ްޕްރެސް ކޮންފަރެންސްގައި ސިޔާމް ވާހަކަ ދައްކަވަނީ --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ޖުލައި 2017 - 12:19
ރައްޔިތުންގެ މަޖިލީހުގައި 2008 ވަނަ އަހަރުން ފެށިގެން ނެގި ބައެއް ވޯޓުތަކަށް މަޖިލީހުގެ ބައެއް މެމްބަރުން މިލިއަނުން ފައިސާ ނެންގެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި މަޖިލީހުގައި މިހާރު ވެސް އޮތް އެ ހާލަތު ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/އެމްޑީއޭ އިން ދަރުބާރުގޭގައި އޮތް ޕްރެސް ކޮންފަރެންސްގައި ސިޔާމް ވިދާޅުވީ ބަޖެޓު ފާސްކުރުމުގެ ވޯޓުތަކަށް ބޮޑެތި އަދަދުތަކުން ބައެއް މެމްބަރުން ފައިސާ ނެންގެވުމުން ފުރަތަމަ "ސަހަރޯއޭ" ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމަކީ ކިހާ ނުބައި ކަމެއް ކަން އެނގިވަޑައިގެން ތިއްބަވައި އެ އަމަލު ހިންގެވުމުން ހިތާމަކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭ ގޮތަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ އަށް ޕީޕީއެމާއި އެމްޑީއޭ އިން ތާއީދުކުރަނީ، ސިޔާމް ވިދާޅުވި ގޮތުގައި، އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ރިޝްވަތުގެ ހުތުރު އަމަލުން މަޖިލިސް ސަލާމަތް ކުރުމަށެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ އަށް އިންތިހާ އަށް ތާއީދުކުރަން. ފަސާދަ އާއި ކޮރަޕްޝަން ހުއްޓުވަން އެއީ ކުރަން ޖެހޭ ކަމެއް. ބައެއް މެމްބަރުން ކޮންމެ ވޯޓަކަށް ނަގާ ދެ މިލިއަން ރުފިޔާ އާއި ދެ ލައްކަ ރުފިޔާ އާއި ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެއް ޕާޓީން އަނެއް ޕާޓީން ވަކިވާން އެދޭ އެތައް މިލިއަން ރުފިޔާގެ ސަބަބުން މިއަދާ ހިސާބަށް މި ވަނީ މި މައްސަލަ [ހުއްޓުވަން] ގާނޫނު ފާސްނުކުރެވިފައި،" ސިޔާމް ވިދާޅުވި އެވެ.
ޕްރެސް ކޮންފަރެންސްގައި ނިހާން ވާހަކަ ދައްކަވަނީ: ދެއިރު ދެ ދަޅަ އަށް ޕާޓީ ބަދަލުކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވި ގޮތުގައި ވަކި ޕާޓީއެއްގެ ފިކުރު ރައްޔިތުންނަށް ވިއްކުމަށް ފަހު، ފައިސާ އަށް އެ ފިކުރު ބަދަލުކުރުމަކީ ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދީ ގާނޫނުއަސާސީގައިވާ މާއްދާތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. ގައުމުގެ ހެވަށްޓަކައި އެއީ ނިންމަން ޖެހޭ މުހިއްމު ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން މުހިއްމު ވަނީ، ނިހާން ވިދާޅުވި ގޮތުގައި، ނުރައްކާތެރި ގޮތަށް ގައުމު އޮޔާ ދިޔަ ނުދިނުމަށެވެ. މަޖިލީހަށް މެމްބަރުން ރައްޔިތުން ހޮވީ "ދެ އިރު ދެ ދަޅަ އަށް" ޕާޓީ ބަދަލުކުރަން ނޫން ކަމަށާއި އެއީީ ރައްޔިތުން ނުރުހޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށް ޕީޕީއެމާއި އެމްޑީއޭ އިން ތަބާވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިއްތިއިބުރާހިމު
13 July 2017
މީނާ ފުލުސްއޮފީހައް ހާޒިރުކޮއް މިކަންތަހުގީގުކުރައްވާ ޖަމަލު ފޮޑިޖަހާހެން އަޑުގޮއްވިޔަކަސް ކަމަކު ނުދާނެ
އިބިރިހިންބެއްޔާ
12 July 2017
ސިޔާމުގެ އިއުތިރާފުގެއަޑު ސީދާ އެއްސެވި ބޭފުޅުންގެ މައްޗަށް ވާޖިބު ނުވޭތޯ އެމައްސަލަ ފަޑިޔާރުންނާ ހަމަޔަށް ގެންދަން. ކުރިން ރައީސުޔާމީނުގެ އިއުތިރާފު އަޑުއެއްސެވިބޭފުޅުންވެސް ހަމަ ތިބީ އަޅާނުލާ.
ޚެސްޓޯ
12 July 2017
ޢަހަރެން މޮޔަނުވީ ކިރިޔާ ނިޔުސް ކޮންފުރެންސް އަޑުއަހާފަ ހަރާމާ ހަލާލް އިނގޭތޯ މަނިކުފާނަށް ސިޔާމްގެ ރިސޯޓް ތަކުގައި ވިއްކަނީ މަހާކާއްޓާތޯ
ކޮވެލި
11 July 2017
ރިޝްވަތުގެ ޑޮލަރު މެންބަރުންނަށް. ރައްޔިތުންގެ ވޯޓު ޔާމީނަށް.
ސުންބުލި
11 July 2017
ކޮބާ ޕޮލިސް؟ ކޮބާ އޭސީސީ؟ އަވަހާރަފުޅު ލައްޕަނީ ދެއްތޯ!
ތުއްތަ
11 July 2017
އަމިރު ކޮބައިތަ
ރާނުބޯމީހާ
11 July 2017
ހެޔޮނުވާނެ ހެއްދެވިހާ ނުބައިކަމެއްގެ މަތިޖަހަން މާތްވެގެންވާ އިސްލާމްދީން ބޭނުން ނުކޮށްބަލަ. މަރުވާނެކަން ހަނދާންކޮށް ބިރުވެތިވެބަލަ.
ނެޝަނަލިސްޓް
11 July 2017
ބަޔަކު ޖިނާއީ ކުށެއް ކޮށްފިކަން އެގުމުން އެކަން، ކަމާބެހޭ ފަރާތްތަކަށް، ނާންގާ ހުންނަން ހެޔޮނުވާނެ!
މަސްހިބަރު
11 July 2017
މީ ރައީސް ޔާމީގެ އަގުވައްތާލަން ނިކުމެހުރި މީހެއް...... ރިޝްވަތު ދިންތަނުގައި ހުރިކަމަށް ބުނުމުން ދޭހަވަނީ އެމް.ޑީ،އޭ ކޯލިޝަން އަކީ ރިޝްވަތުބަހާ ބައެއްގެ ގޮތުގައި މިއީ މިހާތަނަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި މިފަދަ ވާހަކައެއް ޝިޔާމް ބުނި ފަހަރު.... މިކަން ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ... ސަބަބަކީ ކުށެއް ކުރާތަނުގައި ހުރެ އެކަން ނާންގާ ހުރުމަކީ ވެސް ކުށެއް... އަދި ރައީސް ޔާމީން އެފަދަކަމެއް ކުރައްވަން ހިތައްވެސް ނާރާނެ.....ވ. ވެދުން
ލީދެފުޅިނުލާދެފުޅިކޮންފުޅި
11 July 2017
ތިކަހަލަ މީހުންގޮވާކޮސް މިހާރުތީނީ ކުއްވެރިވެފަ ރަނގަޅު އަދުލުއިންސާފެއް ފުލުސްއޮފީހެއް އޮތްނަމަ