ޕީޕީއެމުން ވަކިކުރުމުން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައިވާ ސައުދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ޖުމްހޫރީ ާޕާޓީގެ ހަރުގޭގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
05 ޖޫން 2017 - 21:40
ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސައުދު ހުސެއިން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.
އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ބުރާސްފަތިދުވަހުގެ ރޭ 8:30 އަށެވެ. ސައުދުއާ ގުޅޭ ގޮތުން ތަހުގީގުކުރާ ވަކި މައްސަލައެއް ފުލުހުން ނުބުނެ އެވެ. ޗިޓްގައި ބުނެފައިވާ ގޮތުން ނަމަ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަނީ އެތަނަށް ހުށަހާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، މިދިޔަ އޭޕްރީލްމަހު ސައުދު ޕީޕީއެމުން ވަކިކޮށްފައިވާއިރު، އޭނާ އެރުއްވީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކުގައި ވެސް އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ސައުދު ފުލުސް އޮފީހަށް ހާޒިރުކުރާއިރު، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި ސައުދާ އާއިލީ ގޮތުން ތިމާގެ ބޭފުޅެއް ކަމަށްވާ އިބްރާހިމް ހަނީފް މިދިޔަ އޭޕްރީލް ހަތަރުވަނަ ދުވަހު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ހައި ކޯޓުން ކަނޑައެޅި ޝަރުތުތަކަކާ އެކު އޭނާ ވަނީ މިދިޔަ މޭ 30 ގައި ދޫކޮށްލައިފަ އެވެ.
އެކަމަކު ސައުދު ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގުކުރާ މައްސަލައާ ހަނީފްގެ މައްޗަށް ކުރާ ތުހުމަތާ ގުޅުން ހުރި ކަމެއް އަދިއެއް ނޭނގެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަނީފް ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކުރީ، އޭނާ ހައްޔަރުކުރި މައްސަލަ އިސްތިއުނާފު ކުރުމުން އިއްވި ހުކުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް
06 June 2017
...........ފަހަތުގައި ބުނިހާގޮތެއް ހަދައިގެން ތިބެން މަޖުބޫރުވެފައިވާ ތިބި މެމަބަރުންނޫން ހުރިހާ މެމަބރުން ފުލުސް އޮފީހަށް ހާޒިރުކޮށް ދޫނިދޫގައި ބަންދު ކުރަން ފެނޭ ނޫނީ 2018 ..... ގެއްލިދާނެ 2018 ކާމިޔާބުކޮށްފައި މިނިސްޓަރުންނަށް ލަނީ ފުލުހުންގެ ތެރޭގައި ތިބި ....................... ފުލުހުންނާއި ސިފައިގޭގައި ތިބި ................. މީހުން ކޮންމެ މީހަށް މިހާރު އަދާކުރާ ވަޒީފާގެ އިތުރުން މިނިސްޓަރުކަން
ނައީސް މީހާ
06 June 2017
މިރޯދަމަސް ފެށުމާގުޅިގެން ރައީސް ޔާމިނު ނެރުއްވިބަޔާނުގައި ވިދާޅުވީ ހުރިހާ އެންމެންވެސް ރޯދަމަސް ހެޔޮގޮތުގައި ބޭނުން ހިފުމަށް. ރައީސް މިހެން އިރުޝާދު ދެއްވާފައި ވަނިކޮށް ފުލުހުން މިކަމަށް ތަބާ ނުވީމާ ރައީސް ޔާމީނު ކިހާ ދެރަފުޅުވާނެތޯ!
ކެކުރި
06 June 2017
މިހެން ވެގެނޭ ޕޮލިހަކަށް ދެރަ ކަމެއް ވުމުން އެހެން މީހުން ދެރަ ނުވަނީ.
ނެމްބަރ އަބުލް ޙަކީމު
06 June 2017
ޢަސްލު ތި ބިރު ދައްކަނީ ހުރިހާ މެމްބަރުން ނަށެވެ. ތިއީ ފުލުހުން ނާއި ކޯޓް ތަކާއި ސަރުކާރާ ގުޅިގެން ކުރާ ކަމެއް ކަމުގައި އަޅުގަަދު ޤަބޫލް ކުރަމެވެ..މަހްލީސް ލައްވައި ސަރުކާރުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށް ހީކުރާ ކަހަލަ އެވެ.ވައްކަން ކުރިއަސް "ވަގަށް"ނުގޮވޭ ގޮތް ހަދާދީ އެވެ. މުޒާހަރާ ނުކުރެވޭ ގޮތް ހަދާދީފި އެވެ.މައުމޫނު އާއި ޤާސިމު އާއި ނަޝީދަށް ކުރިމަތި ނުލެވޭ ގޮތް ހަދާދީފި އެވެ.ބޭރު މީހުނަށް ރާއްޖޭގެ އަތޮޅު ތަށް ވިއްކޭ ގޮތް ހަދާދީ އެވެ ބިޑް ކުރުމެއް ނެތި ވަގުވަގަށް ރިޒޯޓް ހަދަން ފަޅުރަަށް ރަށް ވިއްކޭގޮތް ހަދާދީ ފިއެވެ..ވީމާ މިހާރު ބަރުލަމާނީގެ ބޭނުމެއް ކެޑިއްޖެއެވެ ދެން މަޖްލީހަށް ބާކީ އޮތް ބާރު ސުޕްރީމް ކޯޓަށް ނަގާފި އެވެ..އަދި ވެސް ހޭއަރާކަށް ނުވޭބާއެވެ.
އެދުރުބެ
06 June 2017
އަދިވެސް ތި ކުޅި ހުއްޓާކަށް ނުވޭތަ؟ބަލި ވެގެން ނެޗް ނިމެން ދާތީ ބޯޅައާ ކުޅުމުގެ ބަދަލުގައި މީހުނާ ކުޅެގެން ވަކި މޮޅެއް ނުވާނެ އެވެ.
ޢަލީ
06 June 2017
މަޖުލިސް ފެށުމާއިއެކު ޕޮލިހުންގެ އިންވެސްޓިގޭޝަންވެސް ފަށައި. ލޮލް
އަހުމަދު
06 June 2017
ފުލުހުންނޭ ތިފަދަ ކަންތައް ނުކޮށް ނަމާދު ވަގުތު ތަކުގައި މިސްކިތުން ބޭރުގައި ނަމާދު ކުރާމީހުންނަށް ރައްކަލަކަށް މިސްކިތާ ކައިރި މަގުގެ ނަމާދު ކުރާ ހިސާބު ނަމާދު ވަގުތު ބަންދު ކޮށްދިނުމަށް ނިކުތުން އެދެން. މިދިޔަ އަހަރަށްވުރެ މިއަހަރު މިފަދަ ކަންތައް ކުރުމުގައި ވަރަށް ފެންވަރު ދަށް .
ޢަބްދުﷲނާފިޒު
06 June 2017
ސަރުކާރަށް ސަނާކިއުމުގެ ބަދަލުގަ ސަރުކާރަށް ފާޑު ކިޔާ ކޮންމެ މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށްގެން ކޮންއެއްޗެއް ހާސިލުކުރަންބާ މިއުޅެނީ، ހަމަ ގައިމުވެސް އެއްމެ ވޯޓެއްވެސް އިތުރެއް ނުވާނެ، މިހާތަނަށް ލިބުނު ވޯޓުވެސް ދެން ނުލިބޭނެ، ނުދޭނަން ވޯޓެއް، އެވަރިހަމަ ޕައްލަންބެއަށް ވޯޓު ދޭން ޖެހުނަސް، ތިހަރަ މީހާއަށް ދޭނެ ވޯޓެއް ނެތް، ވަރަށް ސަލާމް.
ސުކުރީ
06 June 2017
ތ ފުލުސް މީހުން ކުރި ހުވާމަތިންހަދާންހުރިހެނެއް ހީނުވޭ ދޮގުހެކިދޭއިރު ހާދަދެރައޭ ލަދުންބޯހަލާކު
ކަޑަ
06 June 2017
ތިޔައީ ކޮންސަކަރާތެއް. ބަލަމުންދާ މައްސަލަތައް ހިލެނީ އިދިކޮޅަށް ބަސްބުނަން ފެށުމުން. ތިޔަފަދަ ކަންކަން ފުލުހުން ކުރާތީ ކުޑަކުދިންވެސް ފުލުހުންނަށް މޮހާރު އިތުބާރުނުކުރޭ.