ރޯދަ މަސް ފެށުމުގެ ކުރިން ރައީސްގެ އަނބިކަނބަލުން ޖުމްހޫރީ މައިދާނުގައި ދެއްވި މާހެފުން: މެޑަމް ފާތުން އަށް 50 ހައްޖު ކޯޓާ ދީފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޖޫން 2016 - 18:05
ސައޫދީ ސަރުކާރުން ރާއްޖެ އަށް ދިން 1000 ހައްޖު ކޯޓާގެ ތެރެއިން 50 ކޯޓާ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްއާ ހަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބަލައިދޭން އިދިކޮޅު އެމްޑީޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ފަސްޓް ލޭޑީ ފާތުން ބޭނުންވެވަޑައިގަންނަވާ ބަޔަކަށް ހާއްސަކޮށް، އެ ކަމަނާ އަށް 50 ކޯޓާ ދޫކުރީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންވެ މައްސަލަ ބަލަައިދޭން އޭސީސީގައި އެދިފައިވާ ކަމަށެވެ.
ސައުދީ ސަރުކާރުން ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ކަދުރު، ފަސްޓް ލޭޑީ ފާތުން ހިންގަވާ، ސަދަގާތް ފައުންޑޭޝަނުން ބެހި މައްސަލަ ވެސް އޭސީސީގައި ބަލައިދޭން އެދިފައިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ކަދުރު މައްސަލަ ބަލައިދޭން އޭސީސީގައި އެދިފައިވާއިރު، ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިންގަވާ ޖަމިއްޔާއަކުން އާއްމުންނަށް ބަހަނީ ސައުދީ އަރައްބިޔާ އިން ދިވެހިންނަށް ހަދިޔާ ކުރި ކަދުރު ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 June 2016
ސަރުކާރުގެ މައްސަލައެއް ސަރުކާރަށް ބެލޭނެ ބާ؟ ނަމުގަ މިނިވަނަސް ކަމުގަ މިނިވަން މުވައްސަސާއެއް ސަރުކާރަކު ނެތް
އަހުމަދު
20 June 2016
ޕާޓީ އަށް ތާއީދު ކުރިއަސް ތެދެއް ވާނީ ތެދަކަށެވެ. އެކަން އެނގޭނީ ހަމަ ހޭގަ ހުރި މީހަކަށެވެ.
ރާޅު
20 June 2016
ބަލަ ޝާހީވެރިކަމެއް ގައި އިސްތިބްދާދީ ގޮތް އަށަގަތުމުން ސީސީ ތަކަކުން ކުރާނެކަމެއް ނޯންނާނެއެވެ.
މިނިވަން ޚިޔާލް
20 June 2016
ރެކޯޑަށްޓަކާ ކުރަން ރަގަޅުކަމެއްތީ. ތިއަކުން ނުކުންނާނެ ނެތީޖާއެއްނޯންނާނެ.
ޕީޕީ
20 June 2016
ފަސްޓްލޭޑީ ކައިރިތިބޭ މީހުންވެސް ރަގަޅު ނަސޭހަތް ދީބަލަ
މެޑަމް ބިން ކަދުރު ފައުންޑޭޝަން
20 June 2016
ކިތައް ފަހަރުހޭ ބުނާނީ އެކަދުރުތައް އެއީ އޭރު މަޖީދީ މަގުގަހުރި ފެންފޯއް ރުއްތަކުގަ އެޅިހާ ކަދުރޭ.
ސައްލޭ
20 June 2016
ފެންފޯއްރުކުގައި ކަދުރު އަޅާކަމެއް އަދި ނުދެނެހުރިން! ހަހަހާ
ލީލާ
20 June 2016
ހަޅޭއްލަވަލަވާ ތިބެންޖެހޭނީ ވެރިކަން ލިބުނީމަވެސް އަލިފާނޯތް ގޮވާފަ ރައްކާވި ބައެއްތީ
ހަޖާމު
19 June 2016
ތިޔަ މައްސަލަ އޭސީސީއަށް މިނިވަންކަމާއެކު ބެލިދާނެކަމަށް ޤަބޫލެއް ނުކުރަން. ކޮމިޝަނުގެ މެމްބަރުންނަކީ ސިޔާސީންގެ ތައްޕާހުގައި އުޅޭ ބައެއްކަމުގައި އެކި ފަރާތްތަކުން ތުހުމަތުކުރޭ. ކޮމިޝަނުގެ ރައީސް، ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރުހުން ހޯދަން މަސައްކަތް ކުރި ކަމުގެ އަޑުތައްވެސް އިވުނު. ލޯންޗް ކޮޅުގެ ހާދިސާއާ ގުޅިގެން މެޑަމްގެ ހާލު ބަލާލަން ގިނަގިނައިން ހޮސްޕިޓަލަށް ޒިޔާރަތްކުރި ކަމަށްވޭ.
އ މ
19 June 2016
އަނެއްކާވެސް އެންބަސީގެ ދުލުގައި ހިފައި ދަމަނީ ބަޔާނެއް ހޯދަންތަ؟
އުމަރު
19 June 2016
މިނިސްޓަރުން މިހާރު ގިނައިން ފެންނަނީ ފަސްޓްލޭޑީގެ އަރިހުގައި ކޮންމެވެސް ކެމްޕޭނެއްގައި އުޅޭތަން، މިގޮތަށް ދަންޏާ ރައީސް ޔާމީނުއަށް ހިއެއްނުވޭ 5 ޕަސެންޓްވެސް ލިބޭނެހެން