ކުރީގެ މެމްބަރު ނާޒިމް ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި: ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން އޭނާ ވަނީ ފިއްލަވާފައި
22 ޖޫން 2017 - 12:03
ޖަލު ހުކުމެއް ތަންފީޒުކުރައްވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން "ފިއްލެވި" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް ހާޒިރުކޮށްދޭން އެދުނީ، އޭނާ އަކީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ކަމަށެވެ. އޭނާ ބޭސްފަރުވާ އަށް ދިން މުއްދަތު ހަމަވި ފަހުން "ވީނުވީތަނެއް" ކަރެކްޝަނަލް ސާވިސް އަށް އެނގިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ނާޒިމްގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ ހިޔާނާތުގެ މައްސަލައެއްގަ އެވެ.
ސަރުކާރުން ދިން ހުއްދައެއްގައި ނާޒިމް ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތީ 2015 ގަ އެވެ. ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، ސަރުކާރުން މިދިޔަ އަހަރުގެ މާޗު މަހު ނާޒިމަށް އެންގީ 48 ގަޑިއިރު ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ.
އެކަމަކު އޭރު އޭނާ ވަނީ ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. ނާޒިމް މިހާރު ވެސް ހުންނެވީ، އެނގިފައިވާ ގޮތުގައި، އެ ގައުމުގަ އެވެ.
ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގަތީ ދިވެހި ސަރުކާރުން ދޫކޮށްފައިވާ ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓްގަ އެވެ. އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި، ސިންގަޕޫރަށާއި އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށެވެ.
އެކަމަކު އެފަދަ ޑޮކިއުމެންޓެއް ދޫކުރިކަން ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނުން ދޮގުކުރެ އެވެ. އެތަނުން ބުނެފައިވާ ގޮތުގައި ސަރުކާރުން ނާޒިމަށް ދޫކުރީ ހަމައެކަނި ސިންގަޕޫރަށް ވަދެވޭ ޓްރެވަލް ޑޮކިއުމެންޓެކެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ނާޒިމް ބޭނުންކުރެއްވި އެ ޑޮކިއުމަންޓުން އިތުރު ގައުމަކަށް ދަތުރު ނުކުރެއްވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއަވަސް
22 June 2017
ހޯދަން ތި އުޅެނީ ހާދަ އަވަހަށޭ ދޯ
މުހައްމަދު/ވިލިގިލި
22 June 2017
މީ ހަމަ މީހުންގެ ލޮލުގައި އަދުން އަޅުވަން ނެރޭ ނޫސްބަޔާންތަށް ނާޒިމުގެ ކަންތަށް ނޭގޭ ކުޑަކުއްޖެއް އަދި މުސްކުޅިއެއް މިގައުމަކުނެތް ކަލޯ.
ކޮވްފެފެ
22 June 2017
މިވަރުގެ އޯސަމް ފުލޯލަސް ސަރުކާރެއް ދުށިންތަ.
ކޮލޮމްބޯ
22 June 2017
ލޮލް! ރޯދަ ކުރުކުރަން ރަގަޅު ހަބަރެކެވެ. އަމިއްލައަށް ތިމާމެންގެ ނާގާބިލްކަން އިއުލާނު ކުރަނީއެވެ.
ފުރޭތަ
22 June 2017
ބަލަމި ސަރުކާރު ގަބޫލެއް ނުކުރޭ އިންޓަޕޯލުން ވެސް ނާޒިމް ނަށީދު ޖަމީލު މެންގެވާހަކަ ދައްކާނެކަމެއްނެއް އެޔައްވުރެ މާ އާދައިގެ މީހުން ވެސް އެ އުޅެނީ ފިލައިގެން ބޭނުން ގޮތަކައް މަމެން ޕޮލިހުން ކާރީގަ ބުނިޔަސް މަމެން ނައް ކުރެވޭނެ އެއްވެސް ކަމެއް ނެތް ޝުކުރީޔާ ޔާމީނު ބޭރުގައުމު ތަކާ މަމެންނާ ތިހާ ގުޅުން ބަދަހި ކުރާތީ
ދދ
22 June 2017
ޖަލުގައި ހުކުމް ތަންފީޒު ކުރަންޖެހޭ މީހުން ޖަލުގައި ނެތުމަކީ ސަރުކާރުގެ އިހުމާލު ތިކަމުގެ މަސްޢޫލިއްޔަތު އުފުލަންޖެހެނީ ތިތަންތަނުގެ ވެރިން ނުންތޯ މަތިން ތިރިޔަށް ދައުލަތުގެ ވެރިންގެ މަސްޢޫލިއްޔަތު އަދާނުކުރެވެނީ!
ސަމާސާ
22 June 2017
މިވަރުގެ ހެއްވާ ތާކުން ތާކު ނުޖެހޭ ސަރުކާރެއް ދުނިޔޭގެ އެއްވެސް ތަނެއްގަ ނޯންނާނެ!!! އަދި މާއަވަސް ކަންނޭނގެ ނާޒިމު ހާޒިރުކޮށްދޭން އެދުނުލެއް!!!
ރަންދާން
22 June 2017
ތިހުންނަނީކަންތައްކުރާގޮތް .. ރަންތަބަކަކަށްލާފަ ފޮނުވާފަ ދެންތިއުޅެނީ މީހުންގެލޮލުގަ ކާފޫރުއަޅަން .. އަހަރެންގެއެންމެބެސްޓުފުރެންޑުވީމާ .....
ބޯހުދު
22 June 2017
ނާޒިމު ހާޟިރެއް ނުކުރެވޭނެ ނާޒިމަކީ ވަކި ގޮތަކަށް ކުށްވެރިކޮށް އަދަބު ކަނޑައަލައި ޖަލައްލައި ބޭސް ފަރުވާއަށްކަމަށްބުނެ ސިންގަޕޫެަށް ފޮނުވައި އަދި އޭގެ ފަހުން ރޭވުމެއްގެ ތެރެއިން ފިއްލުވާފަވާ މީހެއް އެކަންކުރި ބަޔަކު ކިހިނެއް ނާޒިމް ހޯދާނީ ނުވާނެ ތިކަމެއް ކޮންމެހެން އަހަރުމެން ލޮލުގަ އަނދުން އަޅުވާކަށް އުޅޭނެކަމެއްނެތް އަހަރުމެންނަކީ ޤަމާރުންނެއްނޫން
ހުސެން
22 June 2017
އިނގިރޭސި ވިލާތަށް ދެވޭގޮތަށް ޑޮކިއުމަންޓް އިޝޫކޮއްފަ ދިޔައީމަ ކޮން ވާހަކައެއް އެދައްކަނީ. ތިއޮތީ އިންގިރޭސިވިލާތަށް ފޮނުވާދީފަ.