ޚަބަރު / ރާއްޖެ ޓީވީ

ރާއްޖެޓީވީގެ ނޫސްވެރިންތަކެއްގެ މައްސަލަ މީޑިއާ ކައުންސިލަށް

ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިންނާއި މުވައްޒަފުން ކްރިމިނަލް ކޯޓު ކައިރީގައި. - މިހާރު ފައިލް ފޮޓޯ

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ހަ ނޫސްވެރިއެއްގެ މައްސަލަ ރައީސް އޮފީހުން މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުން ހުށަހަޅާފައި ވަނީ ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރު އަލީ ޔޫސުފާއި ސީނިއަ ޖާނަލިސްޓް މުހައްމަދު ފަޒީނާއި ސީނިއަ ވީޑިއޯ ޖާނަލިސްޓް މުހައްމަދު ވިސާމާއި ސީނިއަ ޖާނަލިސްޓް އަޒްމޫން އަހުމަދު އަދި އެސިސްޓެންޓް ނިއުސް ޑައިރެކްޓަރު އަބްދުﷲ ނަސީރު އިބްރާހިމްގެ މައްސަލަ އެވެ.

މި ނޫސްވެރިންގެ މައްސަލަ ހުށަހެޅީ ރާއްޖެޓީވީގެ ނިއުސް ވެބްސައިޓް، ރާއްޖެއެމްވީގައި ޝާއިއުކުރި ރިޕޯޓްތަކަކާ ގުޅިގެންނެވެ.

ވަކިވަކިން ހުށަހެޅި މި މައްސަލަތަކުގައި ބުނެފައި ވަނީ ރައީސްގެ އަނބިކަނބަލުންގެ ހައްގަށާއި އަބުރަށް ގެއްލުން ލިބޭ ފަދަ އެއްޗެއް އެ ލިޔުންތަކުގައި ހިމެނޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

ރައީސް އޮފީހުން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ ފުރުސަތެއް ދީ އެ ނޫސްވެރިންނަށް މީޑިއާ ކައުންސިލުން މިއަދު ވަނީ އެކަން އަންގައިފަ އެވެ.

މީގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ވަނީ ދެ ފަހަރެއްގެ މަތިން ބޮޑު ޖޫރިމަނާއެއް ކޮށްފަ އެވެ. އެކަމަކު އެ ދެ ޖޫރިމަނާ ވެސް އެ ސްޓޭޝަނުން ދެއްކި އެވެ.

11 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 1%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

22 May 2017

ބަރާބަރު. ނޫސްވެރިން ވެސް ތިބެންޖެހޭނީ ވަކި ހައްދެއްގެ ތެރޭގަ. ދޮންމީހުން ކުރާގޮތައް ނޫސްވެރިކަން ރާއްޖޭގަ ކުރެވިގެން ނުވާނެ.

The name is already taken The name is available. Register?

ބޫ

22 May 2017

ގެއްލޭނެ ގެއްލޭނެ... ބެހުނު ކަމަށް ހަމަ ވާނީ... މިދާކަށް ދުވަހު ކީ ބަންޖެއްގައި ސަންތިމަރިޔަނބޭ ބުނީމާވެސް ގެއްލުނީ އެކަމަނާގެ އަބުރުފުޅު. އެކަމަނާޔަށް މަރިޔަނބެކޭ ނުކިޔަސްމެ. މަމެން މިހާރު، ސަންތި މަރިޔަނބު ވާހަކަޔާއި ސަފަރު ކަތްދަ ވާހަކަ ކިޔުންވެސް ހުއްޓައިފިން. ފޫޅު ދިގު ހަންޑިޔޭ ކިޔާތަނުން އެވެސް ބަލައިގަންނަން 2018 ތައްޔާރަށް ހުންނަވާފާނެތީ އެވާހަކައެއްވެސް ނުކިޔަން.

The name is already taken The name is available. Register?

ޢަލީ

22 May 2017

ގެއްލުނު ފައިސާ ހޯދުމައް ސަރުކާރައް މިނޫން ގޮތެއްނުފެނުންބާ އަދީބާ ހަމައިން ނިމުނު ކަމައްވެސްބުނި

The name is already taken The name is available. Register?

ރަށުމީހާ

22 May 2017

އެއްވެސް ވަޒީފާއެއްނެތް މީހަކު ކަންކަމާގެން ތިޔަހަރައުޅެނީ މީހުން ނުބެހެވަރަކަށް ނުންދ

The name is already taken The name is available. Register?

ސީރިއަސް

22 May 2017

ތިކަމަކުން ސަލާމަތެއް ނުވޭތަ....

The name is already taken The name is available. Register?

modaf

21 May 2017

ރައްޔިތުންގެ ވަޒީފާގަ އުޅޭކަމަށް ވަންޏާ މީހުން ފާޑުވެސް ކިޔާނެ. ފާޑުކީމަ ހަޖަމްނުވަންޏާ އެފަދަ މަގާމްތަކަށް ކުރިމަތިނުލާ ތިބޭނީ ގޭގަ. އަހަރުމެންގެ އަބުރަކާ މީހަކު ނުއެއްބެހޭ.

The name is already taken The name is available. Register?

ސަންތި ދައިތަ

21 May 2017

މިފަހަރު މީހެއްގެ އަތިުން ނަގަތި 1 މިލިއަން އަހަރުންރަށު ޖެތީ ހަދަން ޤާސިމްބެ އެޅި ޖެޓީ 4 މަސްތެރޭ ހަލާކު ވެއްޖެ ވ ދެރަ

The name is already taken The name is available. Register?

އައިއެފް

21 May 2017

މީޑިޔާ ކައުންސިލްވެސް ސަރުކާރުގެ މުށުތެރޭގައި. މިސަރުކާރަކުން ނޫސްވެރިންނަށް ނެތް މިނިވަންކަމެއް. ޚާއްސަކޮށް ރާއްޖެ ޓީވީގެ ނޫސްވެރިންނަށް. ކަޅު ތާރީޚުގައި ލިޔެވެނެ ސަރުކާރެއް.

The name is already taken The name is available. Register?

ކަލޯ

21 May 2017

ތިޔަބުނާ މީހާގެ އަބުރު ރައްކާތްރި ކުރުމަކީ އެމީހާ އަމިއްލައަށް ކުރަންޖެހޭ ކަމެއް. އެއީީ އެހެން މީހަކު ކުރަންޖެހޭ ކަމެއްނޫން. އަބުރު ގެއްލެނީީ އެމީހުން އުޅޭގޮތުން

The name is already taken The name is available. Register?

މޫސަ

21 May 2017

ތިޔައީ އެއްވެސް ގާނޫނެއް ގަވައިދެއް އޮވެގެން ހަަބަރު ފަތުރާ ބައެއްނޫން.. އެމީހަކު ހިތައްއެރި އެއްޗެއް ލިޔަމުން ކިޔަމުންދާބައެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454