އަލްޖަޒީރާއަށް ނިޔާޒް މައުލޫމާތު ދެއްވަނީ. އޭނާ މަގާމުން ވަކިކުރީ ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރުވާލުމުން ކަމަށް އޭނާ ވިދާޅުވި.
13 ޖުލައި 2017 - 14:44
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ގެއްލުނު ފައިސާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައްކަވާ ވާހަކަތައް ވެސް ގަބޫލު ކުރުން ރަނގަޅު ނޫން ކަމަށް، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ އެންމެ ފުރަތަމަ އޮޑިޓް ކުރެއްވި ނިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާއި އަދީބަކީ ވެސް އެ ކުށުގެ ބައިވެރިން ކަމަށާއި އެ ދެބޭފުޅުން ދައްކާ ވާހަކަ ވެސް ގަބޫލުކުރުން ބުއްދިވެރި ނޫން ކަމަށެވެ.
ރައީސް ޔާމީން މިދިޔަ ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީން ގެއްލިފައިވާ 1.2 ބިލިއަން ރުފިޔާގެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވީ އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހުގައި ކަމަށެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވައި އަދީބު ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ އެ ފައިސާތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ އަދަދާއި ފައިސާ ހަރަދު ކުރި ގޮތާއި އެކަމުގެ ހަގީގަތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ގެއްލުނު ފައިސާގެ 80 ޕަސެންޓް ރައީސް އަތްޕުޅުގައި މިހާރު ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔަތު އައްޔަން ކުރައްވައި، ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްރަށް ދޫކުރުން އެ ތަނުގެ ދަށަށް ބަދަލުކޮށް، އެ ރަށްތަކުގެ ފައިސާ ސީދާ އެ ކުންފުންޏަށް ދައްކަން ޖެހޭ ގޮތަށް ބަދަލު ކުރެއްވީ ވެސް ރައީސް ކަމަށް އަދީބު ވިދާޅުވި އެވެ.
ސަރުކާރުގެ އެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އަށް މައުލޫމާތު ދެއްވުމުން ލިބިވަޑައިގަތް އިންޒާރުތަކާ ހެދި މިހާރު ސްރީލަންކާ އަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާ ނިޔާޒު ވިދާޅުވި ގޮތުގައި އޭނާ މަގާމުގައި ހުންނެވި އިރު ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ ރައީސް އަބްދުﷲ ޔާމީނަށް ދެންނެވި އެވެ. އެކަމަކު ރައީސް ވިދާޅުވީ އެކަމާ އަޅާނުލުމަށް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ
14 July 2017
އެންމެ ތެދުވެރި ނިޔޒް އިބްރާހިމް !!!!!!
ލޮސގެ
14 July 2017
ދެން ގަބޫލުކުރަންވީ ކާކުގެ ބަސް!! ދަބަސް ޖަޒީރާއަށް އަރާ ފޮނިކެނޑިއަކަސް އެއްކަމެއްވެސް ނުވާނެ!
ފާއިޒް
14 July 2017
ކީއްވެތަ ލައިވް ނިއުސް ކޮންފަރެންސެއް ބާއްވާފަ ތިހުރިހާ ވާހަކައެއް ރައްޔިތުންނައް ހާމަ ކޮށްދީފަ އިސްތިއުފާ ނުދިނީ.. މިހާރު ބޭރު ކޮށްލީމަ މަހާނައޭ ސަންދޯކޭ ތިކިޔަނީ....
ދރ
13 July 2017
މީއީ އެހާ ދަންނަމީހެއްނޫން އެކަމަކު މިއީ އަހަރެން ވަރަށް ތާއީދު ކުރާމީހެއް. ތަންކޮޅެއް ޖެނުއިން މިހެއްހެން ހީވޭ މިއުޅޭ ލާޗާރު ބިޗާރު ސިސާސީ މީހުންނަށް ވުރެން.
ހުދުކާފޫރު
14 July 2017
ތިމީހާއަށްވެސް އާރާބާރު ލިބުނީމާ އެނގޭނީ. އިންސާނާގެ ގޮތް އެންމެ ފަސޭހައިން ޓެސްޓްކުރެވޭނީ އާރާ ބާރާ ފައިސާއިން.
ބްލެކްމޯލީ
15 July 2017
ހުދުކާފޫރަށް ދަންނަވާލަން، މި މީހާ އާރާއި ބާރުގަވެސް ހުއްޓޭ ދުވަސް ކޮޅަކު މި ސަރުކާރުގައި. އޭރު މިސަރުކާރުން އަދީބު ނުރަނގަޅުކޮށް ކުރާ މައްސަލަ ތަށް ނަގަން ފެށީމައި އެމަގާމުން އޭނާ ބޭރުކޮއްލީ މަޖްލިސް ބޭނުން ކޮއްގެން.
ފަރީ
13 July 2017
ކޮމެންޓެއްގަ އޮންނަނީ" ބޮޑުތަކުރުފާނު ދޮންބަންޑާރައިން ތިބިނަމަ ތިމަންނަމެން މިތަން ސަލާމަތްކުރުން އެއީ ގޯހުން ކުރެވުނު ކަމަކޭ ހިތައް އަރާފަދަ ދަށްފެންވަރެއްގައި މުޅިތަން މިއޮތީ!". ބޮޑުތަކުރުފާނު ޖިހާދަށް ނުކުތީ ފަތިސް ނަމާދު(ގުނޫތު ވެސް ކިޔާފަ) ކޮށްގެން. މިހާރު ގުނޫތު ވެސް ނުކިޔާ.
އިސްމާއީލް
13 July 2017
ދެން ވާހަކަ ނުދައްކަބަލަ, މަގާމުގައި ހުރެވެސް ވައި އެޅުވީ.
އަސްލު ފާތުމަ
15 July 2017
ނިޔާޒައްވެސް އޮތޭ ހުރިހާކަމެއް ހިންދާލައިގެން މަގާމުގަ ދެމިހުރެވެން އެކަމަކު އޭނަ އެގޮތް ބޭނުން ނުވީމަތާ އޭނަ ބޭރުކޮށްލީވެސް
ހުއްބުލްވަތަން
13 July 2017
ބަޔަކުމީހުން ގަބޫލުކުރިޔަސް ނުކުރިޔަސް އަޅުގަނޑު ގަބޫލްކުރާގޮތުގަ ނިޔާޒްއިބްރާހިމަކީ އަމިއްލައެދުމަށްވުރެން ގައުމު އިސްކުރެއްވި ހިއްވަރުގަދަ ބަތަލެއް މިއަދި މިގައުމަށް ބޭނުންވަނީ ނިޔާޒް އިބްރާހީމްފަދަ ދަރިންކޮޅެއް ނިޔާޒްފަދަ ތެދުވެރި އަމާނާތްތެރިންދެކެ މުޅިގައުމުވެސް ފަޙުރުވެރިވެރިވޭ
މުރާސިލް
13 July 2017
ތިކަމުގައި ނިޔާޒު އިބުރާހިމްގެ ވާހަކަވެސް ޤަބޫލުކުރެވޭކަށް ނެތެވެ. މަޤާމުން ބޭރުކޮށްލީމާ ދައްކާނެ ވަަރަށް ގިނަ ވާހަކަ ހުންނާނެއެވެ.
އެމީހާ
13 July 2017
މަގާމުން ވަކިކުރުމުގެ ކުރިން އެވާހަކަތަށް ފަށައިފި. އޭނާ ނުފެށިނަމަ އަދިވެސް ފެންމަތި ނުވާނެހެން ހީވަނީ
ދރ
13 July 2017
އެހާކަންހާވަރަށް ވާހަކަ ދެއްކޭނީ. ދެންވާނީ ކުފުރު.
މާޒީ
14 July 2017
އެމީހާ އެވެ. ނިޔާޒު ވާހަތައް ފެށީ މަގާމު ގެއްލޭނެކަން ޔަގީންވި ހިސާބުން.
އިބްރާހީމް ރަޝީދު
14 July 2017
މަޤާމުން ވަކިކުރީ އެ ވަައްކަމުގެ ވާހަކަ ދެއްކީމަ. އެހެންވީމަ ކާކު ގެ ވާހަކައެއްތޯ ޤަބޫލް ނުކުރަންވީ؟
ޟޫ
14 July 2017
ބަލަ މަގާމުގަ ހުރެގެން މިވާހަކަ ތައްކީމަ އެއް ނޫންތަ މަގާމުން ދުރުކުރީ. ނިޔާޒު އަކީ ބަތަލެއް
ކުޗަމްބަރު
13 July 2017
މީނާ މިދައްކަނީ ރަނގަޅުވާހަކައެއް. މިހާރު ސިޔާސީބޭނުމަކަށް އަދީބު ކާފޫރަށް ހަދައިގެން ނުވާނެ. ޢަދި އޭނާ ދައްކާ ވާހަކަ ގަބޫލުކޮށް އެ ވާހަކަތައް ވިއްކައިގެންވެސް ނުވާނެ.
މަންމަ
13 July 2017
ތިޔައީ މިދީބުގެ ދަރިއޭ އަދު ލޮބުވެތި މިި ދިވެހި ގައުމު ފަޚުރުވެރިވާ! ގާސިމް ކަރީމްވެސް މިލަވައިގައި ހިމަނާލަން.
ގގގ
13 July 2017
ގާސިމް ކަރީމް އޯޑިޓަށް ނިޔާޒް އޭސީސީއަށް. ހަބޭސް ވާނެ!