ކޯޓުގެ ހުރުމަތް ކެނޑި ކަމަށް އަލީމްގެ މައްޗަށް ހުކުމްކުރުމުން ޖޫރިމަނާ ފައިސާ ސިވިލް ކޯޓާ ހަވާލުކުރަނީ: މަޖިލީހުގެ ނައިބު ރައީސް ވަކިކުރި ކުރަން ވޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް އަލީމްގެ މައްޗަށް ތުހުމަތުކޮށް މައްސަލަ އަންނަނީ ތަހުގީގުކުރަމުން.
24 މެއި 2017 - 12:25
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް ފައިސާ ބެހިންތޯ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމްއާ މިއަދު ފުލުހުން ސުވާލުކޮށްފި އެވެ.
އަލީމް "މިހާރު" އަށް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް، އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅޭގޮތުން އޭނާއާ ގިނަ ސުވާލުތަކެއް ކުރި ކަމަށެވެ. މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓަށް ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކަށް ފައިސާ ހުށަހެޅިތޯ ފުލުހުން އެހި ކަމަށް އޭނާ ވިދާޅުވި އެވެ.
މިއާއެކު، އެއްވެސް ފަރާތަކުން ދިން ފައިސާ އޭނާއާ ހަވާލުކުރިތޯ އާއި އެ ފައިސާ ގޭގައި ރައްކާކުރިތޯ ވެސް ތަހުގީގުގައި ފުލުހުން ސުވާލުކޮށްފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.
"އެއްވެސް ފަރާތަކަށް ދިނުމަށް އެއްވެސް ފައިސާއެއް އެއްވެސް ފަރާތަކުން އަޅުގަނޑާ ހަވާލުނުކުރާ ކަމަށް ދެންނެވިން. އެހެންވީމާ އެފަދަ ފައިސާއެއް ގޭގައި ރައްކާ ނުކުރާ ކަމަށް އަޅުގަނޑު ފުލުހުންނަށް ދެންނެވިން،" އަލީމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހެޅި މައްސަލާގައި ވޯޓަށް ނުފޫޒު ފޯރުވަން އޭނާ މަސައްކަތް ކުރި ކަމަށް އެއްވެސް ފަރާތަކުން ބުނާ ނަމަ އެއީ ދޮގެއް ކަަމަށް ވެސް ތަހުގީގުގައި ބުނެފައިވާނެ ކަމަށް އަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސަ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގައި ވޯޓަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.
ގާސިމަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލަތަކެއްގައި ދައުވާކޮށް، މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް، އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަތައް ވަނީ ބޭރުކޮށްލައިފަ އެވެ. ގަވާއިދަށް ގެނައި ބަދަލާ އެކު އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވެއްދޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކުގަ އެވެ. އެ އަދަދަށް މެމްބަރުން ހަމަކޮށް، އަލުން މައްސަލަތައް ވައްދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރީދު
24 May 2017
ރިލްވާން ގެއްލުވާލުމަށް ފައިސާހަރަދު ކުރިމީހުންނާއި ޔާމީނު ރަޝީދު ގަތުލުކުރުމަށް ފައިސާހަރަދު ކުރި މީހުން ހޯދުމަށް ތިޔަހާ މަސައްކަތް ނުކުރަނީ ކީއްވެ؟
އީޖޯ
24 May 2017
މަބުނީ ފައިސާ ގޯނި ގެންގޮސްގެން އަހާބަލަ. ދޮގެއްނުހަދާނެ ހަނުހުއްޓަސް. މިހާރުދެން ގޯނި ހުންނާނީ ހުސްކޮށް. އެކަމަކު ގޯނި ފުލައްބަލާތި ފަހަރުގަ ވަކިލާރިއެއް ނުވެއްޓި އޮވެދާނެ. އެއްބާރުލުން ނުދިނޭ ކިޔާ މައްސަލަ ނުޖައްސާތި. ކިތަންމެ ބޮޑު ހުކުމެއް ގޯންޏައް ކުރިޔަަސް ގޯނީގެ ބައްޕައާ ނުބެހޭތި. ބެހެފިއްޔާ ކަންތަކާ ޖެހުނީ...
ކާޖާ
24 May 2017
އެކަށީގެންވާ އަދަދެއްނަމަ ހުދު އަނބިމީހާވެސް ނާހާއިރު ކީއްކުރަން ފުލުހުން އަހަންވީ
ޢަބްދުﷲނާފިޒް
24 May 2017
ތިސުވާލު އައްމަކަޅޭއާ ކުރިނަމަ ވަރަށް ފުރިހަމަ ޖަވާބެއް ދިނީސް، އެހެންވެގެން އޭނަޔާ ތިސުވާލު ނުކުރީވެސް އުތަ.
ޟާބީ
24 May 2017
ހަސަނައްހީވާނެފުޅައްބުޑުންދަންޏާކެޔޮގަނޑުކަނޑާނޭ
ބަބުރު ޒަރީނާ
24 May 2017
ޢަޖައިބެއް ފަހެ ނުވޭތަ؟ ވެއްޓެނީ ހަމަ ވެއްޓެނީ
ކްރޯޑް
24 May 2017
ބެހިއްޔާ ބުނާނެތަ ހިފިއްޔާވެސް ބުނާނެތަ އަންތަ ރީސް ވެދާނެ މި ފުލުހުންނާ ހެދި
ސަލާމީ
24 May 2017
އަނެއްހެއް ބޮޑުއަދަދެއް ހުށައެޅިނަމަ ސުވާލު ކޮށްގެން ނުވާނެ.. ވެރިމީހާބިނެފަ އޮތީ ހުދު އަބިމީހާވެސް ނާހާނެއޭ...އެކަށީގެން ވާ އަދަދެއްނަނަ...
އަބްދުއްލާ އަލީ
24 May 2017
އޭރު އޮތް ގަވާއިދާ އެއްގޮތަށް ހުށަހެޅިފައިވާ މައްސަލަ ފަހުގެ ގަވާއިދުބް ބާތިލް ވެވިދާނެބާ ؟
ލޮލްވި
24 May 2017
ވަކިކުރަންވީ''' ވަކިކުރާނީ ފައިސާ އިން ކަމުގާވާނަމަ ބަލާ އާދޭ މައަތުގަ ހުރިއެއްޗަކުންދޭނަން
ޙަސަން
24 May 2017
ސާބަހޭ ފަންޑ ފޮއްޓެއް ހުޅުވައިގެންނަމަވެސް ތިކަން ކުރަންވީ ..