ޚަބަރު / ހާޓް އެޓޭކް

ޔޫތު މިނިސްޓްރީގެ ޒުވާން ކޯޑިނޭޓަރަކު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ކުއްޓު

ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު، އަބްދުއްޝުކޫރު އަބްދުﷲ (ކުއްޓު)، ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން އެންމެ 27 އަހަރުގެ ކުއްޓު އަވަހާރަވިކަން އެނގުނީ އޭނާ މިއަދު ހޭނުލައިގެން ބަޔަކު ގޮސް އޭނާގެ އެޕާޓްމަންޓް ބެލުމުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ، ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޭނާ އަށް ހާޓް އެޓޭކެއް ޖެހުނީ ކަމަށެވެ.

ހއ. ތަކަންދުއަށް އުފަން ޒުވާނާ ޔޫތު މިނިސްޓްރީގައި މަސައްކަތްކުރައްވާތާ ދެ އަހަރު ވެއްޖެ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަނި ދިރިއުޅުއްވަމުން ގެންދެވި ކުއްޓު ރޭ ވަރަށް ދަންވަންދެން ވެސް ހޭލާ، މަސައްކަތުގައި އުޅުއްވި ކަމަށެވެ.

"ކެމްޕޭން ކަންތައްތަކުގައި ވަރަށް ބިޒީކޮށް އުޅުނީ. ބާރަށުގައި ހުރި އެމްޕީއަކާ ރޭ ދޭއް ޖަހާކަންހާއިރު ވެސް ގުޅައިގެން ކެމްޕޭން ކަންތައްތަކާ ވާހަކަ ދެއްކި،" އޮފިޝަލް ވިދާޅުވި އެވެ.

މީހުންނާ ގުޅޭ، މަޖާ މިޒާޖެއްގެ ކުއްޓު ކައިވެންޏެއް ނުކުރައްވަ އެވެ. އޭނާގެ އާއިލާ ދިރިއުޅެނީ ތަކަންދޫގަ އެވެ.

ރާއްޖޭގައި ޒުވާން އުމުރުގައި ހާޓް އެޓޭކް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ މައްޗަށެވެ.

35 ކޮމެންޓް, 870 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 93%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

احمد نیاذ

06 May 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ جزاك اللهُ‎

The name is already taken The name is available. Register?

އަބޫބެ

06 May 2017

إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ. މަރްހޫމް އަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި! ޒުވާން ޢުމުރެއްގައިވެސް މަރުވެދާނެ. އަޖަލަކީ ބުނެދޭން އެނގޭ އެއްޗެއްނޫން. އެހެންނަމަވެސް ހާޓް އެޓޭކަށް މަގުފަހިވާ ވަރަށް ގިނަ އާދަތައް ދިވެހި ޒުވާނުންގެ ކިބައިގައި އަށަގަންނަމުން އަންނަނީ ވަރަށް ބާރުމިނެއްގައި. އިނާރޖީ ޑްރިންކާއި ސިނގިރެޓް ބުއިމުގައި އެއްވެސް ހައްދެއްނެތުމާއި ރޭގަނޑާއި ދުވާލުގެ ތަފާތު ކުޑަކޮށް ރޭގަނޑު ހޭލައި އުޅުމާއި ދުވާލު ނިދުމާއި ރޭގަނޑުގެ ލަސްގަޑިތަކުގައި ބޮޑެތި ކެއުންތައް ކެއުމާއި އެކު ނިދުމާއި ޖަންކް ފުޑްސް އަށް ދެވި ހިފާފައި ވުން. އެހެން ކަމުން މިފަދަ ހިތާމަތަކުން ދިވެހިން ހޭލުންތެރިވެ އާދަތަކަށް ބަދަލު ގެނައުމަށް ވިސްނަމާ ހިނގާ.

The name is already taken The name is available. Register?

އޯވަޑޯޒް

06 May 2017

ހާދަހާ މޮޅެތި ޑޮކްޓަރުންނޭ މިދިވެހި ރާއްޖޭގަ އުޅެނީ، މަރުވެފަ އޮތް މީހަކަށް ބަލާލާފަ އެބުނެލަނީ މަރުވިގޮތް.

The name is already taken The name is available. Register?

Varah vaahaka

05 May 2020

ރާއްޖެއިން ބޭރުގައި ވެސް މޮޅު ޑޮކްޓަރ އަކަށް ވިއްޔާ މަރުވެފައި އޮތް ސަބަބު ހަދާ ޓެސްޓު ތަކަށް ފަހު އިނގޭނެ

The name is already taken The name is available. Register?

ނަޒްދީކް

06 May 2017

ކުއްޓު ވަރަށް މިސްވާނެ އޮފީސް ތެރެއިން...

The name is already taken The name is available. Register?

ފޮނިކަލޯ

06 May 2017

إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ

The name is already taken The name is available. Register?

ޙެޔޮ ހިތުން

06 May 2017

إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ

The name is already taken The name is available. Register?

ސަނަސަ

05 May 2017

އިންނާ ލިއްﷲ ވައިނާ އިލައި ރާޖިޢޫން. މީ ޢިބްރަތް ލިބިގަންނަށްޖެހޭ ކަންކަން... ތިމާގެ ނިމުން އޮތީ ކޮން ވަޤުތަކުކަން ނޭގޭތީ އަބަދުމެ ތައްޔާރަށް ތިބެންވީ..... ތިމާގެ ޖައްބާރުކަމުން އެހެންމީހިންނަށް ގޯނާކުރުން ހުއްޓާލުމަށް ނަސޭހަތްތެރިވަން.

The name is already taken The name is available. Register?

ުޒަބަރު

06 May 2017

ކޮއްމެ ކަމެއްގަވެސް ތިހުންނަނީ ހައްދުފަހަނަޅާ ހިޔާލު ދެއްތޯ. މަރުވުމަކީ މިދުނިޔޭގެ ހަގިގަތެއް.

The name is already taken The name is available. Register?

މެކުސް

05 May 2017

މަރު އައިސް ޖެހުމުން ޒުވާން ކޯޑިނޭޓަރެއް މުސްކުޅި ވަޒީރެއް ތަފާތުކުރުމެއް ނޮންނާނެ !! މަރުޙޫމްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާށ!!، އާމީން

The name is already taken The name is available. Register?

حسين رشيد !.

05 May 2017

السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم * إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ‬ އަބްދުއްޝުކޫރު އަބްދުﷲ (ކުއްޓު) ސުވަރުގެ މިންވަރު ކުރައްވުން އެދި ދުޢާކުރަން ، إن شاء الله ، أمين ...

The name is already taken The name is available. Register?

އަލީ

06 May 2017

ކޮރެއާ ބަހުން ލިޔަންވީނު!

The name is already taken The name is available. Register?

ރޫޑޭ

06 May 2017

އަލީ އަށް މި ކޮމަންޓް ނުފެނުނަސް ހެޔޮކަމަށް ބުނެލަން ބޭނުމީ ޖާހިލުކަމުގެ އަސަރު ހުރި މީހެެއް ތިޔަޢީ. މަތީގައިވާ ކޮމަންޓް އަރަބިބަހުންވާ އެންމެ ބޮޑު ސަބަބަކީ އެއީ ގުރުއާނުގެ އާޔަތް ތަކަކަށް ވާތީ. އެއްގޮތަކަށްވެސް އެކަން ކޮށްފައި އެވަނީ ޖެއްސުމަކަށް ނޫން. بِسْمِ اللَّهِ الرَّحْمَنِ الرَّحِيم * إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ‬ މިދެ އާޔަތް ކޮރެއާ ބަހުން ލިޔުމަށް ތި ދިން ޙިޔާލަކީ ނޭގުމެއްގައި ނަމަވެސް ކުރެވުނު ބޭއަދަބީ އަދި އިޙްތިރާމް ކުޑަ އަމަލެއް.

The name is already taken The name is available. Register?

ކަލޯ

06 May 2017

@އަލީ ޤުރްއާން ލިޔެވޭނީ އަރަބި ބަހުންނޭ. ކޮރެއާބަހުން ޤުރްއާނެއް ނުލިޔެވޭނެ. ކަލެއަށް ކިޔަން ނޭގުނީމަ ދެން ކަމުނިދިޔައީ ދޯ

The name is already taken The name is available. Register?

ކުޑަދޫއަހްމަދު

05 May 2017

إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ ... މަރަކީ ތިމާއާއި އެންމެ ގާތުގައިވާ އެއްޗެވެ! އާރާއި ބާރު އޮތް ދުވަހު އަނިޔާވެރިވުމުގެ ވިސްނުން ދޫކުރައްވާށެވެ! ބޮޑާވެގެން ނޫޅޭށެވެ! ނުހައްގު އަދަބު ނުދޭށެވެ! ބިރުވެތިވާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454