ސުޕްރީމް ކޯޓު: ފާއިޒާއި މުއުތަސިމް ވަކިކުރީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރަން ނިންމުމުން --ފޮޓޯ/މިހާރު
30 މެއި 2017 - 20:02
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާއި ގާނޫނަށް ގެނައި އެ އިސްލާހު ބާތިލް ކުރަން ވަކީލުންތަކެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ޑިސެމްބަރު، 2014 ގައި ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހަމަޖެއްސުމާ ގުޅިގެން ދެ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ބޭފުޅަކު އިނާޔަތް ލިބޭ ގޮތަށް ފަނޑިޔާރު ކަމުން ވަކިކުރަންޖެހެ އެވެ. ވަކިކުރާނެ ފަނޑިޔާރުން ކަނޑައެޅުމުގައި ޖޭއެސްސީން މަޖިލީހަށް ލަފާ ދިނީ ފާއިޒާއި މުއުތަސިމް ވަކިކުރުމަށެވެ. މަޖިލީހުން ވެސް ފާސްކުރީ ޖޭއެސްސީގެ ނިންމުމާ އެއްގޮތަށެވެ.
ޖޭއެސްސީގެ އެ ނިންމުމާއި ގާނޫނަށް ގެނައި އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ދެބެން ކަމަށްވާ ޝާހީން ހަމީދާއި މައުމޫން ހަމީދުގެ އިތުރުން ވަކީލް ހަސަން މައާޒް ޝަރީފެވެ.
އެ މައްސަލާގައިވާ ގޮތުން ގާނޫނަށް ގެނައި އެ އިސްލާހަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށާއި ކޯޓުތަކުގެ މިނިވަން ގެއްލުވާލަނިވި ގޮތެއްގައި އަދި ގާނޫނުއަސާސީއާ ޚިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި ޖޭއެސްސީގެ އެ ނިންމުމަކީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފް ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެދިފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ހުއްދަ ދޭނީ އެ ކޯޓުގެ ފަނޑިިޔާރުންގެ މަޖިލީހުންނެވެ.
ފާއިޒާއި މުއުތަސިމް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމި ނިންމުމާ ގުޅޭ މައުލޫމާތު ސާފުކުރަން މައުމޫން ހަމީދު ޖޭއެސްސީގައި އެދުމުން އެ ކޮމިޝަނުން ޖެނުއަރީ، 2015 ގައި ޖަވާބު ދީފައިވަނީ އެ މައުލޫމާތަކީ ހަމައެކަނި މަޖިލީހާ ހިއްސާ ކުރާ މައުލޫމާތެއް ކަމަށެވެ.
އެކަމަކު އެހާތަނަށް ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ ދެކޮޅަށް ހުށަހެޅި އެއްވެސް މައްސަލައެއް ސާބިތުވެފައި ނުވާ ކަމަށާއި އަދި އެހާތަނަށް އެއްވެސް ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ބަލާފައިނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެއްވެސް ފަނޑިޔާރެއްގެ ގާބިލްކަން އިވެލުއޭޓް ނުކުރާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނި ނަމަވެސް ފާއިޒާއި މުއުތަސިމް ވަކިކުރަން މަޖިލިހުން ނިންމާފައި ވަނީ އެ ދެބޭފުޅުން ގާބިލް ނޫން ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫ
31 May 2017
އެމީހުން ގާބިލް ނުވީ ޓޫ ޕްލަސް ޓޫ އީކްއަލް ފޯ ކަން އެނގޭތީއެވެ. ޓޫ ޕްލަސް ޓޫ އީކްއަލް " މަނިކުފާނު ވިދާޅުވި ވަރެއް " ކަން އެނގުނު ނަމަ ހަމަ ވަރަށް ޤާބިލްވެ ކުފޫ ހަމަވީހެވެ.
އާދަމް ޝަރީފް
31 May 2017
މިބާވަތުގެ ބުއްދި ގަބޫލުނުކުރާ ގާނޫނު އަސާސީ އާއި ޚިލާފުކަންކަމުގައި ސްޕްރިމްކޯޓުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް ކޯޓް މަރުހަލާ އަށް ދިޔުމަކީ ކުރަންޖެހޭ ކަމެއް. ނަމަވެސް ބައެއްކަންކަމުގައި ކޯޓަށް މައްސަލަ ހުށަނާޅާކަން ފާހަނގަ ކުރެވޭ. ސްޕްރިމް ކޯޓުން ނިންމާކަންކަން ދެން އިތުރަށް ބަލާނެ ބަޔަކު ނެތްނަމަވެސް ގާނޫނު އަސާސީ އާއި ފުށުއަރާގޮތަށް ފާސްކޮށްފައިވާ ގާނޫނު ތަކުގެ މައްސަލަތަށްވެސް ސްޕްރިމްކޯޓަށް ހުށަހަޅައިގެން ހައްލެއް ފެނޭތޯ ގާނޫނީ ވަކީލުން މަސައްކަތް ކުރަން ވަރަށް ބޮޑަށް ފެނޭ. އެއިރުން ރައްޔިތުންނަށް ފެންނާނެ ސްޕްރިމްކޯޓުންވެސް އަމަލުކުރިގޮތް. ފުވާދު ތައުފީގަށްކުރި ހުކުމާއި 2013 ގެ އިންތިޚާބު އޮބްސާވްކުރި ހުރިހާފަރާތްތަކުންވެސް އިންތިޚާބުގަ އެއްވެސް މައްސަލައެއް ނެތަކަމަށް އިއްތިފާވެފައިވަނިކޮށް ސްޕްރިމްކޯޓުން އިންތިޚާބު ބާތިލުކޮށް ނެރުއްވި ގައިޑްލައިން ވެސް ރައްޔިތުން ހަދާން ހުންނާނެ.
ސސ
31 May 2017
ތިގޮތަށް ރޫޅާލަންޖެހޭ އެތަކެއް ކަމެއް އެބަހުރި އެތަކެއް ޤާނޫނު ބަތިލް ކުރަންޖެހޭ އެތަކެއް މީހުންގެ ވަޒީފާ ޢިޔާދަ ކުރަންޖެހޭ މިހެންގޮސް ލައްކަ ގިނަކަންކަން އެބަހުރި!
Sަނ
31 May 2017
ބަލައިގަނެވޭނެ ހަމައެއްނެތް ތި އިންތިގާލީ ފަޑިޔާރުން އަމިއްއަށް ދާއިމީވާން ނިންމެވި ކަހަލަ ނިންމެވުމެއްނުން ވަކީލުން ހައްގަށް މަސައްކަތްކުރެއްވީތީ މަރްހަބާ
ހެޕީ
31 May 2017
ވަކީލުން ތިކުރެއްވި ހިއްވަރަށް މުރުހަބާ. އެކަމަކު އެންމެނަށް އެނގޭ ތިހުށަހެޅުން ބޭރުކޮށްލަން މާގިނައަރެއް ނުނަގާނެކަން
ގަންގާޖަމުނާ
31 May 2017
ސިފައިންގެ އެންމެ މޮޅު ލަވަކިޔުންތެރިއަކަށް ރާޒިގު
ބަޚަބަރު
31 May 2017
މި ޚަބަރާ ގުޅުން ހުރި ކޮމެންޓެއް ތޯއެވެ؟
ލަދުކޮބާ
31 May 2017
ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރުކަމަށް ވާއިރު ރައްޔިތުންގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުމުގެ ބާރެއް ލިބިގެންވާކަމަށް ގަބޫލެއް ނުކުރެވޭ. ގާނޫނުއަސާސީގެ މަފްޙޫމަކީ އެއީ ކަމަށްވާނަމަ މަޖިލީހުގެ ނިންމުމަކީވެސް ބާތިލް ނިންމުމެއް ކަމަށް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިގެންވާކަމަށް ގަބޫލުކުރެވެނީ. މިހެނީ ގާނޫނުއަސާސީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓުކަމަށް ވެފައި ގާނޫނުއަސާސީގެ މަފްޙޫމާ ޚިލާފް ކޮންމެ ގާނޫނަކީ ނުވަތަ ގަވާއިދަކީ ބާތިލް އެއްޗެއްކަމަށް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވެނީ. ރައްޔިތުންގެ މަޖިލީހަކީވެސް ގާނޫނުއަސާސީގެ ހައްދުގެ ތެރޭގައި އަދި މަފްޙޫމްގެ ތެރޭގައި މަސައްކަތް ކުރަންޖެހޭ ފަރާތެއް. ރައްޔިތުންގެ މަޖިލީހުން ބޭނުން ކޮންމެ ވަގުތަކު ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެނެސް ސުޕްރީމް ކޯޓުގެ މެންޑޭޓް ކަނޑައަޅަން ވެއްޖެނަމަ އެއީ ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެކޭ ނުބުނެވޭ. އޭރުން އެވަނީ މަސްހުނި ވެފައިވާ ކޮމިއުނިސްޓް ނިޒާމަކަށް.
ބެލެނިވެރިޔާ
31 May 2017
ޤާނޫނު އަސާސީގެ ބެލެނިވެރި ފަރާތަކީ ސުޕްރީމް ކޯޓް ކަމަށް ބުނާ ސަބަބަކީ ކޮބާ ތޯއެވެ؟ އެހެން ބުނެފައި ޤާނޫނު އަސާސީގައި އެބަ އޮތް ތޯއެވެ؟
ޤާނޫނު އަސާސީގެ ބަސް
31 May 2017
ސްޕުރީމް ކޯޓް އަކީ ޤަނޫނު އަސާސީގެ "ބެލެނިވެރި ފަރާތް" ކަމުގައި ވިޔަސް ޤާނީނު އަސާސީގެ ނައްސަ ކާ ޚިލާފު ހުކުމެއް ކުރުމުގެ ބާރެއް އެއްވެސް ކޯޓަކަށް ލިބިގެނެއް ނުވެއެވެ. ޤާނޫނު އަސާސީގައި ބުނަނީ " ޝަރީޢަތް ކުރަން ވާނީ" ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ..ޤާނޫނުގައި ނެތް ކަމެއް އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. ޤާނޫނު އަސާސީގެ 101 ވަނަ މާއއދާގެ (ރ)ގައި ބުނެފައި ވަނީ " ރައްޔިތުންގެ މަޖްލީހުން ވަޒީރުންގެ މަޖްލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފި ނަމަ އެ މެމްބަރަކު އޭނާގެ މަޤާމުން ވަކިވީ އެވެ..އިތުރު އެއްވެސް ޗޮއިސް އެއް އޮތް ކަމަކަށް ނުބުނެއެވެ.
ޤައުމީލޭ
31 May 2017
ސުޕުރީމް ކޯޓެއް ނޫން ޤާނޫނު އަސާސީގެ ބެލެނިވެރި ފަރާތަކީ.... ސުޕުރީމްކޯޓުވެސް އަންނާނި ޤާނޫނު އަސާސީގެ ދަށަށް..ބެލެނިވެރިންނަކީ ރައްޔިތުން ރައްޔިތުން އެކަން ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަންދޫބުންގެ 4/3 ބައި މެޖޯރިޓީއާ
ހީހީ ހަލާކު
31 May 2017
ތިންބާރު ވަކިވެފައިވާ އެއްބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭ އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ޔުނިޓަރީ ދައުލަތެއް ކަމަށް ގާނޫނުއަސާސީގައި އޮއްވާ މަ ދެކުނިން. ކޮބާތަ ތިންބާރު ވަކިވުމަކީ؟ ހަގީގަތުގަ ގާނޫނުއަސާސީގަ ދައުލަތް ހިނގަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ގޮތް ކިތަންމެ ސާފުކޮށް އޮތަސް ކަން ހިނގަމުންދަނީ ގާނޫނުއަސާސީގެ މަފްޙޫމުން ބޭރުގަ. ދައުލަތުގެ އެންމެ މަތީވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ދައުލަތުގެ އެއްބާރުކަމަށްވާ ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާއަށް ވުރެ ބާރުގަދަ. މުޅި ދައުލަތް ހިންގަނީ ރައްޔިތުނ
ފޭކް
30 May 2017
ޢިންތީޤާލީ މަރުހަލާގައި ސުޕްރީމް ކޯޓްގައި ތިއްބެވި 5 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަރަކަށް ވީގޮތެއް ވެސް ނޭގެއެވެ. އެ ދެ ފަނޑިޔާރުން ވަކިކުރީ ރައީސުލް ޖުމްހޫރިއްޔާ ކަމެއް ސުޕްރީމް ކޯޓުން ކަމެއް މަޖްލީހުން ކަމެއް ނޭގެއެވެ.ޔަޤީނުން ފަނޑިޔާރަކު އަދި އިމްޕީޗެއް ނުކުރެއެވެ..އިމްޕީޗް ކުރުން ނޫން ގޮތެއްގައި ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތެއް ޤާނޫނު އަސާސީގައި ލިޔެފައި ވޭ ބާއެވެ. މި ޤައުމުގައި މިވާ ގޮތަކީ މޮޅު ޤާނޫނު އަސާސީ އެއް ހަދާ ބަހައްޓާފައި ހުރިހާ ކަމެއް ދިމާ އިދިކޮޅަށް މާނަ ކޮށްފައި އެބަޔަކު ބޭނުންވާ ގޮތަށް ނިންމާލަނީ އެވެ.
ޖޯކް
31 May 2017
އެބުނާ ހެން ފަނޑިޔާރުން ޢައްޔަން ކުރަނީ "އުމުރަށް" ކަމަށް ވެސް ކިޔާތީ އަޑު އެހީމެވެ.ދެން ކީއްވެތަ އެހެން ބަޔަކު އެތަނަށް ލުމަށް މަޖްލީހުން ފާސް ކުރިއޭ ކިޔާފައި ކުރިން ތިބި ބަޔަކު ވަކިވީ؟ މިނިވަން އެހެން މުވައްސަސާ ތަކުގައި ތިބޭ މެމްބަރުން ވަކިވަނީ ވެސް އެމީހުންގެ ދައުރު ހަމަވުމުން ވިއްޔާއެވެ.މި ޤާނޫނު އަސާސީގެ ދަށުން ފަނޑިޔާރުން ޢައްޔަން މި ކުރަނީ ޢުމުރަށޭ ކިޔާފައި އެކުރީ ކިއެއްތޯއެވެ؟
ފަލްސަފާ
31 May 2017
"އިންތިޤާލީ ސުޕްޜީމް ކޯޓް" އެވެ، ކިޔާ ސުޕްރީމް ކޯޓެއް ހުރި ތޯއެވެ؟ނުހުރެއެވެ..އިންތިޤާލީ މަރުހަލާގައި ވެސް ހުރީ ހަމަ "ސުޕްރީމް ކޯޓް" އެވެ. މޭންޑޭޓް އަކީ ހަމަ އެކައްޗެކެވެ.އެއްވެސް އިސްތިސްނާއެއް ނެތެވެ.
100%
31 May 2017
100 ގެ ވާހަކައެކެވެ.
މުޢްތަބަރު
30 May 2017
ފާއިޒް އަށް އުއްތަމަ ފަނޑިޔާރު ކަން އަދި މުޢްތަސިމް އަށް ފަނޑިޔާރު ކަން ދިން ގޮތް އަދި ތިއަށް ވުރެ މާ ގޯހެވެ. ފާއިޒަށް އުއްތަމަ ފަނޑިޔާރު ކަން އަދި މުޢްތަސިމް އަށް ފަނޑިޔާރު ކަން ދިނުމަށް ޖޭއެސްސީން ފާސް ކޮށްފައިވާ ޤަރާރެއް ނިކަން ފައްކަވާ ބައްލަވާށެވެ ޤާނޫނު އަސާސީގެ 147 ވަނަ މައްދާ އާއި 148 ވަނަ މާއްދާ ނިކަން ބައްލަވާ ބަލާށެވެ.އެ ދެމާއްދާ ގައި ބުނާގޮތުން އުއްތަމަ ފަނޑިޔާރު ކަމާއި އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް މީހުން ޢައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއް އަށް ފޮނުވާ ނަމެއް މަޖްލީހުން ފާސް ކުރުމުން ނެވެ. ޢެކަމަކު މިފަދަ ލަފައެއް ޖޭއެސްސީ އަކުން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަރުވާފައެއް ނުވެއެވެ. ޢެފަދަ ޤަރާރެއް މަޖްލީހުގެ ފްލޯއަށް ތައީސުލް ޖުމްހޫރިއްޔާ ފޮނުވާފައެއް ނެތެވެ.އެ ސުވާލު އުފައްދާ ފައެއް ވެސް ނުވެއެވެ.ޖޭއެސްސީގެ ޔައުމިއްޔާގައި މިފަދަ މައްސަލަ އެއް އެޖެންޑާ ކުރިކަން އެގޭކަށް ނެތެވެ. ވީމާ ފުރަތަމަ ބަލަންވީ މިކަން ނޫންތޯއެވެ؟
މޫސަ
30 May 2017
މުޢުތަބަރާ އެދެބޭފުޅުން މަޤާމަށް ޢައްޔަން ކުރި ގޮތް ސައްހަ ނޫންނަމަ ދެން ތިއްބެވި ފަނޑިޔާރުން ވެސް ތިއްބަވާނީ ތިޔަހާލުގައި ނޫންތޯއެވެ. ދެން އެ ހުރިހާ މީހުން ވަކިކޮށް ގޯސްކޮށް ކުރެވުނު ކަންތައް ރަނގަޅު ކުރަމަހިނގާށެވެ.
ރޯނުއެދުރު
31 May 2017
ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ" ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖްލީހުން އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަ ކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލަ އެއް ހުށައެއް ނޭޅޭނެ" އެވެ.މާނައަކީ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ( ރ) ގެ ދަށުން މަޖްލީހަށް ލިބިގެންވާ މުތްލަޤް ބާރުގެ ދަށުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖްލީހުން ފާސް ކޮށްފި ނަމަ ވެސް ދާނެ ތަނެއް ނޯންނާނެ ވާހަކަ ނޫން ތޯއެވެ؟