އިންޑިއާގެ ފޮރިން ސެކްރެޓަރީ (ކ-2) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުަގއި. - ފޮޓޯ: ފޮރިން މިނިސްޓްރީ
12 އެޕްރީލް 2017 - 19:13
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައި އޮތް ދަނޑިވަޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން، މަރުހަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.
ޖައިޝަންކަރުގެ މި ދަތުރުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިދިކޮޅު ބައެއް ސިޔާސީ ލީޑަރު ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވިއިރު، އިދިކޮޅު ލީޑަރުން ގުޅިވަޑައިގެން އިސްލާހީ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ކަންކަން އިސްލާހު ކުރުމަށާއި ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރޯ
13 April 2017
ކުރީ ފަހަރު ވެސް ސަލާމަތް ނުކުރެވުނު. މިފަހަރު؟
ސަރުކާނު
13 April 2017
ގަން އައިލެންޑަށް ތިހުރީ ވަރަށް ބޮޑަށް އޮޅިފަ. މީ ދިވެހިން ދިވެހިން މިހާރު ގޮތް ނިންމާނީ ދިވެހިން ބޭނުންވާގޮތަށް ވަކި ބަޔަކު ބުނާ ގޮތަކަށް ނޫން. އެ ޒަމާން ދިޔައީ. މިހާރު އެމްބަސީތަކުގަ ހޮރު ހަދައިގެން މަޖިލިސް ހިސޯރުކޮށްގެން ނުތިބެވޭނެ. ﷲގެ ރަޙްމަތްފުޅާއެކު އިސްލާމީ ވެރިކަމެއްކުރާ މިނިވަން ޤައުމެއްގެ ގޮތުގަ ދާނީ ކުރިޔަށް. ޝުކްރިއްޔާ
ސަރުކާނު
13 April 2017
2 ޤައުމުގެ ގުޅުމާބެހޭ ވާހަކަތަކާ ތަރްއްޤީގެ ވާހަކަތައް ދެއްކޭނީ. ސިޔާސީ ވާހަކަ ދައްކަންޏާ އައުޓް.
އަލްޖިބްރާ
13 April 2017
ޤާސިމު ދޫކޮށްލީ މިހެންވެގެން ! އަދި ހައްޔަރު ކުރާނެ !
ސީދި
12 April 2017
ވަރަށް ގިނަމީހުން އަދިވެސް އަންނާނެޔޯ...!
ފަލަޑޭ
12 April 2017
ހޮޓް ޕިންކޭމެން މިފަހަރު ސައިޒު ވާނެ....މިބުނީ ލައްކަ ވާހަކަ
GAN Island
12 April 2017
އިންޑިޔާ ކަނޑު ތެރޭގައި އޮތް ދިވެހި ރާއްޖޭގައި އޮތް ޔާމީން އަބުދުލް ޤައްޔޫމް ގެ ސަރުކާރާއި ހިލާފަށް ދުިނޔޭޣެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް ނިއުކުލީއްޔަ ބާރު އިންޑިޔާގެ ބޮޑުވަޒީރު Narendra Modi އަކީ ''ރައްޔިތުންގެ ހިތްތަކާ ކުޅެލި'' ޑިމޮކްރެޓިކް އިސްލާޙީ ވެރިއެއް. . . . . ބާރުވެރިކަމާއި އެކު ޕާޓީ ވެރިކަމުގައި އޮތް އޮރު ޤާނޫނު ހަދާ މަޖިލީހުން މިހާތަނަށް ފާސްކުރި ހުރިހާ ޤާނޫނެއް ފާސްކޮށްފައިވަނީ ޤައުމުގެ މަސްލަހަތަށް ''ރައްޔިތުންނަށް ބާރު ހޯދާ ދިނުމަށް'' ކަން Bharatiya Janata Party ނޫން އެހެން ޕާޓީ ތަކުގެ އާންމު މެންބަރުން ޤަބޫލު ކުރޭ. އަހަރުމެން އެހެންތަ ؟؟ ރައްޔިތުން ނަށް ޤައުމަށް ވާނުވާ ނޭގޭ އިރު މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ ވިދާޅުވިފަދައިން ތިޖޫރީ ހުރިތަނުގައި މިހާރު ހުރީ ވަޅުގަނޑެއް. . . އަދި ''ދައުލަތުގެ ޤާނޫނު އަސާސީ ކޮށާލާ'' ޤާނޫނު ތަކާއި ކުޅެލުމުން ރައްޔިތުންނަށް ކަމެއް ނުކުރެވުނަސް ސަރަހައްދުގެ މަސްލަހަތާއި ރައްކާތެރިކަން ގެއްލޭތީ އަދި އިންޑިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާވާތީ އެކަމާއި އިންޑިޔާ ކަންބޮޑުވެ އެކަންކަން ހުއްޓުވަން މަސައްކަތް ކުރާނެ.
ދޮން ބަބުރު ސޮރު
13 April 2017
"GAN Island" އަށް ބުނެލަން އޮތީ އަހަންނަކީ ޔާމީނުއަށް ތާއީދު ކުރާ ގޮލައެއްނޫން އެކަމަކު ހިންދުސްތާން އަތުގަހުރި ނިއުކުލިއަރ ހަތިޔާރަށް ވުރެން މާބާރުގަދަ ހަތިޔާރު ހުރިގައޮމުތަށް ދުނިޔޭގައި އެބަތިބި އެވާހަކަ ނުދައްކާ، ހިންދުސްތާނަށް ވުރެން މާމޮޅަށް މިގައޮމުގެ މަސްސަލަތައް ހައްލުކުރާނެ ލީޑަރުން މިގައޮމުގައި އެބަތިބި ދެން ކަލޯ ހިންދުސްތާނޭ ކިޔާގެން ބިރުދައްކަން ތިޔަ އުޅެނީ ހިލާ ތިޔަކަމެއްނުވާޅެ ކަލޯ ކުޑަކޮށް ފަހަތައް އެނބުރި، މާޒީ ބަލާލީމާ ހަގީގަތް ފެންނާޅެ.
އިންޑިއަންޖުރެސް
12 April 2017
އިންޑިއާގެ ފޮރިންގް ސެކްރެޓަރީ ތިޔާ އައީ އަނެއްކާ ކިހިނެއް ހަދާނަމޭ ހިތާތޭ އޭން ބުނެބަލަ ބުނެބަލަ ބުނެބަަަލަ އެމްބަސޭ. އެމްބަސޭ ތަމެން ނަށް އަންޑަރސްޓޭންޑް ވޭތޭ މިހާރު ވެރިކަމުގައި މިތިބީ ކޮން ބަޔެއް ކަން. ނޭގެއޭ އެހެންތޭ ނޭނގޭ. މިހާރު ވެރިކަމުގައި މިތިބީ މަމެން ޕިންކީން އިނގޭ. މައިތިރިވެ ތަމެންގެ ލެވެލްގައި ތަމެންގެ ފޮރިނޭ މެން ހިފަހައްޓާތި އިނގޭ. ޔޫ ގޮޓް އިޓް. ގޮޓް އިޓް ދޯ. ގުޑް ގުޑް ގުޑް. ގެޓް ދަ ޕޮއިންޓް ލެޓްސް ޑާންސް ޑާންސް ޑާންސް. އިންޑިއަންޖުރެސް އިންޑިއަންޖުރެސް އިންޑިއަންޖުރެސް..
ަސދ
12 April 2017
މިއީ ކިހިނެއް ކޮންތަނަކުން ކޯއްޗެއް ބޮއިގެން އުޅޭ ސޮރެއްތަ ؟
ރަބަރޭ
12 April 2017
ބޮޑު މަންޒަރު ވަރައް ސާފު.
ހަބޭސް
12 April 2017
ހޫނު ފެން ތަރުމޯޒެއް ގެނައިބާ؟؟؟؟؟؟؟؟؟؟ އިލްހާމް ވަރަށް ބޭނުންވާނެ.....؟؟؟