މި މަހު ކުރީކޮޅު މާލޭގައި މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ
23 ޖޫން 2016 - 09:31
މި މަހު މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ފިލައިގެން އުޅުނު ދެ މީހަކު ތ. ގުރައިދޫން ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ގުޅިގެން، ތ. އަތޮޅުގައި ތިބި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެ މީހުން ފިލާ ތިބި ގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ ދަންވަރު ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ދެ މީހުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މާރާމާރީ ހިންގީ މި މަހުގެ 14 ވަނަ ދުވަހު ހަވީރު ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގަ އެވެ. ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު ފިލައިގެން ދިއުމުން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން އައީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
23 June 2016
މިހާރު ތިބޭނީ ރާކަނިމަސް ކެވިފަ! -އިބްރާހީމް-
ނަސީމާ
23 June 2016
ސާބަހޭ، އެންމެ ތަންކޮޅަކަށްވެސް ދޫނުދޭތި. މުސްލިމުންގެ ގޮތުގައި ތެދުވެރި ކަމާއެކު މަސަކަތް ކުރާތި.