މަހްލޫފް (މ). މަޖިލިސް މެމްބަރުން ރައްޔިތުންގެ ފަޅިއަށް އެރުއްވުމަށް އޭނާ ގޮވާލެއްވި. --ފޮޓޯ/މިހާރު
10 މެއި 2017 - 16:59
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 70 ޕަސަންޓު ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ޖަލު ހުކުމް ތަންފީޒު ކުރައްވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލިހުގައި ތަމްސީލުކުރާ 85 ދާއިރާގެ ތެރެއިން 69 ދާއިރާ އިން އިންތިހާބުކޮށްފައި ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ.
އެހެންވެ، މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ފަޅިއަށް އަރުއްވައި، ރައީސް ޔާމީން މަގާމުން ދުރުކުރަން ރައްޔިތުން ދެއްވި އޯޑަރަށް ތަބާވުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ. އަދި ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނުމަކީ، އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ސިފަ ކުރެއްވި ގޮތުގައި ލޯކަލް އިންތިހާބުގައި ވޯޓު ދީފައި ވަނީ ތަރައްގީ އަށް ވުރެ ބޮޑަށް އަދުލު އިންސާފާއި ހަމަހަމަކަމަށް އެދި އެވެ. އެއީ ރައްޔިތުން ތިބީ އަނިޔާވެރިކަމާއި ކޮރަޕްޝަނާ ދެކޮޅަށް ކަން ސާފުކޮށްދޭ ވޯޓެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"ދުރުގައި އެކި ރަށްރަށުގައި ތިއްބަސް، އެންމެ ދިވެހި ދަރިއަކު ވެސް ޖަލަށްލައިގެން އަނިޔާ ދޭން ދެކޮޅުކަން [އިންތިހާބުން] ހާމަކޮށް ދެއްވައިފި،" މަހްލޫފުގެ ބަޔާނުގައިވެ އެވެ.
ސަރުކާރާ އިދިކޮޅު ލީޑަރުން ޖަލަށްލައި، ބިރުދައްކައި، ފުރައްސާރަކޮށް، ކެންޑިޑެސީ ބާތިލްކޮށް އަދި ކެމްޕޭނު ކުރުމަށް އިންތިހާ އަށް ހުރަސް އެޅުމުގައި ރައީސް ޔާމީން ހޯއްދެވީ ކާމިޔާބީއެއް ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިނަމަ، ރައީސް ޔާމީނަށް 50 ގޮނޑި ނުލިބޭނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަތަރު ޕާޓީގެ ލީޑަރުންނާއި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ގައުމީ މަޖިލިސްތަކުގެ މެންބަރުން އަދި ޕާޓީތަކުގެ މެމްބަރުން ކުރެއްވީ ހިތްވަރުގަދަ މަސައްކަތެކެވެ.
މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ތިން ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ. އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ.
މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވެންނެވި ކަމާއި ފުލުހުންގެ ބަންދުގައި ހުރިއިރު، ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވައި، ފިލަން އުޅުއްވި ކަން ސާބިތުވެ، ވަކިވަކިން އިއްވި ދެ ހުކުމުގައި، މަހްލޫފް ޖަލަށް ލީ 10 މަހާއި 24 ދުވަހަށެވެ. އޭނާގެ މައްޗަށް އިއްވި ދެ ހުކުމް ތަންފީޒުވެ، މިނިވަން ވާނީ އަންނަ މަހުގެ ކުރީކޮޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިކުރު
11 May 2017
70 ވީމަ ގަދަކޮށްފި...25 ޕަސެންޓު ލިބުނީ މައުމޫން އާ އެކު ރިޔާސީ އިންތިޚާބުގަ...ރަގަޅެއްނު.. މަހޭމެން ތި ތަންތަނުގަ ބައިތިށްބައިގެން..25 ޑޮލަރުނަގާ ކާޑުއަގުބޮޑުކޮށް މައުމޫން އަރުވާލާ ސޭޓު ޖަލައްލުމައްފަހު 30 ޕަސެންޓުހޯދީމަ ހާދަހާވާ ގަދައޭ ...
މިހާރުނޫސްގެ ފޭނެއް
10 May 2017
ވޯޓްގެ ފަހުން މަހުލޫފްއާ އެއްވެސް މީހަކު ބައްދަލު ކުރެވިފައިނުވާ އިރު އޭނާގެ ނަމުގައި ބަޔާން ނެރެނީ ނަޒުރާ އަމިއްލައަށް ސަމާލުކަމެއް ލިބޭތޯ. މިކޮމެންޓް ކިޔާފަ ނަޒޫ ވަރަށް ކަޑަ ވާނެ.
ބުރުގާ
10 May 2017
ތިކޮމެންޓު ލިޔެފަވެސް ކިޔާފަވެސް ކަޑަވާނީ ހަމަ ކަލޯ. ތިއުޅެނީ ވީބަލިން އަނގައިން އަދިވެސް ހިތިރަހަ ނުފިލައިގެން.
އޭއިއޭއި
10 May 2017
ތަމެން ތިޔާ ޕަރސެންޓޭޛްގެ ވާހަކަ ބާއްވާ ފުރަތަމަ ބަލަގަ ތަމެންނަށް ތިޔާ ޖަލަކުން އަރައިގަނެވޭތޯ އެކޮއި. އަބަދު ޖަލުގައި ދޯ ތިޔާ ތެޅެން ޖެހެނީ. ކީއްކުރާނީ. ޖެއިލް ބޯއި އޭ މަމެން ބުނަން ނެތީމު ދޯ.
އުދުހޭ
10 May 2017
މައުމޫނަށް ސަޕޯޓްކޮށްގެން ޕީޕީއެމަށް ވަތް މީހުންގެތެރެއިން ސައުންސިލް ވަޒީފާ ބޭނުން މީހުންނަށް އެހެން ޕާޓީއަކުން ޓިކެޓް ނުލިބޭނެތީ ޕީޕީއެމްގެ ފަރާތުން ވާދަކުރީ. ގިނަ މީހުންނަކީ ޔާމީނަށް ތާއީދުކުރާ މީހުންނެއްނޫން.
ޕޮގުބާ
10 May 2017
ހަތަރުޕާޓީއާ ދެކޮޅަށް ސަރުކާރުންވަނީ 59 ޕަސަންޓް ހޯދާފަ މީބޮޑުކުރި އެރުމެއް
އަސްލު
10 May 2017
އެކަމަކު ގޮނޑިތަކުންވެސް ވޯތް ތަކުންވެސް ތިޔަ ހިސާބު ދިމަލެއް ނުވޭ ހަމަ ތެޔޮގޮޅާ ސާދާ. ހިސާބު ދިމާނުވާނަމަ ދެނޯ؟
ސަރުކާނު
10 May 2017
މަޚްލޫފަށް އިރާދަކުރެއްވިއްޔާ މިފަހަރު ދާއިރާމީހުން ވެސް ބުނާނީ ވަރަށް ބޮޑަށް ނޫނެކޭ. އެއީ ފިލްމް ކުޅުއްވާތީ.