ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ ޝަރީއަތަކަށް ގާސިމް ވަޑައިގަންނަވަނީ: އޭނާ އަނެއްކާވެސް ހައްޔަރުކޮށް މިހާރު ހުންނެވީ ދޫނިދޫގައި
21 އެޕްރީލް 2017 - 17:45
ރޭ ހައްޔަރުކުރި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
ގާސިމް ބަންދުގެ މުއްދަތު އިތުރުކުރަން ހުއްދަ ދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. އަދި ގާސިމް ހައްޔަރުކުރުމުގެ އަމުރު ވެސް ނެރުއްވީ އޭނާ ކަމަށް ވާތީ، ބަންދުގެ މަޖިލިހުގެ ރިޔާސަތުގައި އިންނެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގާސިމްގެ ވަކީލުން ދެންނެވި ކަމަށް، ވަކީލް މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ.
އެކަމަކު މާރިޔާ ވިދާޅުވީ އިސް ގާޒީ ބާރީ، އެކަމުން ތަނާޒިލްވެވަޑައިގަންނަވަން އިންކާރުކުރައްވައި، ބަންދުގެ މަޖިލިސް ކުރިއަށް ގެންދެވީ އޭނާ ކަމަށެވެ.
ގާސިމްގެ މުއްދަތު 15 ދުވަހަށް އިތުރުކުރަން ފުލުހުން ބޭނުންވަނީ ކީއްވެގެންތޯ އާއި އެނޫން މުއްދަތަކަށް، "ހަތަރު ދުވަސް ނޫނީ ފަސް ދުވަހަށް" ނަމަވެސް ނޭދެނީ ކީއްވެގެންތޯ ދިފާއީ ވަކީލުންގެ ޓީމުން ވަކާލާތުކުރި ކަމަށް މާރިޔާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން އިސް ގާޒީ އެއްވެސް ސުވާލެއް ފުލުހުންނާ ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ދެންނެވިން ކީއްވެތޯއޭ ހަތަރު ދުވަސް. ނޫނީ ފަސް ދުވަސް (ނުޖެހީ). ކީއްވެގެންތޯއޭ ހަމަ މެޖިކް 15 (ޖެހީ)،" ބަންދުގެ މުއްދަތު ކުރުކުރެވޭތޯ ކުރެއްވި ވަކާލާތާ ގުޅޭ ގޮތުން މާރިޔާ ވިދާޅުވި އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ގެނައުމުން، ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން މަޑުކޮށްލައްވައިގެން --ފޮޓޯ/ހުސެން ވަހީދު/މިހާރު
"އަޅުގަނޑުމެން އެތައް ނުކުތާއެއް ނެންގެވިޔަސް ގާޒީ އެ މުއްދަތު ދެއްވީ، ހޯމް މިނިސްޓްރީން ބޭނުންވާ ތަނެއްގައި ބެހެއްޓުމަށް،" މާރިޔާ ވިދާޅުވި އެވެ.
ގާސިމް ދޫނިދޫގައި މިހާރު ވެސް ބަހައްޓާފައި ވަނީ ކުރީ ފަހަރު ވެސް ހުންނެވި، ވައި ދައުރުވުމުގެ މައްސަލަ ހުރި ކުޑަ ގޮޅީގައި ކަމަށް ޖޭޕީން ވަނީ ބުނެފަ އެވެ.
ވައި ދައުރުވާ ތަނެއްގައި ގާސިމް ބަހައްޓަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރީ ފަހަަރު އަމުރުކުރިޔަސް އެކަން ރަނގަޅު ނުކުރާކަމަށް އެ ޕާޓީން ބުންޏެވެ.
މާރިޔާ ވިދާޅުވީ ގާސިމް ފަދަ އުމުރުން ދޮށީ ބޭފުޅަކު އެފަދަ ތަނެއްގައި ބެހެއްޓުން ރަނގަޅު ނޫން ކަމަށް ވަކާލާތުކުރެއްވި ކަމަށާއި ގާސިމް ވެސް ޝަރީއަތުގެ މަޖިލީހުގައި ތެދުވެވަޑައިގެން އެކަމަށް އިލްތިމާސް ކުރެއްވި ކަމަށެވެ.
އެ މަޖިލީހުގައި ފުލުހުން ބުނެފައި ވަނީ ގާސިމް ބަންދުކޮށްފައި ބަހައްޓަން ނިންމީ ސިއްހީ ހިދުމަތް ލިބޭ ފަދަ ތަނެއްގައި ކަމަށް މާރިޔާ ވިދާޅުވި އެވެ
މިފަހަރު ގާސިމް ހައްޔަރުކުރީ އެކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެކަމަކު އެންމެ ފުރަތަމަ ގާސިމް ހައްޔަރުކުރީ، ޕީޖީގެ ރޯލެއް ނެތި، ފުލުހުން އެދުނު އެދުމަކަށް، އިސް ގާޒީ ބާރީ ދެއްވި އަމުރަކަށެވެ. އެފަހަރު ބަންދަށް ހަ ދުވަސް ދިން ފަހުން، އެއީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް، ހައި ކޯޓުން ނިންމައި، ގާސިމް ދޫކުރި އެވެ.
ރޭ ދަންވަރު ގާސިމް އަލުން ހައްޔަރުކުރީ ވެސް ދާދި އެއްކަހަލަ ތުހުމަތުތަކެއްގަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ. ހައްޔަރުކުރުމުގެ އަމުރު އިސް ގާޒީ ބާރީ ދެއްވީ ފުލުހުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކަށް ބައްލަވާފަ އެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމާ އެކު ގާސިމް ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާނ!
22 April 2017
السَّلآمُ عَلَيْكُم ، بسم الله الرحمن الرحيم ، ތިކަމުގަ ހަމަ ވަގުތީ އުފަލެއް ކަން ލިބޭނީ %100 ޔަގީނޭ ބުނިކަމުގަ ވިޔަސް ދޮގަކައް ނުވާނެ ސަބަބަކީ އިސްވެ ފުރަތަމަ ކުރަންޖެހިފަ އޮތްކަމައް އިސްކަމެއް ނުދޭ އެއްވެސް އިންސާނަކައް ދުނިޔެމަތީގަ ވެސް އަދި މަޙްޝަރް ގަވެސް ކަމިޔާބަކާ ހަމައައް ނުދެވޭނެ މީހަމަހުރެފަ ބުނާ ބަހެއްނޫން ވިސްނާލީމަވެސް ހަމަހޭހުރި އިންސާނަކައް ވިއްޔާ އިގޭނެ ﷲއިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނި ބަހުގަހުރިވަރުވެސް އިގޭނެ ފެނިގެން ދާނެ ބަލާތި ، إن شاء الله ، امين ،،،،،!.
ބައްތު
22 April 2017
ދައުވާ އުފުލަންވީ މައުމޫންގެ މައްޝަށެވެ. ޣާސިމު ބައިެރިކުރޔައިގެން ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވީ މައުމޫންެގެ މަސައްކަތުންެވެ އެ ކުށުންކުއްވެރިވާނީ ގާސިމުގެ ކުރިން. މައުމޫން ނޫންތޯއެވެމ
ކްރިޓިކަލް
22 April 2017
ނޫސްތަކުން ރަނގަޅު ޑްރާފްްޓެއް ގޮތައް ގާސިމް 15 އަހަރައް ޖަލައްލުމަށް ހުކުން ކޮއްފި މި ސުރުހީގަ ހަބަރެއް ތައްޔާރުކުރަން... މީ ދެން ވަރައް އަވަހައް ތެދުވެދާނެ ހަބަރެއް...
ނޫސަންގު
22 April 2017
ބަލަ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ގައުމުގެ ވެރިކަން ކުރުމުގެ ޙައްގު އޮެވެޔޭ. ވެރިކަމަށް އަންނަން އުޅުމަކީ އެއްވެސް މައްސަލައެއް ނޫން. ޔާމީނުއަށް ވެރިކަން ހޯދައިދިނީ ކޮން ބައެއްތޯ ވިސްނާލަބަލަ . ގައުމުގައި ޢަދުލު އިންސާފުން ބޭރު ހިންގާ ކޮންމެ ކަމެއްގައި ވަޖިލީހުގެ މެމްބަރުންެގެ ބައެއްގެ އަތެއްވޭ.
ލުގުމާން
22 April 2017
ފޮޓޯ އަށް ބަލާލުމުން އެބައެނގޭ މަނިކުފާނު ނޫޅުއްވާކަން ރައްޔިތުންނާ ހެދިއެއް. ރައްޔިތުމީހާ ގާތްގަނޑަކަށް ސަޖިދަ ޖަހައިގެން ކަހަލަ ގޮތަކަށް ސަލާން ކުރާއިރު މަނިކުފާ ނަކަށް ނޭގޭ ކަހާތަން ހިރުވާހެންވެސް. ވީމާ ދަންނަވާލަން މިއުޅެނީ މަނިކުފާނަށް ކޯޗެއް މަދުވެގެން ތޯ؟ ކޮންކަމެއް ނުވެގެންތޯ؟ ކޯޗެއް ނުލިބިގެން ތޯ؟ ތިޔަ އުޅުއްވަނީ... ތިޔައީ ދެން ކިހާދެރަ ކަމެއްތޯ؟ ހަމަ ކަށަވަރު ޔަގީން ކަމާ އެކު މިދަންނަވަނީ ތިޔައުޅުއްވަނީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރާއްޖޭގެ ވެރިކަން ދަމާއިގަތުމަށް. ބަލަގަ މަނިކުފާނަށް އެނގިވަޑައި ނުގަތަސް މިނިކަމެތި އަޅުގަނޑަށް އެނގެއޭ ގާނޫނުގައި ބުނާކަން ރިޔާސީ ދައުރަކީ 5 އަހަރުކަން. އަދި ވީ އެއްމެ 3 އަހަރުކަން އަދި ބާކީ 2 އަހަރު އެބައޮތް. ދެން ސުވާލަކީ މަނިކުފާނު ބަހެއް ނާހާ ތިފާޑަށް އުޅުއްވީމާ ގައުމުގެ ރައީސް ތިޔަކަން ހެވިފައި ދެއަތް އުރާލައިގެން އިންނާނެތޯ؟ ނޫނީ ރައީސަށްވެސް ލިބިދޭ ބާރުގެ ބޭނުން ކުރައްވާ ނެތޯ؟ ނިކަން ޖަވާބު ދެއްވަބައްލަވާ....
އިސްމާއިޅް އަބުދުﷲ
22 April 2017
މިހާރު ގިނަބަޔަކު މީގެ ކުރިން ލޯބިވީ ވަރަށް ވުރެ ބޮޑަށް ގާސިމް ދެކެ ލޯބިވާން ފަށައިފި، ސަބަބަކީ ގާސިމު އަތުން ކައި ބޮއި އުޅެފަ ޕީޕީއެމް އަށް އައި މެންބަރުން ނާއި އަދި ޕާޓީގަ ތިބި ރައްޔިތުން ތިމާމެން ހޮވި ބޭނުން ހަދާން ނައްތާލާ ރައްޔިތުން ފެލަމުން މިއަނިޔާތަކުގަ މެންބަރުން ވެސް ބައިވެރިވުން. މިކަމުގެ ސަބަބުން ގިނަބައެއްގެ ލޯބި ގާސިމަށް އިތުރުވަމުން ދަނީ. އަދި ޔާނުމެން މިހެން މިކަން ކުރާތީ ޕީޕީއެމަށް އޮތް ސަޕޯޓު ގެއްލި އާންމުންގެ ނަފުރަތު ދަނީ ލިބެމުން، އަސްލު ގާސިމްގެ އަގު އެދަނީ މި ނިކަމެތި ރައްޔިތުން ކުރިމަތީ އުފުލެމުން،
ޛދޖދ
22 April 2017
ސިޔާސީ ކަންތަކުގެ ތެރެއަށް ވަދެގެން ގާސިމް ތި އުޅެނީ ، ހަގީގަތުގައި ތިކަމުން ފެނިގެންދަނީ ގާސިމްގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް އިހްތިރާމެއް ނުކުރާކަން......ވޭކް އަޕް
ތޮއްޑޫ
21 April 2017
ބިޝާމް އަށް ވަރަށް ސަލާމް .. ތިއުޅެވެނީ ގޮތަކަށް.. އަދި ދުވަހެއް އެބަ އޮތް
ހައިކް
21 April 2017
ގާނޫން އަސާސީގައިވާ ގޮތުގެ މަތިން މީހަކު މަގާމުން ވަކުކުރަން މަސައްކަތް ކުރުމުން ކުއްވެރި ވާނަމަ ގާނޫން އަސާސީގައިވާ ގޮތުގެ މަތިން މާިހަކު މަގާމަށް ގެނައުމަށް މަސައްކަތް ކުރުމަކީ ވެސް ކުއްވެރިވާނެ ކަމެއް. 42 ސޮޔާއެކު ނޫނީ މަސީހު ވަކިކުރަން ނުލެވޭނެ ކަމަށް ގަވާއިދު ބަދަލުކުރުމުން 42 ސޮއި ހޯދަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ވާނަމަ އެގޮތަށް ވެސް ގަވާއިދުގަ ލިޔަންވީ ނޫންތޯ. ނޫނީ މަސިހު ބަދަލުކުރަން ލެވޭނީ ސަރުކާރުން އެންގީމަ ނޫނީ ސަރުކާރުން ބުނީމަ އޭ ވެސް ލިޔަންވީނޫންތޯ. މިސަރުކާރައް ސާބަސް ގާނޫން އަސާސީއާއި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރުމަކީވެސް މިސަރުކާރާއި ޖުޑިޝަރީ ކުރިމަތީ ކުށަކަށް ވާނަމަ ހުދުމުހުތާރު ކޮރެއާ އާއި މިގައުމާ އެއްވެސް ތަފާތެއްނެތް. ވެރިމީހާ އަށް ސާބަސް.
ލައްކަ އިންޓެލް ރިޕޯޓް
21 April 2017
ޅަށްކަ ލައްކަ ލައްކަ ލައްކަ ޙީވެސް ނުވޭ ! ފަހަތަކަށް ނުޖެހޭނަން