މެމްބަރު އަސްއަދު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަނީ.---މިހާރު ފޮޓޯ
01 ޖުލައި 2017 - 12:51
ޖަލުގައި ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންކޮށްދޭ މަތިން، ބުނި ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށް ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އަސްއަދު ރޭ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ "ސަންގު ބަހުސް" ގައި ވާހަކަ ދައްކަވަމުން އަސްއަދު ވިދާޅުވީ "އަދީބު މިއަދު ވެސް ދޫކޮށްދިނުމަށް އެދެން" ކަމަށެވެ. ނަމަވެސް ގާނޫނީ ގޮތުން އެކަން ބަލާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުން ވިދާޅުވޭ އަދީބު ދޫކޮށްލާނީ އަސްއަދު މިވެނިކަމެއް ކުރީމައޭ. ބުނި ކޮންމެ ކަމެއް ކޮށްދޭނަން އަދީބު ދޫކުރަން. އެއީ އަޅުގަނޑުގެ އަޚު،" އަދީބުގެ އާރާއިބާރު ސަރުކާރުގައި އޮތް އިރު އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްއަދު ވިދާޅުވި އެވެ.
ކޯޓުގައި އޮތް ޝަރީއަތަކަށް އަދީބު ފުލުހުންގެ ހާޒިރުގައި ގެންދަނީ.---މިހާރު ފޮޓޯ
އަދީބު މިނިވަންކުރުމަށް ބާރު އަޅައި އަސްއަދު ވާހަކަ ދެއްކެވިއިރު، މިއީ ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދެއްކެވި ފުރަތަމަ މެމްބަރުކަން ފާހަގަކުރެވެ އެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން އަންނަނީ ސަރުކާރުގެ އެކި ފަރާތްތަކުގައި އާދޭސް ދަންނަވަމުންނެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖު މިދިޔަ ހަފުތާގައި ވިދާޅުވީ މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އަދީބުގެ ލޮލަށް "ގްލޮކޮމާ" ޖެހިފައިވާއިރު، އެ ބަލީގައި އެމަނިކުފާނުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ. އަދީބުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަވަނީ މުއައްސަސާތަކުގައި އެދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފްސީ
04 July 2017
އަޙުމަދު އަދީބު ދޫކޮށްލައިގެން ނުވާނެ އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްފޮނުވައިގެންވެސް ނުވާނެކަމަށް ޝަރުޢީދާއިރާއަށް ނުވަތަ ކަރެކްޝަން ސަރވިސް ވެސް ނުވާނެ އަދީބުކައިރިއަށް ބޭރުގެ މޮޅުޑޮކްޓަރުން ގެންނަންވާނީ އޭނައަކީ ސަރުކާރުގެ ވަރަށްގިނަފައިސާ ބޭނުންކޮށްފައިވާ މީހެއް ހަގީގަތުގަ އަޅުގަނޑު ސަޕޯރޓްކުރަނީ މައުމޫނަށް އަންނި އަކަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނުކުރާނަން
އަހަމަދާ
03 July 2017
ތިބުނީ އަދީބު ބޭރުކުރަން އެހީވާނަމަ މަސީހު ބޭރުކުރަން ވޯޓް ދޭނަމޭ ދެއްތޮ. އޯކޭ.
ގަދަ
03 July 2017
މެމްބަރު އަސްއަދު މީ ހާދަ ގަދަ މީހެކޭ. ބުނި ކޮންމެ ކަމެއް ކުރެވޭ ވަރުގެ އެންެމެ ފުރަތަމަ އިންސާނާ.
އލހ
03 July 2017
މަޖިލީހަށް ތާކުންތާކުނުޖެހޭ މީހުން ހޮވީމަ ވާނީ މިހެން
މެކްސް
02 July 2017
މި މީސް މީހުން މި ހުށައަޅަނީ ކޮން ކަހަލަ ޝަރުތު ތަކެށްތަ؟ ސައިޒު އޮޅުނަސް ބޮޑުވަރު މީ..
ކުޑަދޫއަހްމަދު
02 July 2017
ދިވެހިރައްޔިތުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސީރިއަސް ވެގެން ގައުމާއިމެދު ވިސްނަން! މިކަހަލަ މީހުން މަޖްލީހަށް ވެއްދީމާ، ކިހިނެތް ގާނޫނު ހަދާނީ؟ ގާނޫނު ހަދާ މަޖްލީހަކީ ގައުމުތަކުގައި ވަރަށް މަގުބޫލު، ވަރަށް ގާބިލް، ވަރަށް ލޯހުޅުވޭ، ހަރުދަނާ ރަނގަޅު، ގަދަރުވެރި މީހުން ވަދެ، ގާނޫނުތަށް ހަދާ ތަނެއް! މިތާ ގާނޫނު ހަދާ މަޖްލީހުގައި މިތިބީ ހުސް ގުންޑާ ހެދިގެން އުޅޭ މީހުންނަށް، އަނގަޔަށް ވައްތަރު ޖައްސައިގެން ފިލްމުކުޅޭ މީހުންނާއި، ވަޑިންނާއި، މިހެން ގޮސް ގާބިލުކަމުގެ ކަންފުޅެއްވެސް ނެތް މީހުން! މިވަރު މީހުން މަޖްލީހަށް ވެއްދީމާ، މިގައުމުގެ ބައިތުލްމާލު ބަޔަކު ކާލައިގެން، ދާއިރުވެސް، އަދި ފަޅުތަކާއި، ފަޅުރަށްތަށް ވިއްކާ، އެފައިސާ އަމިއްލަ އެކައުންޓުތަކަށް ލައިގެން ދިޔައިރުވެސް އެތިބީ! ދިވެހިން ހޭލާ!
މަޖީދު
03 July 2017
ރައްޔިތުން ތަހުޒީބު ނަމަ ވޯޓެއް ނުވިއްކާނެ. މޭކަޕްކޮށްލައިގެން ބޭރަށް ނިކުންނަނީ.
ފޭކުމީހާ
02 July 2017
އަދީބުދެކެ ތިޔަހާ ލޯބިވަންޏާ އަދީބު އޮތް ގޮޅިއަށް ލައިދޭށޭ ބުނަންވީނުން.
އ
02 July 2017
އިއްޒަތްތެރި މެމްބަރުންނޯ، ކީކޭ ދެންބުނާނީ.
ޛަލައްލާ ކުދިން
02 July 2017
ޟިކުދިން ވަރައް ބަލި
ޒިންމާ
02 July 2017
އޭ މިހިރަ ސޮހޮލާ! ކަލޭ އޭނާއަށްް ޒިންމާ ނަގަން ކެރޭނެތަ؟؟؟ ކޮސްނުގޮވާ، ފޮށިތަންމަތި ތައްޔާރުކުރޭ މަހަށް ދާން!!!