16 މެއި 2017 - 13:55
ފުލުހުންނަށް ފޯނެއް ހުޅުވައި ނުދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާ އަނބުރާ ގެންދިއުމަށް، އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ރިޔާޒް މިއަދު އެދިވަޑައިގެންފި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒްގެ މައްޗަށް ގާނޫނީ ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ކުރަނީ ފުލުހުންގެ ތަހުގީގެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތުގައި ވަނިކޮށް، ރިޔާޒް ޕީޖީ އޮފީހުގައި އެދިވަޑައިގަތީ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން، އޭނާގެ ދައުވާ އަނބުރާ ގެންދިއުމަށެވެ. އެކަމުގެ ލިޔުން ޕީޖީ އަށް ހުށަހަޅާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެ ފޯމް އަޅުގަނޑުމެން ޕީޖީ އޮފީހަށް މިހާރު ވާނީ ހުށަހަޅާފައި." ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް އެކަމަށް ޕީޖީގައި އެދިވަޑައިގެންނެވިއިރު، އޭނާގެ ޝަރީއަތުގެ ފަހު އަޑުއެހުން މިއަދު އޮންނާނެ އެވެ.
އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން ދައުވާއެއް ނުކުރަން ނުވަތަ ކޮށްފައިވާ ދައުވާއެއް އަނބުރާ ގެންދިއުމާ މެދު ގޮތެއް ނިންމާނީ އެކަމަށް ޕީޖީގައި އޮންނަ ޚާއްސަ ކޮމެޓީއަކުންނެވެ. އިތުރު ފުރުސަތު ދޭން ނިންމައިފި ނަމަ އިތުރު ކުށެއް ނުކުރަން ޝަރުތުކޮށް، ދައުވާ އަނބުރާ ގެންދާނެ އެވެ. އެކަމަކު ޝަރުތާ ޚިލާފްވެއްޖެ ނަމަ ކުރީގެ މައްސަލާގައި އަލުން ދައުވާ ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވެލި
16 May 2017
ކޮންމައްސަލައެއްކަން ނުބުނެ ބަލަމުންދާމައްސަލަޔެކޭ ކިޔާފަ ލައިގެން ހުންނަ ޖަންގިޔާވެސް އަތުލަފާނެ. ދިވެހި ފުލުންގެ މައިގަންޑު ކަމަކީ ސިޔާސީ މީހުން ފަހާ ހައްޔަރުކޮއް ދައުވާކުރުން. 7 ފެބުރުވަރީ ހަންދާނައްގެނޭ. ޗީ ލަދުންހަލާކު
މާނަ
16 May 2017
ނުރުހޭ އެންމެން ޖަލަށްލާއިރުވެސް ހަމަ ބޮޑުގާނޫނު ހަމަ ރަނގަޅު އެހެންނަމަވެސް ކިޔާފަ އެންމެން ޖަލުގަ އެކަމަކު އެއިންމީހަކު އެ ބޭއިންސާފުން ސަލާމަތްވާން މަސައްކަތްކުރީ ބޮޑުފިޑިއަކަށް ބައެއްމީހުން މިއުޅޭގޮތެއް ބޮލަށް ބޭސްކުރަންފެނޭ މީފުކެއްބޮޑުވަރު
ފިޑި ސޮރު
16 May 2017
ސިޔާސީ މައިދާނުގައި މަސައްކަތް ކުރެބޭނެ ހިްވަރެއްނެތް ފިނޑި ސޮރެއްތާދޯ.
ޒާޒާ
16 May 2017
ދައުވާ އަނބުރައި ގެންދަން އެދެންވީ ޕީޖީގައި ނުންކަމާއި އެދެންވީ ފަރާތް ރިޔާޒަށް މާރަނގަޅަށް އެނގޭނެއެވެ.
ޑޯން
16 May 2017
ނޫނޭވާ ބިރެއްގަނޭދޯ ތިވަރުންނޫލުނީޔާ ރަނގަޅީ ސިޔާސީ ކަންތަކުގަ...
ޢަހަރެން
16 May 2017
މާ ހިތްވަރު ގަދަ މީހެކޯމީ