ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އިދިކޮޅު މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަންނަވާ މަންޒަރު ފެންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި. --މިހާރު ފޮޓޯ: ނިޝާން އަލީ/މިހާރު
09 އެޕްރީލް 2017 - 21:07
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އެއްވެސް މެމްބަރަކު އިދިކޮޅު ފަރާތްތަކާ ދެން ގުޅިވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފެންނާނީ އިދިކޮޅު ފަރާތްތަކާ އެކު ތިއްބެވި މެމްބަރުން ޕީޕީއެމާ ގުޅޭ މަންޒަރު ކަމަށެވެ.
ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވީ ޕީޕީއެމް މެމްބަރުން ތިއްބެވީ ރައީސް އަބްދުﷲ ޔާމީނާ އެކު ސާބިތުވެ އެމަނިކުފާނަށް 2018 ކާމިޔާބުކޮށްދޭން ކަމަށެވެ. ޕީޕީއެމްގައި ތިއްބެވުމަށް ފަހު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ، ކުރިން ވެސް "އެ ފިކުރިއްޔާތުގެ" މެމްބަރުން ކަމަށާއި އެ މެމްބަރުން އަސްލަށް ރުޖޫއަވެވަޑައިގަތީ ކަމަށް އިލްހާމް ވިދާޅުވި އެވެ.
ޕީޕީއެމްގަައި އުފެދުނު މައްސަލަތަކުގެ ތެރޭގައި، ރައީސް ޔާމީނާ އެކު ތިއްބެވުމަށް ފަހު ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް މިފަހުން އަރާވަޑައިގަތީ، މީދޫ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި 54 ވޯޓު ހޯދި އެވެ. އެކަމަކު މި ފަހުން ނެގި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓު ދިފާއުކުރީ 48 ވޯޓުންނެވެ. އެހެންކަމުން، މަސީހުގެ ވޯޓު ކާމިޔާބުކުރި ނަމަވެސް، ވޯޓުގައި ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ގެއްލެން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯ
10 April 2017
މި މަޖުލީހުން ވަރަށް ބޮޑު ފިލާވަޅެއް ލިބިއްޖެ. ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ޤައުމެއްގެ ޤާނޫނު ހަދާ މަޖުލީހުގެ އިންތިހާބުގައި ބައިވެރިވުމަށް ތަޢުލީމީ ފެއްވަރުތަކެއް ކަނޑައަޅަން ޖެހޭކަން. ތަންދޮރު ނުދަންނަ މީހުންނަށް މެޖޯރިޓީ ލިބުނުން ޤައުމު ދަނީ ނުބައި މިސްރާބަށް. ޤާނޫނު ކިޔަން ނޭނގި އެތަށް ދުވަހަކު މަގުމަތީ ދަމާކަޑަން އުޅޭ މީހުން މަޖުލީހަށް ވެއްދީމަ ވާނެ ހައެތި ތި ފެންނަނީ. ރައްޔިތުން ވިސްނަން ޖެހޭ. މީ އެންމެގެ ޤައުމު، ވަކި ބައެއްގެ މުދާގަނޑެއް ނޫން.
މަންސޫރު
10 April 2017
ރެޑްވޭވް ސަލީމްއަށް ހަދާލި ގޮތް މި ނޫހުގައި ނިކަން ސަރީހަކޮއް ލިޔެވިފައި އޮންނާނެ. އެ ގޮތަށް ބަޔަކު އުމުރު ދުވަހު ކުރި މަސައްކަތުން ލިބިފައިހުރި މުއްސަނދިކަމެއް ނައްތާލައި ބަނގުރޫޓު ކޮއްލުމުގެ ބިރު ދައްކައިގެން އާދެ ބުނަން ބައިތިއްބިދާނެ. ގޯނިތަކެއް ދިނީމައި އާދެ ބުނާ ބަޔަކު އުޅެދާނެ. އެކަމަކު ނުލަފާކަން ނުދަންނަ މީހަކު ނުހުންނާނެ. ސައްހަ ވޯޓަކަށް ދާ ދުވަހު ބަދަލު ހިފާލާނެ ލާނެއްގޮތަކަށް ހިނިތުންވެ އިނދެ. އެހެންވެގެން މިހާރު ރޯލްކޯލްއެއްގައި އަޅއިގަނެގެން ތެޅެނީ. އަދި ތިޔަ ރޯލްކޯލުންވެސް ފެއިލް ވާނެ. ދެން ނެރޭނީ މުގުރު ހިފައިގެން ތިބި ބަޔެއް. މީވާ ނުލަފާ ވެރިކަމެއް!
ދަނގެތީ ޒުވާނުން
10 April 2017
މި އިލްހާމް މީ ހާދަހާ ލަދެއް ހަޔާތެއް ނެތް މީހެކޭދޯ މީނާ މިގޮނޑީގަ މީނީ ކޮން ހައިސިއްޔަތަކުން ބާ ގާސިމްގެ 100% ތާއީދު ލިބިގެން އެދުވަހު މި ތާއީދު ނުލިބުނު ނަމަ ޖެހޭނެ ގެމަނަފުށީ ކަންނެލި އޮޑިޔަކުން މަހައްދާ...
އިންސާފު
10 April 2017
އިލްހާމޫ ތިޔައީ ކޮންފިކުރެއްގެ މީހެއް. އަމިއްލަ ވޯޓް އަމިއްލައަށް ނުލެވޭދާއިރާއަކަށް ހޮވައިދެއްވި މީހާ ޖަލަށްލާފައި ފިނިކޮޓަރީގައި އިނދެ ގަދަބަސްބުނާނީ ހާދަހާވާ ގޮތެއްނެތީމައޭ. މީހުން ބުނެއުޅޭ އިންސާނުންގެ ސިފަ އިނގޭނީ އޭނާއަށް ބާރެއް ލިބޭދުވަހުއޭ. ނިކަން ވިސްނާލާ އިލްހާމުމެން މުހަންމާމެން ޖޭޕީ ގައި ފަސް އަހަރު ތިބޭނެކަމަށް މާތް ﷲ ގަންދީ ކުޅަ ހުވާ އަށް އިޙްތިރާމް ނުކުރިބަޔަކު ދެން ރައްޔިތުންނަށް އިޙްތިރާމްކުރާނެތަ؟ ތިޔަ އެންމެންގެ ނުބައި ރޭވުން ﷲ ދެނެވޮޑިގެންވޭ. އަދި ތިޔަ ރޭވުމަށްވުރެ ﷲ ގެ ރޭއްވެވުން މާމަތިވެރި.
ވޯޓުދިން ރައްޔިތެއް
10 April 2017
ތިޔަ މަޖިލިހުގައި ތިބެނީ ސަރުކާރުން ހޮވާފައި ތިބި މެމްބަރުންބާ ނުވަތަ ރައްޔިތުން ހޮވާފައިތިބި މެމްބަރުންބާ...އަޅެ އޮޅިއްޖެ. ހަރާންކޯރުވިޔަސް ތީ ތަންފުކެއް ބޮޑުވަރެއް. ބަރުލަމާނީ ނިޒާމެއްނޫން މިއީކީ.
ބޯލަބޭ
09 April 2017
ފޮނިއަނގަ ތިޔަ ތެޅެނީ މިދުވަސްވަރު އަވިގަދަކަމުން ހިޔަނި އިސްކޮޅަށްވުރެ ބޮޑުކޮށް ފެންނާތީ ބޮޑާވެވިގެން. އަނދިތަނަކަށް ވަންނަންޖެހޭދުވަހު ހިޔަނި ފެންނަން ނުހުންނާނެކަން ހަނދާން ބަހައްޓާ.......
ޖިލްބާބު ހަބީބު
09 April 2017
އަދުރޭ ދެންމާގިނަ ދުވަހަކު ރައްޔިތުންގެ ގޮނޑިއަށް ފޫހަރައިގެން ނުތިބެވޭނެ. ލޯބޮޑުކުރާނެ ކަމެއްނެތް. އަދުރޭގެ ރަށުގެ ރައްޔިތުންތިބީ އަދުރޭ ޖަހާހާ ކުޅެއް ބަލާކަށްނޫން. މައުމޫނު ވަޑައިގެން ރައްޔިތުން ކައިރީ އެދިވަޑައިގަތުމުން އަދުރޭ ނެގީ ގޮނޑިއަށް. ރައީސްމައުމޫނަށް މަލާމާތްކޮށް ފުރައްސާރަ ކުރަން ރައްޔިތުން ދެން އަދުރޭއަށް ޖާގަނުދޭނެ. މިހާރު ކިއުނު އެއްޗެއް ކިޔާލާ.
ޗިއްލޫ
09 April 2017
ފައިސާޔާ މުދާ ގިނައިންލިބޭ ފަރާތެއްގަ އެމީހުން އުޅޭނީ، އަމިއްލަ ނަފްސައްވެސް ދޮގުހަދަނީތަ؟؟
ފީފަންހާ
09 April 2017
އަދި 2 މެމްބަރަކު އަންނާނެ..
ހަބީބު
09 April 2017
ހެޔޮނިޔަތުގަ ތިބި ހުރިހާ މީހުން ގުޅޭނެ