ކ. ދިއްފުށީ ކައުންސިލްގެ ތިޖޫރި ރޭ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ދިއްފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް މުބައްޝިރު ވިދާޅުވި ގޮތުގައި ތިޖޫރީ ފަޅާލައި ފައިސާތައް ވަގަށް ނަގާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ވަގަށް ގެންދިޔައީ ކިހާ ފައިސާއެއް ކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
މުބައްޝިރު ވިދާޅުވި ގޮތުގައި ކައުންސިލު ތިޖޫރި ފަޅާލައި ވައްކަންކުރި ނަމަވެސް ތަނުގައި ހުރި އެހެން އެއްޗަކަށް ގެއްލުމެއް ދީ، އެއްވެސް އެއްޗެއް ގެއްލިފައެއް ނުވެ އެވެ.