ޝުކޫރަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އަބްދުﷲ، އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވައިފި އެވެ.


ޝުކޫރަށް ސްޓޭޓް މިނިސްޓަރު ކަން ދެއްވިއިރު އޭނާ ސްޓެލްކޯ އިން ވަކިކުރެއްވީ ވެސް މިއަދެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް މިހާރު އައްޔަންކުރައްވާފައި ވަނީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، އަހްމަދު ޒުހޫރެވެ.

މަގާމްތަކަށް މި ގެންނެވި ބަދަލުތަކުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ޝުކޫރު އައްޔަން ކުރެއްވުމުގެ ކުރިން އެންވަޔަރަމެންޓް މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.