (ވ) ގައި: އޭނާ މިނިވަންކުރީ ކްލެމެންސީ ބޯޑުން
03 އެޕްރީލް 2017 - 13:53
އިިދިކޮޅު ފަރާތްްތަކުން މޭޑޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ނާސިރާ އަލީ ޝަރުތުތަކާ އެކު މިއަދު މިނިވަންކޮށްފި އެވެ.
މެއި، 2015 ގައި ބޭއްވި މުޒާހަރާގައި މަގުމައްޗަށް ވެއްޓުނު ފުލުހެއްގެ ގައިގައި ޕްލާސްޓިކް ހުސް ފުޅިއަކުން ޖެހިކަން ސާބިތުވެ، ނާސިރާ ޖަލަށް ލާން މިދިޔަ އަހަރުގެ ޖުލައި މަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ކްލެމެންސީ ބޯޑުންނެވެ.
ނާސިރާ ދޫކޮށްލީ ހުކުމުގެ ބާކީ އޮތް މުއްދަތުގައި އިތުރު ކުށެއްގެ ތުހުމަތުގައި ފުލުހަށް ހާޒިރުކޮށްފި ނަމަ އަނބުރާ ޖަލަށް ގެންދާނެ ކަން އަންގައި، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރަން ޝަރުތުކޮށްފަ އެވެ.
ނާސިރާ ޖަލަށް ލާން މިދިޔަ އަހަރު ހުކުމް ކުރުމުގެ ކުރިން ވެސް އޭނާ ހުރީ ބަންދުގަ އެވެ. ހުކުމް ކުރުމުގެ ކުރިން ބަންދުގައި ހުންނަ މުއްދަތަކީ ވެސް ހުކުމުން އުނިކުރެވޭނެ މުއްދަތެކެވެ.
ނާސިރާގެ އިތުރުން އެހެން ބަޔަކު ވެސް އެ މައްސަލާގައި ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުން މައްސަލަ އިސްތިއުނާފް މަރުހަލާގައި ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސްކިޔާމީހާ
04 April 2017
ހަނދާންވަނީ ވަރަށްރީތި ދިވެހިލަވައެއް "އެންމެ ރަނގަޅޭ ދެން ކުށެއްނުކުރާނަމޭ "ހެހެހެހެ
މަރިޔަމް
04 April 2017
ޅަދަރި މައެއްނަމަ އޮންނާނީ ގޭގަ ދަރިން ބަލަން، މުޒާހަރާއަކަށް ނޫން ދާނީ،،،
ޅިޔަނު
04 April 2017
ތިޔަ "ހިއްވަރުގަދަ "އަންހެނާގެ ދަރިން ނޫނީ ފިރިރއަކު ހުރިތަ؟ ކޮބާ ލީޑަރުން. އަރާމުގައި ޔޫކޭގައި. އަންހެނަކު ޖަލުގެ ގޮޅީގައި.
ނތ
04 April 2017
ކިހާ ހިތްވަރުގަދަ އަންހެނެއް.. އޭނާ ގެ ދެ ދަރިން ދޫކޮށްލާފަ މުޒާހަރާކުރަން ދާން ކެރުނީތީވެސް ހަމަ އަޖައިބުވެއްޖެ...
ޙަމެ
04 April 2017
މެއި، 2015 ގައި ބޭއްވި މުޒާހަރާގައި މަގުމައްޗަށް ވެއްޓުނު ފުލުހެއްގެ ގައިގައި ޕްލާސްޓިކް ހުސް ފުޅިއަކުން ޖެހިކަން ސާބިތުވެ.... ބަލަ ވެއްޓުނީކީ ނޫނޭ ޓެކުލް ޖަހައިގެން ވައްޓާލީ އޭ މުއިއްޒު..
ތުއްތުބޭބެ
03 April 2017
އޭނާ ދޫކޮށްލި ވަގުތު ރުޅިވެރި ކަމުގެ ލޯއެޅުމެއް ފާހަގަކުރެވޭތީ ބޭނުންވެއްޖެ ހިނދެއްގައި ގެންގޮސްސާނެ ކުރިން ހުރިބަންދަށްވުރެ ސިކުޑީގެބަންދު ބޮޑު. އެގުރޫޕުގެ މީހަކު ބުނާއިރަށް ގެންދާނެ. މާބަނޑުވިޔަސް ގެންދަންބޭނުންވީމާ ނުބަލާނެ. ދެރަކަމެއް. އަޅުވެތިކުރަނީ ރައްޔިތު އެންމެނަށް އެއްޙުކުމެއްކޮށް މިގޮތަށްދޫކޮށްލުމުގެ ވިސްނުންވެސް ހުންނާނެ އެކަމަކު މައިތިރި ކުރެއްވުމަށް ކުޑަކުޑަ މަދިރިއަކުންވެސް ﷲ މިންވަރު ކުރައްވައިފިނަމަ އެކަންވާނެ.
މަވެސް
03 April 2017
މިހާރު ގިނަ ކަންކަން ހިނގަނީ މަވެސް ރުހޭ ގޮތަކަށް ނޫނެވެ. ހަމަ ވަރަށް ނާއިންސާފުން ކަންކޮށް ނިންމާލައެވެ. އެކަމަކުވެސް ބަޔަކު ކުރިޔަސް ކުށަކަށް އަރައިނުގަނެވޭތޯ މަބަލަމެވެ. މަށަށް ކަމެއް ވެއްޖިއްޔާ، ފިރިމީހާ ވެސް މާކަގިނަދުވަހަކު ކެތްކޮށްލައިގެން ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އަދި މަގޭ ދަރިންކޮޅު ވަރަށް ނިކަމެތިވާނެކަން ޔަޤީނެވެ. ހުސް ފުޅިޔަކުން ނަމަވެސް އަނިޔާ ދިނުމުގެ މަޤުޞަދުގައި މީހަކަށް ހަމަލާ ދިނުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.
ޕޮގުބާ
03 April 2017
ނާސިރާ ހައްޔަރުކުރީމަ އިދިކޮޅު ފަރާތުންބުނަނީ ޔާމީނުގެ އޯޑަރަށެ ހައްޔަރު ކުރީ އެކަމަކު ދޫކޮއްލީމަ އެބަބުނެ ޔާމީނެއްނޫ ދޫކޮއްލީ ގަމާރު ކަމެއް
ރަންރީދޫ ޓުވިޓަރޭ
03 April 2017
ފުލުހުންގެ ބަޔަކު މަޖީދީމަގުގަ އިންދާފަ ހުރި ފެން ފޯއް ރުއްތަކީ ކެޑިންހޭ މިއަހަނީ......ތަމެން ކައިރީ....
މަހަށްދޭ
03 April 2017
ކިއެއްކުރާ ފެންފޯއް ރުށް ތަކެއްތޭ. އެއީ ދުފަދުފާފައި މަގުމައްޗަށް ރަތްކުޅު ޖަހަން ދޯ. ފެންފޯއް ރުށް ތައް ކަނޑާލުން އެއީ ބިއުޓިފުލް ކަމެކެވެ. ފެންފޯއް ރުށް ތައް މަހަށް ދޭ ބަލަ ދެން.
ހަދާބަލަ
03 April 2017
މޭޑޭ މުޒާހަރާގައި ޖަލަށް ލި ނާސިރާ ޝަރުތުތަކާ އެކު މިނިވަންކޮށްފި އެވެ. ދެންވެސް މިއިން އިބްރަތެއް ހާސިލް ކޮށްގެން ތަމެން މަޑު މަޑުން ބަސްއަހައިގެން ދަރިން ބަލަން ގޭގައި ތިބެންވީ ނޫންތޭ. ރާއްޖޭގެ އަންހެން ކުދިންނަކީ އަދި އަންހެނުންނަކީ އެއީ މުޒާހަރާ ކުރަން ކޮލިފައިޑް ވެސް ބަޔެއް ނޫން އަދި އެއީ ތަމެންނާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނެވެ. ދެން ސެލްފީއެއް ނަގާލަން ދާން މޭޑޭ ގައި ބައިވެރި ވުން އެއީ ދެން ކަނޑުކޮހުން ކުރާ ޒާތުގެ ކަންކަން ނޫންތޭ. މިކަން ވިސްނާ ހުރިހާ އަންހެން ކުދިން ވެސް ގޭގައި ކުދިން ބަލަން ގެ ސާފުކުރަން އަދި ބަދިގޭގެ ހަނޑޫ ހޮވަން މަޑުމަޑުން ތިބެންވީއެވެ. އެއީ މީގައި އެންމެ ބިއުޓިފުލް ގޮތަކީ އިނގޭ.
ައަނިޔާވެރި ގޮނޑި ދުއްވާ ބޭބެ
03 April 2017
ޖަމީލު ކޮއްކޯ ބުނަން ރަނގަޅު ވާހަކައެއް! އަނިޔާވެރިންނާ އޯގާތެރިން ވަކިކުރަން އެނގޭނަމަ ތިގޮތައް ނުބުނާނެ! ކުށެއް ކޮށްފިއްޔާ އަދަބު ލިބެން ވާނެ! ނާސިރަޔަކަސް، ޔޫސުބަކަސް، ކާސިމަކަސް!
ނުފެންނަމީހާ
03 April 2017
ނާސިރާ ކުށެއް ނުުކުރޭ.ބިރުދެއްކުމުގެ ކޮރަަޕްޓް ޖަރީމާއެއް.