20 ޖުލައި 2017 - 12:58
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއަކީ އާންމުންނަށް މައްސަލަ ހުށަހެޅޭނެ ކޮމިޝަނެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
މިއަދު އުފެއްދެވި އެ ކޮމިޝަނާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައިވަނީ އެ ކޮމިޝަނުން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ނުލިބި ހުރި ފައިސާގެ މައްސަލަތައް ކަމަށެވެ. އަދި އެ ކޮމިޝަނަކީ އާންމުންނަށް މައްސަލަ ހުށަހެޅޭނެ ކޮމިޝަނެއް ނޫން ކަމަށް އެ ޓްވީޓްގައި މުއާޒު ވިދާޅުވި އެވެ.
ފައިސާ ހޯދުމުގައި އެ ކޮމިޝަނުން އެހީތެެރިކަން ހޯދާނީ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ކަމަށް އެ ޓްވީޓްގައި މުއާޒު ވިދާޅުވެފައިވެ އެވެ.
އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖްތާޒާއި ހަދީޖާ ހުސައިނާއި އިބްރާހިމް މަހްފޫޒާއި މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އެވެ. އެ ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އަޒްލީނެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި އެ ކޮމިޝަނަށް ހޯދޭ ހޯދުންތައް ރައީސުލް ޖުމްހޫރިއްޔާ އަށާއި ޕްރޮސެކިއުޓާ ޖެނެރަލަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރާނެ އެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގ. ބުނާގޮތުން އެކިއެކި ތަހުގީގުތައް ކުރުމަށް ރައީސަށް ލަފާ ދިނުމަށް ވަގުތީ ކޮމިޝަންތައް އެކުލަވާލުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވެސް ވަނީ ކުރިން ހިނގާފައިވާ ޚިިޔާނާތުގެ ކަންކަން ބެލުމަށް ރިޔާސީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުއަލޯ
21 July 2017
ތާހިރެއްނު!
ރޮކެޓް ސައިންސް
21 July 2017
އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓް ނުނެރެވިގެން އުޅެނިކޮން އސސ ގެ އަތުން ބާރުތަށް ތިޔަ ނަންގަވަނީއެވެ. ބޭނުމަކަށް ތިވަނީ އސސ އަތުން އމއމޕރސ ގެ ހިޔާނާތުގެ ރިޕޯޓް އަތުލައިގަނެ ބޭނުންވާ އުނި އިތުރު އެއަށް ގެނައުން ކަން ޔަގީނެވެ. ސްޕރީމް ކޯޓުން ކުރަންޖެހޭ ހުކުމްތަށް އިލެކްޝަން ކޮމިޝަނުން ކުރާގޮތަށޭ ތިކަންވެސް ދާނީ. ދިރިތިބީން ބަލަންތިބޭށެވެ
ޙައިކލ
21 July 2017
ޥަކި ތި ކޮމިޝަނައް މުލުވަގު ހިފޭނެތަ؟
ކުޑޫ
21 July 2017
އެފަދަމީހުންގެ ޕްރޮޕަޓީ ސަރުކާރަށް ނަގަން ފެނޭ
ބޫ
20 July 2017
"އެ ކޮމިޝަނުން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ނުލިބި ހުރި ފައިސާގެ މައްސަލަތައް ކަމަށެވެ." އި ޢިބާރާތަށް ކުޑަ އިސްލާހެއް ގެންނަން ޖެހެއެވެ. "އެ ކޮމިޝަނުން ބަލާނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ރައީސް ވިދާޅުވާ ފަރާތްތަކާ ގުޅުންހުރި ފައިސާގެ މައްސަލަތައް ކަމަށެވެ." މިގޮތަށެވެ. ހުރިހާވެސް މީހަކީ ރައީސް ނޫންތޯއެވެ.
އަލްޖިބްރާ
20 July 2017
ތިޔަކޮމިޝަނަށް ކިއަންވީ "ވެރިންގެ ޖަރީމާތަކަށް ފަސްއަޅާ ކޮމިޝަން "
ކަކަކަކަކަ
20 July 2017
ބަޔަކު އެބައުޅޭތަަ މައްސަލަ ހުށަހަޅަން ރައްޔިތުން ފޫހިވެއްޖެ
ލަބީދު
20 July 2017
ފުރަތަމަ 800 މިލިއަން ޑޮލަރުގެ މަށްސަލަ...ދެން ރ. މޫސަގެ ތިލަފުށީ މަށަސަލަ ....އޯކޭ
GAN Island
20 July 2017
މައުމޫން އަބުދުލް ޤައްޔޫމް ގެ ވެރިކަމުގައި ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނި State Trading Organization ހިންގަވަން ހުންނެވި އިސްވެރިއަކު ބައިނަލް އަޤުވާމީ ގޮތުން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ބަރުމާ އާއި އެކު ހިންގެވި ކަމަށް ބުނާ ''ވަގު ވިޔަފާރީގެ މުއާމަލާތް'' ނުވަތަ އާންމު ކޮށް ކިޔާ އުޅޭ ގޮތަށް ނަމަ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވައްކަން އެއީ ހިންގާފައިވާ ކަމެއްތޯ ނުވަތަ އެކަން ހިންގާފައިވާ ނަމަ އެކަން ބެލުމުގެ ބާރު ތިޔަ ކޮމިޝަނަށް ލިބިގެންވޭތޯ ؟؟ . . . އަދި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ''ދައުލަތަށް އެއްވެސް އެއްޗެއް ގެއްލިގެން ނުދާ ގޮތަށް'' މިކަން ތަހުޤީގު ކުރުމަށް ބައިނަލް އަޤުވާމީ ފޮރަންސިކް އެއައުންޓް ފާމެއްކަމުގައިވާ Grant Thornton UK LLP އަށް މިސަރުކާރުގެ އިސްވެރިން ތަކެއްގެ ބާރުގައި އެމައްސަލަ ނުބަލާ ގޮތަށް މައްސަލަ އަބުރާ ނެގުމަށް ޑރ ވަހީދުގެ ސަރުކާރުން ގްރާންޓް ތޯންޓަން އަށް ދައްކާފައިވާ £4.6 Million ޔޫކޭ ޕައުންޑް ގެ މައްސަލަ ތިޔަ ކޮމިޝަނަށް ބެލޭނެތޯ ؟؟ . . ދެން އުފެދޭ ސުވާލަކީ މިފަދަ ކަންކަން ކޮށްފައިވަނީ ސަރުކާރުން ކަމުގައި ވާނަމަ ''ރައްޔިތުންނަށް މިމައްސަލަތަށް ހުށަނޭޅޭނަމަ ވައްކަން ކުރި ފަރާތުން'' ތިމަންނަމެން ކޮށްފައިވާ ވައްކަމަކީ ކޮށްފައިވާ ވައްކަމެއްތޯ ބަލާ ދިނުމަށް އެދޭނެތޯ ؟؟ އަހަރުމެންގެ ބުއްދި ގޯސްކުރަން މިފަދަ ކަންކަން މިކުރަނީ.
ހަސަންތަކުރު
20 July 2017
ތިތާކު ނެތް މިނިވަން ކަމާއިއެކު މައްސަލަތައް ބަލައި ނިންމޭވަރުގެ ބައެއް. ހުސް ޕަޕެޓުން.