ޑރ. އަހްމަދު ޝަހީދު: މުސްލިމުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތާ މެދު އެމެރިކާގެ ބޯޑާ ކޮންޓްރޯލް އިދާރާތަކުން ސުވާލު ކުރަމުންދާ ކަމަށް ވިދާޅުވި
25 މެއި 2017 - 16:25
އެމެރިކާ އަށް ދާ މުސްލިމުންނާ މެދު އެ ގައުމު ބޯޑާ ކޮންޓްރޯލް އިދާރާތަކުން އަމަލުކުރާ ގޮތާ މެދު ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައި ސިޓީއެއް ފޮނުއްވައިފި އެވެ.
އދ. ގެ ދީނީ މިނިވަންކަމާ ބެހޭ ރެޕަޓުއާގެ މަގާމުގައި ހުންނެވި ޝަހީދު ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަވާ އެމެރިކާގެ ސަފީރު ތެޑޯރޭ އަލެގްރާ އަށެވެ. ޑރ. ޝަހީދާއި އދ. ގެ އިންސާނީ ހައްގުތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ރެޕަޓުއާ، ޑޭވިޑް ކައޭ އެކުގައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ބައެއް މުސްލިމުން އެމެރިކާ އަށް އެތެރެވާން އުޅުމުން އެ މީހުންގެ ސިޔާސީ ފިކުރާއި ދީނީ ވިސްނުން ހުންނަ ގޮތާ މެދު ސުވާލުކުރާ ކަމަށެވެ.
ދެ ބޭފުޅުން ފާހަގަކުރައްވާފައިވާ ގޮތުގައި އާންމު ގޮތެއްގައި އެގޮތަށް އަމަލުކުރަނީ މެދު އިރުމަތީގެ ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ މުސްލިމުންނާ މެދުގަ އެވެ.
މުސްލިމުންނާ ކުރާ ސުވާލުތަކުގެ ތެރޭގައި ދުވާލަކު ކިތައް ނަމާދު ކުރަންތޯ އާއި ނަމާދު ކުރަން ދަނީ ކޮން މިސްކިތަކަށްތޯ އާއި ގަބޫލުކުރަނީ ދީނީ ކޮން އިލްމުވެރިއެއް ދައްކާ ވާހަކައެއްތޯ ހިމެނެ އެވެ. އަދި ލަޖެގުގައި މުސައްލަ އާއި ގުރުއާން ޚަތިމު ހުރެއްޖެ ނަމަ އެކަމާ މެދު ވެސް ސުވާލު ކުރާ ކަމަށް ސިޓީގައި ޝަހީދު ވިދާޅުވެފައިވެ އެވެ.
ޝަހީދުމެންގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ އޮފިޝަލުން ކުރާ އެ ސުވާލުތަކަށް ޖަވާބު ނުދީފި ނަމަ ހައްޔަރުކޮށް، ޖިސްމާނީ ގޮތުން އަނިޔާކޮށް، އެމެރިކާ އަށް ވަނުމުގެ ހުއްދަ ނުދޭ ކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ. އެކަމާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.
"އެމެރިކާ އިން ސޮއިކޮށް ބައިވެރިވެފައިވާ އދ. މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާގެ ދަށުން މިނިވަންކަމާ އެކު ވިސްނާ ފިކުރު ކުރުމުގެ މިނިވަންކަމާއި ދީނީ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިހްތިރާމްކޮށް، އެ ހައްގު ރައްކާތެރިކޮށް ދިނުމަކީ އެމެރިކާ ސަރުކާރުގެ ޒިންމާއެއް ކަން ހަނދާކޮށް ދެމެވެ،" ޝަހީދާއި ޑޭވިޑްގެ ސިޓީގައި ވެ އެވެ.
ދެ ބޭފުޅުން ވިދާޅުވީ އެ ކަންބޮޑުވުންތަކާ މެދު އެމެރިކާ ސަރުކާރުގެ ޖަވާބެއް ބޭނުންވާ ކަމަށެވެ. އަދި އެއީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ވެސް ހުށަހެޅޭނެ ޖަވާބުތަކެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ބައެއް ގައުމުތަކުގެ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރަށް އަމަލު ކުރުން އެ ގައުމުގެ ކޯޓުތަކުން ވަނީ ހުއްޓުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިން
27 May 2017
ބާވައިލެއްވީ އެންމެ ދީނެއް , ފޮތަކީ އެއްފޮތެއް( 3 ބަހުން. ހިބްރޫ, އަރުމޭނިކް, އަރަބި) އެކަމަކު 3 ޝަރުއިއްޔާ. ހުރިހާ ކަމެއް ކުރަން އެންގެވީ އަހަރުމެންނަށް ރަގަޅަށް , ރަނގަޅު ގޮތާއި ނުބައި ގޮތް. ދެން ތިމާގެ އެންމެހާ ކަންތަށް ﷲ ގެ ރުހުން ލިބޭގޮތަށް އުޅޭ.
ހުސައިން
26 May 2017
ކޮމެންޓެއް ކުރާއިރު ވާނުވާ ނޭގި ކޮމެންޓް ނުކުރަބަލަ.
ސަންތި
26 May 2017
ޝަހީދު ވިސްނައްޗޭ މި ނޫން ދުނިޔެއެއްވެސް އެބައޮތްކަން.. ފާޅުގައި ދީނީ މިނިވަންކަމަށް ތިޔަ ކެމްޕެއިންކުރަނީ މާތް ﷲގެ ކޯފާއަށް ބިރުވެތިވޭ. މަޤާމާއި ދުނިޔޭގެ ޖާހަތުގެ ދަހިވެތިކަމުގައި އިސްލާމްދީން އަޅުގަނޑުމެންނަށް ދައްކަވާފައިވާ ތަރުބަވީ މަގުން އެއްކިބާނުވުމަށް ގޮވާލަން
މަރިޔަނބު
27 May 2017
ކޮމެންޓެއްގެ ސިފައިގާވެސް ތިކުރެވެނީ ތުރެޓްކަން އެނގޭ. ކޯފާލަށްވާ ވަރުގެކަންތައްތަކަށް ކޯފާލައްވާފަރާތުން ލައްވާނެކަން އެނގޭވަރުގެ ބޭފުޅެއް ޝަހީދަކީ. ތިގޮތައްކޮމެންޓް ކުރިމީހުން މިހާރުވެސް ދީނުގެނަމުގަ މީހުންމަރަމުން އެދުވަނީ. .
ާައަފުޒަލް
26 May 2017
ކަންބޮޑުވާން ޖެހޭކަމަކީ އެމެރިކާއިން މުސްލިމުންނާއި ދޭތެރޭ މިގޮތަށް އަމަލު ކުރަން ފެށުމުން މުސްލިމް ނަން ކިޔާ އެންމެނަށްވެސް މިއަނިޔާ ލިބޭތީ. ޝަހީދު ގެ ކަންބޮޑުވުމަކީ މިއީ ކަމަށް ވެދާނެ. ނާފަހެ ހުރިހާ ދީނަކަށް މިނިވަންކަން ހޯދަން އެއޯމެން އައްޔަން ކޮށްފަ އެކަމަށް އެޔޯމެން ވަކިދީނަކަށް ހުރަސް އެޅީމަ މީހުންގެ ސިކުނޑި ތަކާއި ކުޅެން އުދަގޫވާނެ.
އިބޫ
26 May 2017
ސާބަހޭ ޑރ ޝަހީދު ތިގޮތުގައި، ޖެހިލުމެއްނެތި ކުރިއަށް ވަޑައިގަންނަވާ
އަލިފުތު
25 May 2017
ގޭސްގަޑެއް. ސަޢޫދީ ލައިންގެ ތެރެއިން ދިވެހިރާއްޖެއާ އެމެރިކާއާ ގާތް ގުޅުމެއްގެ މަލަމަތި ފެންނާތީ ހަޖަމުނުވެގެން އުޅެނީ
އަލިފުތުގެސެކެޓްރީ
26 May 2017
ތިޔަބޮޑު އަނގަ ރަނގަޅުގޮތުގައި ބޭނުންނުކުރެވެނީނަމަ ލައްޕައިގެން އިނދެބަލަ
ޢަލިފުތުގެ ސެކެޓްރީގެ ސެކެޓްރީ
27 May 2017
ޢަލިފުތު ތީނަވެސް ނިކަން އަނގަ ލައްޕަބަލަ.
ފުވައްމުލަކު މީހާ
25 May 2017
މަރުހަބާ ޝަހީދު !
ޔަގީން ވިލިމާލެ
25 May 2017
ދީނީ މިނިވަން ކަމަށް ގޮވާލާ އިރު ނޭގޭތޯ ބާވާލެއްވި ދީނާކީ އިސްލާމް ދީން ކަމެއް، މުސްލިމް ޤައުމުތައް ބިކަކުރީ ވެސް ތި އެމެރިކާ ބޮން އަޅާ ވަރު މަދީ ދޯ އަދިވެސް
ޕޮކަންޑިތޭޗޭ
25 May 2017
ޑރ.ޝަހީދު ތިކުރައްވަނީ ލޮޖިކަލް ޖިހާދެއް. އިސްލާމްދީނަށް ނަސްރުތިދެނީ ލޮޖިކަލީ. ޝުކުރިއްޔާ.
ޢަހަ
25 May 2017
ޢެއައް ކިޔަނީ 'ސެކިއުލަރިޒަމް'
އިޒްރޭލް
25 May 2017
ޓްރަމްޕް ސައުދީއައް ޒިޔާރަތްކޮއް ސައުދީއައް 100 ބިލިޔަން ޑޮލަރ ހަތިޔާރުވިއްކިފަހުން' އިޒްރޭލުންވެސް އެމެރިކާ އާއި މެދު މާބޮޑައް ހިތްހަމަނުޖެހޭ. ވީމާ ސަހީދައްވެސް އެކަމަށް ސިމްޕަތެޓިކް ވާނެ ތާ.! އެހެންޏާ ފަހެ' ކިތައްމެ ހިއުމަން ރައިޓެކިޔަސް އެމެރިކާ އިން މުސްލިމުންނާއި ދާެތެރޭގަ އެކޮތައް އަމަލުކުޜާތާ ކިތައްމެ ދުވަހެއް. ވ. ސަލާމް.
ޓޭކްއޮން
25 May 2017
އެމެރިކާއަށް ދާ މުސްލިމުންނާ މެދު އަމަލުކުރާ ގޮތާ މެދު ޝަހީދު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް އެއިން ކެއްކޭނެ އެއްވެސް ޑޮންޑޮނެއް ނުހުންނާނެއޭ ބިކޮޒް ބޭން މުސްލިމް އިމިގްރޭޝަން އަކީ އެއީ މރ. ޕްރެޒިޑެންޓް ޓްރަމްޕްގެ މެނިފެސްޓޯ ގައި ހިމެނި އަދި އެމެރިކާ ރައްޔިތުން އެކަމަށް އާނބަސް ބުނެ ވޯޓް ދީފައިވާ މެނިފެސްޓޯ އެކެވެ. ކަން މިހެން ހުރުމުން ނީޑްލެސް ޓު ސޭ ޔުއަރ ކޮންސާރންސް ޓު ޔޫއެސް ޕްރެޒިޑެންޓް. އިޓްސް އެން އޮޑް ތިންކިންގް ޓު ގެޓް އަ ޕަބްލިސިޓީ ދޯ. ޓޭކް އޮން މީ، ޓޭކް އޮން މީ، ޓޭކް މީ އޮން..
ޙަސަން އަޙްމަދު
25 May 2017
މާ އިނގިރޭސި ވެގެން ތި އުޅެނީޔޯ؟
ނީޑްލެސް
26 May 2017
ޓޭކް އޮން މީ. ތިޔަ ޓްރަމްޕް ވެސް ވެރިކަމަށް އައީ ، ރަޝިޔާގެ އެހީގަ ވޯޓު އޮޅުވާލައިގެންނޭ ކިޔާ އަޑު އެހިން. މާބޮޑު ކަމެއް ނުވިޔަސް އެކަން ތަޙުޤީޤުވެސް އެބަ ކުރެއޯ. ތެދެއްތަ.
ދިސްވޭ
26 May 2017
އެއީ ޓްރަމްޕްގެ ކޯޑިނޭޓަރެކޭ. އިގިރޭސި ބަސްކޮޅެއް ލާން ޖެހެޔޭ.