އައްޑޫ ހިތަދޫގައި މަސައްކަތް ކުރާ ފުލުހެއްގެ އަމިއްލަ ކާރެއްގައި ރޭ މެންމަދު ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ކާރުގައި ރޯވެފައި ވަނީ ފުލުސް މީހާ ދިރިއުޅޭ، ހިތަދޫ ތީމާގޭގެ ގޯތި ތެރޭގައި ކާރު ޕާކްކޮށްފައި އޮއްވްއި ރޭ މެންމަދު 2:30 ހާ އިރު އެވެ.
ކާރުގެ ވެރި ފަރާތާ ހަވާލާދީ އައްޑޫގެ ބައެއް މީޑިއާތަކުން ބުނީ ކާރުގައި ބަޔަކު ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށާއި އޭނާ ގޯތި ތެރޭގައި ކާރު ޕާކް ކުރީ ދަންވަރު 1:30 ވެސް ވީ ފަހުން ކަމަށެވެ.
ކާރުގައި ރޯވިކަން އެނގުނީ ބޭރުން ބާރު އަޑެއް އިވިގެން ކުޑަދޮރު ހުޅުވާފައި ބެލިއިރު ކަމަށް ތީމާގޭގެ މީހަކާ ހަވާލާދީ ބުނެފައިވެ އެވެ.
ނަމަވެސް ފުލުހުންނާއި ފަޔަރަށް ގުޅައި، ގޭގެ މީހުން ފެން ޖަހައި އަލިފާން ނިއްވައިލެވުނު އިރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ކާރު އޮތީ އަނދައިފަ އެވެ.
މިއީ އާ ކާރެއް ކަމަށާއި އެ ބޭނުން ކުރަން ފެށީ މިދިޔަ ފިތުރުއީދު ދުވަހު ކަމަށް ވެރިފަރާތާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.
މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މަހުގެ ކުރީކޮޅު އައްޑޫ ލިންކް ރޯޑުަތޮލލގައި ދުއްވި ކާރެއްގެ އިންޖީނު ހޫނުވެގެން ދުން އަރަން ފެށުމުން، ކާރު ގޭގެ ކައިރީގައި ބާއްވައިފައި އޮތްވައި ފަހުން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.