ގާސިމް އިބްރާހިމް: ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 އެޕްރީލް 2017 - 13:56
ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދަން 15 ދުވަސް ޖަހައިފަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އުފައްދަން 2001 ވަނަ އަހަރު ހުށަހެޅީ 42 މީހުންގެ ސޮޔާއެކު ކަމަށާއި އެކަމުގައި ވެސް އިސްކޮށް ސޮއިކުރެއްވީ ގާސިމް ކަމަށެވެ. އެހެންވެ މިއަދު އެމަނިކުފާނު ހުންނެވީ ގާސިމް އާއެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
2001 vana aharu MDP ufehdhumah hushahelhee 42 meehunge soi aai eku. Isve soi kurehvee Hon Qasim Ibrahim. Alhugandu mihuree Qasim ai eku.
— Mohamed Nasheed (@MohamedNasheed) April 22, 2017
ނަޝީދު ކުރެއްވި ޓްވީޓް
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ވެސް ގާސިމް ހައްޔަރުކުރި އެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން ހަ ދުވަސް ޖެހި ނަމަވެސް ހައި ކޯޓުން ގާސިމް ދޫކޮށްލި އެވެ. ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގާސިމް ކުރިން ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޭނާ މިނިވަންކުރީ، ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެވެ. އިމްތިޔާޒުގެ ގާނޫނުގައިވާ ބުނާ ގޮތުން ކުށުގެ ވެށިން ނޫން ގޮތަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު ކުރީ ފަހަރު ގާސިމް ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރު ހޯދީ އެގޮތަކަށް ނޫނެވެ. އެހެންވެ، އެ އަމުރުގެ މައްޗަށް ބިނާކޮށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރިކުރުން ބާތިލްވާނެ ކަމަށާއި އެހެންވެ ގާސިމް ބަންދުން ދޫކޮށްލަން އަމުރުކުރީ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ކޯލިޝަންގެ އެންމެ އިސްވެރިންގެ ތެރެއިން މާލޭގައި ހަރަކާތްތެރިކަމާ އެކު އުޅުއްވާ ހަމައެކަނި ލީޑަރު ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތިން ދައުވާއެއްކޮށް މި މަހުގެ 13 ގައި ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
ގާސިމް ހައްޔަރު ކުރުމުން އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒް
27 April 2017
އެންމެ ފުރަތަމަ މަނިކްފާނު ސަލާމަތް ވާންވީނު.. ކަލޭ ތީ އަޅެ ގަމާރެއްތަ ރައްޔިތުން ހައްދަން ތިއުޅެނީ
މޫސާބޭ
25 April 2017
ވާވާ! އަނނި އިނގެރޭސި ލަޝްކަރެއް ފޮނުވާނެކަން ގައިމު، ގާސިމް ސަލާމަތް ކުރަން.. ގާސިމަށް މިހާރު އެންމެ މޮޅުވާނީ ހެއްލިގެން އުޅޭ މީހުންނާ އެކަހެރިކޮށް ދުވަސްކޮޅަކު ހުރެލުން.
ޢަހާނަމަ
23 April 2017
ޢަޅުގަނޑު ތަބަޔެއްނޫން.... އަޅުގަނޑު އޭނަބައި.... އަޅުގަނޑުވެސް އޭނަޔާ ރުޅި....ނެކްސްޓް ޑޭ.... އަޅުގަނޑު މިހާރު މިބައި.... އެބައެއްނޫން.... ގްރޭޑް 3 ގެ ކުދިންގެ ވިސްނޫން..... މިއީ އިދިކޮޅު ފަރާތްތަކުގެ ފެންވަރު ..... ލަދު
ދޮގެއްތަ؟
23 April 2017
ހަހަހަހަ ހެހެހެހެހެ ކަކަކަކަ ެކެކެކެކެކެކ ސޮރި މަނިއްޕުޅު. ހަމަ ހެވުނީ. މަނިކުފާނު ފަކީރު ދޯ ދެން....
ޙަސްތީ
22 April 2017
ދުރުމިން ދުނިޔެ ބެލިމީހަކށް އަދިފެނުނީ ކެނެރީގެ ނަޝީދު އެކަނި...އެމީހާގެ ހާލަކީ ވެރިކަމުގަވެސް މުޒާހަރާ ލިބުމުގެކުރިންވެސް ފަހުންވެސް.އެންމެފަހުން ޤައުމުންވެސް ބޭރު..ލޯނާށީން މާރަގަޅެށްނު..
ޕައްލަންބެ
22 April 2017
އަހަރެމެން މިތިބީ ރައީސް ނަޝީދު ފަހަތުގަ. އެމަނިކުފާނު ދައްކަވާ މަގުން ހިނގަން. މިސަރުކާރު ހަމަ މަގަށް އަޅުވަން. ދެން އަންނަ ދައުރަކަށްވެސް ހަމަ ހޮވާނީ ޔާމީން. މިއީ ތަރައްގީގެ ސަރުކާރު. ހަމަ މިހާރުން މިހާރަށް ގާސިމް ދޫކޮށްލުމަށް ވަރަށް ހަރުކަށި އިބާރާތުން ގޮވާލަން!
ރަޑީފް
22 April 2017
ފިނޑި ނޫންކަމެއް ނޭންގެ. އެންމެފަހުންވެސް ނެރެންޖެހުނީ އިންޑިޔާބޭބެމެންގެ ހައިކޮމިޝަންތެރެއިން.
އަޙްމަދު
22 April 2017
ކެނެރީގެ ނަޝީދަކީ އެއް އިރެއްގައިވެސް ދިވެހި ރައްޔިތުންނައްޓަކައި ވެރިކަންކުރި މީހެއްނޫނޭ ނަޝީދު ވެރިކަން ކޮއްދިނީ އިންޑިއާގެ ރައްޔިތުންނައްޓަކާ! ކެނެޑާގެ ރައްޔިތުންނައްޓަކާ! ޑެންމާކު ރައްޔިތުންނައްޓަކާ! އިނގިރޭސި ވިލާތުގެ ރައްޔިތުންނައްޓަކާ! މިކަންތައްދިވެހި ރައްޔިތުންނައް އެނގުނީމާ އިސްތުފާދީފަ އެހުރީ ފިލާ!!!
ބޮކިލޯ
22 April 2017
ކަރުންމަތީގެ ޑޮކްޓަރަކީ އަސްލު ކުޑަކުދިންނާބެހޭ ޑޮކްޓަރެކެވެ. އޭނާގެ ކޮށި ސިކުނޑިން ވިސްނޭ އެއްޗެހި ފަހުމު ވާނީ އޭނަކަހަލަ މީހުންނަށެވެ.
ތަކުރު
22 April 2017
އަގަށް ކޮމެންޓުކުރާ މީހުންނަށް ބުނަން. ކުރާކަންކަމާއި ކުރެވޭ ކަންކަމާއި ކުރެވޭނެ ކަންކަން ނިކަން އަވަހަށް ފެންނާނެ. ލޯނާއްޓެއްގެ ވިދުން ދުނިޔެ ދެކޭ މީހުންނަށް ފެންނަވަރުން ތިފެންނަނީ. އެހެންވެ ސަހަރޯވެރިވަން.