އޭސީސީގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ލުތުފީ ވާހަކަ ދައްކަވަނީ: މައުމޫންގެ ބަޔާން ނެގުމަށް އޭސީސީގެ ޓީމު ދާނީ އެމަނިކުފާނުގެ އަރިހަށް ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
22 ޖޫން 2017 - 15:08
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެ ކޮމިޝަންގެ ޓީމު ދާނީ މައުމޫންގެ އަރިހަށް ކަމަށް އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ތީމުގޭގެ 2007، 2008 އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ބަޔާން ނެގުމަށް މައުމޫން އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ފެކްޝަނުން މިއަދު ބުނެފައިވާތީ، އެކަން ދޮގުކޮށް އެ ކޮމިޝަންގެ ރައީސް ލުތުފީ ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކޮމިޝަނަށް ހާޒިރުކުރުމަކީ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.
"މައުމޫންގެ އަރިހަށް އޭސީސީން ގޮސް ބަޔާން ނަގާނީ. މައުމޫން ވިދާޅުވާ ތަނަކަށް ގޮސް އެ ބަޔާން ނަގާނީ. އެހެންވެ އެބޭފުޅާއާ އޭސީސީން ބައްދަލު ކުރުމަށް އެދިފައި އޮންނާނެ. އޭސީސީން ދާންވީ ތަން ވެސް ކަނޑައަޅުއްވާނީ މައުމޫން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ބަޔާން ނަގާނެ ދުވަހެއް އެނގިވަޑައިގަންނަވާނީ މައުމޫން ވަގުތު ދެއްވުމުންނެވެ.
ލުތުފީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސުންނާއި އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީ އަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކާ މެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ބަޔާން ނަގާނީ އަރިހަށް ގޮސްގެން ކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވި ގޮތުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި މައުމޫނާ ގުޅޭ ވަރަށް ގިނަ ޝަކުވާތަކެއް ހިމެނެ އެވެ. އެހެންވެ އެ މައްސަލަ އަވަހަށް ނިންމުމަށްޓަކައި މައުމޫންގެ ބަޔާން ނަގަނީ ކަމަށް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އޮޑިޓް ރިޕޯޓާ ގުޅިގެން މައުމޫންގެ ބަޔާން ނެގުމަށްޓަކައި މީގެ ކުރިން ވެސް އެމަނިކުފާނާ ބައްދަލުކުރުމަށް އޭސީސީން އެދުނެވެ. އެކަމަކު އެކަން ނުވި ކަމަށް ލުތުފީ ވިދާޅުވި އެވެ.
ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ.
އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމުގެ އަޑު
23 June 2017
ޢަދި ތަންކޮޅެއް އަވަހެއްނު ލުތުފީ ތިކަނާ އުޅެން ތިމަޤާމާއި ޙަވާލްވެ ތިރިޕޯޓެއް ފެނުނުފަހުން ތިން ހަފްތާވެސް އަދި ވީކީނުން ކޮއިފުޅާ؟؟؟؟
ކުރަފިޝަން
23 June 2017
މިހާރު ޔާމީނާ ސުވާލުކުރެވުނީތަ؟
ޙަސަން
23 June 2017
ޔާމީނު މިހާ ޑެސްޕަރޭޓް ވެގެން މިއުޅެނީ ކީއްވެގެނަކަން ކޮންމެވެސް މީހަކު ބުނެދީ ބަލަ ..
ސަލީމް
23 June 2017
ކަލޭމެންނައް ހީވަނީ މައުމޫނުއާއީ ޖައްސާލީމަ ވޯޓު ލީބޭނެ ކަަމައްތަ..ހަނދާންނެތުނީތަ އެންމެފަހުން ބޭއްވީ އީނތީހާބުގައީ ކަލޭމެން އުތުރީއަރަމުން ގޮަސް ހޭދެބައީވަންދެން ކެމްފޭނު ހީންގީީރުވެސް ލީބުނު ތާއީދުގެ މީންވަރާދޭތެރޭގަ.. ގެޔައް ވަންނަ ދޮރާށީގައީ ކައުންސީލް އީންތީޚާބުގެ ނަތީޖޭ ހީއްޕަބަލަ..އޭރުން ހަދާން އާވާނެ ގެޔައް ވަދެ ނީކުމެހަދާ ކޮންމެފަހަރަކު. ކައުންސީލް އީނތީޙާބުގާ އޮޕޮޒީޝަނައް ލީބުނީ ލޭންޑު ސުލައީޑު ވީކްޓަރީއެއް.. ދެން މައުމޫނޭކީޔާގެން އަނގަނޭރުވުމަައް ދަންނަވަން..ތާއީދު އޮތީ ކާކަައް ކޮންބަޔަކައްކަން މީ ފެންނަނީ.
ބައިތުލް މާލު/ކަރާ މާރުކޭޓު
23 June 2017
ރާއްޖޭގައި ރައީސްކަން ކުރަށްވާފައިވާ ބޭފުޅުންނާއި ދޭތެރޭ ހިންގާ ލާ އިންސާނީ އަމަލު ކުށޤވެރި ކުރަން!
ޒިންދަގީ
23 June 2017
ލުތުފީ ހާދަ ހެޔޮފުޅޭ ދެއްތޮ!!!
ޕޮކަންޑި މޭން
22 June 2017
ބޭބެ ސިޔާސީ ޑެސްޕަރޭޝަންގައި ކޮއްކޮއަށް އެއްވެސް އިހްތިރާމެއް ނުކުރިޔަސް، މިރައީސް އަކީ ބޭބެ ދެކެ އަދިވެސް ލޯބިވާ ނަމޫނާ ކޮއްކޮއެއް. #ޔާމީން2018
ޢަލީ
22 June 2017
ޖަމަލުފޮޑި
ނަމެއް
22 June 2017
ލާހިކެއްނޫން!
ވަރުގަދަމީހާ
22 June 2017
ތިޔާ އުޅެނީ އަތަށް ގޮއްވާލަން