ޕީޕީއެމް ކޯލިޝަން ޖަގަހައިގައި މިރޭ ޖަލްސާއެއް ކުރިއަށް ދަނީ: ސިލްސިލާ ގޮތެއްގައި މި ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައި
10 މެއި 2017 - 23:44
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ޕީޕީއެމް ބަލިވި ނަމަވެސް އާ ހިތްވަރާއެކު މަސައްކަތް ފެށުމުގެ ގޮތުން ސަރުކާރު ކޯލިޝަނުން މިރޭ ޖަލްސާތައް ފަށައިފި އެވެ.
ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީއޭގެ ޖަގަހައިގައި، ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނުން ޖަލްސާތައް ފެށިއިރު، ކުރިއަށް އޮތް ފަސް ރޭ ވެސް ސިލްސިލާކޮށް އެތަނުގައި ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފަ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ކޯލިޝަނުން ޖަލްސާތައް ފެށި ނަމަވެސް އިދިކޮޅު ކޯލިޝަނުން ފަހަކަށް އައިސް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ބައްދަލުވުން ބާއްވަމުން އައި މ. ކުނޫޒްގައި މިރެއިން ފެށިގެން ޖަލްސާތައް ބޭއްވި ދާނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެ ސުވާލު އުފެދުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ބޮޑެތި ޝަރުތުތަކާ ގުޅިގެންނެވެ.
އެ ޝަރުތުތަކުގެ ތެރޭގައި، ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުތަކުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން ހިމެނެ އެވެ.
ކުނޫޒް އަކީ ގާސިމްގެ ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ ތަން ކަމަށް ވާއިރު، އެ ބިން ރަޖިސްޓަރީ ކޮށްފައި ވަނީ ސީދާ އޭނާގެ އަމިއްލަ ނަމުގަ އެވެ. އެހެންވެ، ގާސިމްގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކާއެކު ކުނޫޒުގައި ޖަލްސާތައް ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ. އަދި އެކަން ކުރިއަށް ގެންދެވިދާނެ ގޮތަކާ ގުޅޭ ގޮތުން ގާސިމްގެ ގާނޫނީ ވަކީލުން މިހާރު އަންނަނީ ދިރާސާ ކުރަމުންނެވެ.
އެމްޑީއޭ ޖަގަހައިގައި ޕީޕީއެމް ކޯލިޝަނުން މިރޭ ޖަލްސާތައް ފެށިއިރު ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމާއި އެ ޕާޓީގެ އިސްވެރިންގެ ތަސްވީރު އެތަނުގައި ބޮޑުކޮށް ކުރަހާފައި ހުއްޓެވެ. އަދި ހުރިހާ ވަގުތަކު ވެސް އެތަނުން ކޮފީ އާއި ބިސްކޯދު ލިބެން ހުންނާނެ ކަމަށް ޖަގަހައިގައި އިއުލާނު ކުރި އެވެ.
މިރޭގެ ޖަލްސާގައި ގިނަ މިނިސްޓަރުންނާއި ޕީޕީއެމް-އެމްޑީއޭގެ ގިނަ އިސްވެރިންތަކެއް ބައިވެރިވެ ވަޑައިގެންނެވިއިރު، ކުރިއަށް އޮތްތަނުގައި ރައީސް ޔާމީން ވެސް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރޫޕިންކީ
12 May 2017
ކިތަންމެ ޖަލްސާއެއްބޭއްވިއަސް އަހަރުމެން އަޑުއަހާކަށް ނުދާނަން. އަހަރުމެން ތިބޭނީ ޒައީމުއާއި އެކު. ޒައީމު ތާއީދުކުރާ މީހަކަށް އަހަރުމެން ވޯޓުލާނީ.
GAN Island
12 May 2017
ރަނގަޅުކަމެއް. "ޕާޓީ އެއްކަން ނުވަތަ ފެކްޝަނެއްކަން މުޅިން ކަށަވަރު ނުވާ" މީސްމީހުން 2018 ގައި ރާއްޖޭގައި މިނިވަން އިންތިޙާބެއް ބޭއްވުމުގެ ފުރުސަތު ލިބިދާނެ ކަމަށް އަދި މިޙާރު ވެރިކަމުގައި ތިއްބެވި މީހުންނަކީ "ރައްޔިތުންގެ މެދުގައި މަޤުވޫލުކަން ގެއްލުފައިވާ ބައެއްކަމުން" ތިކުދިންނަކީ ރާއްޖޭގައި ހަމަޖެހުން އޮންނާން ބޭނުން ބައެއްނަމަ "ދައުލަތުގެ ހަޒާނާއިން ވައްކަންނުކުކުރާނެ ރައްޔިތުންނަށް އަނިޔާވެރިވެ ރާއްޖެ ވިއްކާނުލާނެ" ތެދުވެރި ބަޔަކު ހޯދާ ރައްޔިތުންނަށް ދެއްކުމަށް ތިޔަފުރުސަތުގެ ބޭނުންކުރެވިދާނެ. އެކަމަކު ހިތަށް އަރަނީ ތިޔަ ޖަގަހައިގަ ރައްޔިތުން ބޭނުންވާގޮތް ހާމަކުރެވިދާނެބާވައޭ؟؟!!
ދިވެހިން
11 May 2017
ޕޕމ އަކީ ދިވެހިން ވަރަށް ފޫހިވާ ޕާރޓީއެކެވެ.
ޚިޔާލް123
11 May 2017
ދެން އަވަހަށް ސަރުކާރުގެ ކޮންމެ މުއައްސަސާއަކަށް ސާރކިއުލާއެއް ފޮނުވައިގެން ކޮންމެ ރެއަކު ކޮންމެވެސް އޮފީހަކުން މީހުންގެނެސް ހުސްގޮނޑި ފުރާށެވެ، އަދި ވަރަށް ރަގަނޅަށް ހާޒިރީ ބަލަހައްޓައްޗެވެ. ނާންނަ މީހުން ވަޒީފައިއިން ވަކިކުރާށެވެ، އަދި މެޑަމް އެތަނުގައި ބަހައްޓައިގެން އެންމެންނާ ސަލާންވެސް ކުރުވަން ޖެހޭނެއެވެ.
ޖޯކަރު
11 May 2017
ލޯކަނު އިންތިހާބުގަވެސް ޕ.ޕ.އމ. އަށް ވޯޓު ދިނީ ކެންޑިޑޭޓުންގެ އާއިލާ މީހުން. ޔާނުއަށް ދިން އެއްޗެއް ނޫން އެއީ.
އަދުރޭ
11 May 2017
އެހެންވެގެންތާ. ރައްޔިތުންގެ ފައިސާއިން ސަރުކާރުން ހިންގާ ޓީވީ ޗެނެލްތައް އަވަދިނެތި އޫޅުނީ.
އުމަރު
11 May 2017
ކިތަންމެ ވަރަކަށް ޕީޕީއެމުން ޖަލްސާތަށް ފެށިކަމުގައިވިޔަސް ހެދިފައިވާ ގޯސްތަށް ރަނގަޅުނުކޮށް ސަރުކާރުގެ އޮނިގަނޑު ބަދަލުނުކޮށް، އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް އަވަސްނުކޮށް، ކޮރަޕްޝަން ނުހުއްޓުވައި، ސިޔާސީ މީހުން ޖަލުން ދޫކޮށްނުލައި، އެންމެ ވޯޓެއްވެސް ޕީޕީއެމަށް އިތުރު ނުކުރެވޭނެ، ތިޔަހައްދަވަނީ އަނެއްޅައެތި، ކަމެއް ކުރަންޏާ ފުރަތަމަ ދިރާސާއެއްކުރާށެވެ. އިދިކޮޅު ވިސްނުން ގެންގުޅޭ މީހުން ގޮވާލާ ގޮވެލިތަށް އަޑުއަހައި އަމަލުކުރާށެވެ. އެއިރުން އިދިކޮޅު މީހުން ދައްކާނެ ވާހަކައެއް ނޮއޮންނާނެ، އެކަން ނުކޮށް ލާހިކައެއްނޫން އެންމެ ވޯޓެއްވެސް އިތުރުކުރަން،
ހާރު
11 May 2017
ޖަލްސާ ތަކާއިގެން ކުރިއަށް ދޭ. އެކަމަކު ވޯޓެއް ނުލިބޭނެ. ތިޔަ ޖަލްސާ ތަކާއި ކޮފީ ތަކަށް ދާނެ މީހުންވެސް ވަރަށް ގިނަ ވާނެ. މަވެސް ދާނަން. އެކަމަކު މަގޭ ވޯޓަކީ ތިކުދިންނަށް ހަމަ ޙަރާމް އެއްޗެއް.
އައިއެފް
11 May 2017
ދެން އިނގިދާނެތަ ފުލުހުން އަމަލު ކުރާގޮތެއް ދެބައިމީހުންނާ ދޭތެރޭގައި. މިފަހަރު މިއީ ފުލުހުންގެ އިންސާފުވެރިކަން އިތުރަށް ޓެސްޓު ކޮއްލާނެ ފުރުސަތެއް. މިހާރުވެސް ފުލުހުންވަނީ ފެއިލްވެފައި.
ޗިކުސް
11 May 2017
އިދިކޮޅު ފަރާތްތައް ހަނުހުރެން މަޖްބޫރުކުރުވާފަ މިވެރިން މިފަށާގަންނަނީ. ހީވޭތަ ރައްޔިތުން މަޑުންތިބޭނެހެން.
އެޔޭދޯ
11 May 2017
އިދިކޮޅު ފަރާތް ތަކުން ރައްޔިތުން ނަށް 2018 ގެ ކުރިން ވެސް އަދި ފަހުން ވެސް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ފެންނާތީވެ އެމެން ހަނު ހުރުން އެއީ ނޫންތޭ ރަނގަޅު ގޮތަކީ.