އެމްޑީއޭގެ ޖަގަހައިގައި މިރޭ ބޭއްވި މިއުޒިކް ޝޯ: މި އިވެންޓު ޕްރޮމޯޓްކުރީ ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެއް ފާހަގަކުރާނެ އިވެންޓެއްގެ ގޮތުގައި ކަމަށް ވިޔަސް އެކަމެއް ނުފެނުނު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
09 ޖުލައި 2017 - 00:09
އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އަޑު ކަނޑުވާލެވޭ ވަރުގެ ބޮޑު ސަޕްރައިޒް އިވެންޓު "ހިނި އަންނަނީ" މިރޭ އޮންނާނެ ކަން އިއުލާން ކުރުމަށް ފަހު، އާދައިގެ މިއުޒިކް ޝޯއެއް ބޭއްވުމުން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އެމްޑީއޭގެ ޖަގަހައިގައި ބޭއްވި އިވެންޓް ޕްރޮމޯޓްކުރީ ސިޔާސީ ގޮތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެންނާނެ ކަމަށް ބުނެ އެވެ. މިރޭގެ އިވެންޓުގައި ސައިޕްރައިޒް ގިނަ ކަންތައްތަކެއް ފެނި، ގިނަ ވާހަކަތަކެއް ވެސް އަޑު އިވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.
އެހެންވެ، އިދިކޮޅު ގިނަ ބަޔަކު ވެސް ތިބީ މިރޭގެ އިވެންޓަށް އިންތިޒާރުކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރަން ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނޭ ގޮތަށް އިދިކޮޅު ޕާޓީތަކުން ކުރި ހޯދާފައި ވަނިކޮށް، މިރޭ އިވެންޓުގައި ފެންނާނީ ކޮން ކަމެއްތޯ ބަލަން ގިނަ ބަޔަކު ތިބީ ޓީވީ ދޮށުގަ އެވެ. އެއީ، މިރޭގެ އިވެންޓް ބޮޑު ޖަލްސާއެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފައި އޮތީމަ އެވެ.
އެކަމަކު، އިވެންޓް ފެށުނީ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ގޮތާ ޚިލާފަށް ވަރަށް "ވައިކޮށެ"ވެ. ޒުވާނުންތަކެއް އަރައި ލަވަ ކިޔަން ފެށީ އެވެ. ޖަގަހަ އަށް މީހުން އެއްކޮށްގެން ބޭއްވީ އާދައިގެ މިއުޒިކް ޝޯ އެކެވެ. އެ ޝޯ ހޯސްޓް ކޮށްދެއްވީ މަޖިލީހުގެ މެމްބަރުންނެވެ. މިހާ ހިސާބުން އިދިކޮޅު މެމްބަރުން ސަރުކާރަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި "ހޭން ފެށީ" އެވެ.
އެމްޑީއޭގެ ޖަގަހައިގައި ސަޕޯޓަރުންތަކެއް މިރޭ މިއުޒިކް ޝޯ ބަލަނީ: ސޯޝަލް މީޑިއާގައި ޕްރޮމޯޓްކުރި އެއްވެސް ކަމެއް މި އިވެންޓަކުން ނުފެނުނު.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ވަރަށް ހިނި އައިސްގެން ބޮޑު ޖަލްސާއެއް ބާއްވަނީއޭ ކިޔާފައި މިކުރީ ކޮން ކަމެއް؟ ޖަލްސާ އަށް ދާނެ މީހަކު ނެތް، ވާހަކަ ދައްކާނެ މީހަކު ނެތިގެން ދެތިން މީހަކު ލައްވައި ލަވައެއް ކިޔާލީ. ތިކުރާ ކަންކަމުން ހަމަ އަންނަނީ ހިނި،" ޕީޕީއެމްގެ ހަރަކާތަށް ފާޑު ކިޔައި މީހަކު ކޮމެންޓް ކޮށްފައިވެ އެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު މުބީން މިރޭގެ ޝޯ ހުށަހަޅުއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
އެހެން މީހަކު ބުނީ ސަރުކާރަށް ގޮތް ހުސްވެގެން ކުރާ ކަންތައްތަކުން "ވަރަށް ހިނި އަންނަ" ކަމަށެވެ. އިދިކޮޅު މެމްބަރުން ތިބީ ސާބިތު ކަމާ އެކުގައި ކަމަށާއި ސަރުކާރަށް ދީލައިނުލާނެ ކަމަށެވެ.
"ބަޔަކު ހަމަ ރަނގަޅަށް ވެސް މޮޔަވެއްޖެ، އެހެންވެ އަންނަނީ ހަމަ ހިނި،" މިއުޒިކް ޝޯގެ ފޮޓޯ އާއްމުކޮށް އެހެން މީހަކު ޓުވީޓްކޮށްފައިވެ އެވެ.
ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން މިރޭގެ ޝޯ ހުށަހަޅުއްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
މިއުޒިކް ޝޯ ހުށަހަޅައިދެއްވަމުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. މިރޭގެ އިވެންޓުން ވެސް އެ އުފާވެރިކަން ފެންނާނެ ކަމަށާއި އެއްވެސް މީހަކު މާޔޫސްވެ، ހިތްވަރު ދެރަ ނުކުރަން ވެސް އެދިވަޑައިގެންނެވި އެވެ.
މިއުޒިކް ޝޯ ނިންމާލިއިރު ވެސް ޚާއްސަ އެއްވެސް ކަމެއް ނުފެނެ އެވެ. އެހެންވެ، ސޯޝަލް މީޑިއާގައި މިހާރު އޮތީ "ހިނި އަންނަނީ" ޓެގާ އެކު ސަރުކާރު ކޯލިޝަނަށް މަލާމާތް ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަނި
10 July 2017
މި ޔާމީނަކީވެސް އެމްޑީޕީގެ ހިޔަނީގަ އަދި ރާއްޖެ ޓީވީން ލިބުނު މަޝްހޫރުކަމެއްގަ މެންބަރު ކަމަށް ހޮވި ތިމާއަށް ތިމާ ފެނި މީހާގެ ސައިޒް އޮޅި، މިރިނުވެ ގޮބޮޅި ކާއްޓަށްވެފަ ހުރި މީހެއް. ރީތި ގޮތަކަށް ނިމިގެން ދާނެ އިންޝާ ﷲ
ދޮންބުޅާ
10 July 2017
ހިނި އަންނަނީ، އިވެންޓަކީ ހަމަ އެކަނި އެމްޑީޕީ މުޒާހަރާ، ނުވަތަ އެމްޑީޕީ ގެ ޖަލސާ އެއްކަން ވިސްނައިދޭން ނޫސްވެރިން މަސައްކަތް ކުރަން އުޅޭތީ! އިވެންއޓަކީ ވެލަކަށް ދުވާ އެއްޗެއްތޯ؟
ސަޕްރައިޒް
09 July 2017
މި ޖަލްސާ އެހާ ގިނަ އިދިކޮޅު މީހުން ބެލިކަން އެއީ ވަރަށް ބޮޑު ސަޕްރައިޒެއް. އަދި ބަލާފަ ހީކުރި ގޮތަށް ނުދިއައިމަ އެކަން ފާހަގަވެ ބޮޑު ސަމާލުކަމެއް ދިނުންވެސް އެއީ ސަޕްރައިޒެއް. މަލާމާތްކުރަމުން އިދިކޮޅު މީހުންނަށް ހެވިއްޖެ. "ހިނި އަންނަނީ" ބައްދަލުވުމުގެ މަގްސަދު ހާސިލްވެއްޖެ.
ދޮންބުޅާ
10 July 2017
އަސްލުގަވެސް، ދޯ؟
މަރީ
09 July 2017
މިއުޒިކް ކުޅެލާނެ ބޭންޑްގަނޑެއްވެސް ނުވެގެން ކަންމަތީ ގުރޫޕެއްްލައްވާ ހަޑިއެއް ހޭވީދޯ. ހެހެހެހެހެހެހެހެހެހެހެ
ނިބިހޫރު
09 July 2017
ބައެއްގެ ޖަނާޒާ ޝޯއަކާ ވައްތަރީ. އެބުނާ ހިންޏެއް ނުފެނޭ. އަދި ބޯ ބޮޑު ހިނިވެސް ނެތް ފެންނާކަށް. ކަޅު ހިންޏާއި ރަތް ހިނީގެ ހިލަމެއްވެސް ނެތް. އަދި ހަކުރު ހިނި ވީ ކޮން ދުނިޔެއެއްގައި ކަމެއްވެސް ނޭނގެ. ރާނީ ހިނި ފެންނަން ނެތީ ކީއްވެގެންކަން އެންމެނަށްވެސް އެބަ އެނގޭ.
ފަޒީލާ
09 July 2017
ހަމަ އަންނަނީ ހިނި!!! ހިނި އަންނަނީ ، ހިނި އަންނަނީ ، ހިނި އަންނަނީ ، ހިނި އަންނަނީ ، ހިނި އަންނަނީ ، ހިނި އަންނަނީ ، ހަޖަމް ކޮށްލާ.
ޖަހާބެރު
09 July 2017
ފޮޓޯ ބަލައިލީމާ އިނގޭ ޒުވާނުންނާއި މުސްކުޅިން ހިނިއައިވަރު..
ނަސް އައްޑޫ
09 July 2017
ވާގޮތަކީ މީގެއިން އެއްވެސް މެމްބަރަކު ދެން އޮންނަ ދައުރަކަށް ނުހޮވޭނެކަން އެ މެމްބަރުންނަށް ވަރަށް ސާފުކޮށް އެނގޭ! އެހެންވީމަ މިދައުރުގެ ބާކީ ފައިސާ ގޯނި ގޯންޏައް އަޅަން މަޑުކޮށްގެން ތިބީއޭ...... . ހިނިއަންނަނީ..
ދޮންބެ
09 July 2017
"ހިނި އަންނަނީ" ސަޕްރައިޒް އިވެންޓް މިވީ މިއުޒިކް ޝޯއަކަށް! ގުރައިދޫ ކޮށީގައި ތިބޭމީހުންވެސް މިގޮތަށް ހިނި އަންނަތަން މަމެން ދުށީން
ަްަްއައްޑޫ ކޫދަކަ
09 July 2017
ބޯގޯސްވެ ދަންވަރު ގޭގާ އެކަނި..ސިހި ސިހި އެކަނިވެފާ ސިހިސިހި އެކަނި ވެފާ.