ސީއެންއެމްގެ ލޯގޯ: އެ ނޫސް ހިންގުން ހުއްޓާލީ ފަސް އަހަރަށް ފަހު.
25 ޖޫން 2016 - 19:39
މަޝްހޫރު އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ހުއްޓާލީ ސަރުކާރުގެ ނުފޫޒު ފަދަ ފަރާތްތަކުގެ ސަބަބުން ކަމަށް އެ ނޫހުގެ އެއް ހިއްސާދާރު އަދި އެޑިޓަރު އިސްމާއިލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ 51 ޕަސެންޓް އަދި އިސްމާއިލް ރަޝީދުގެ 49 ޕަސެންޓް ހިއްސާއާ އެކު، މޭ 3، 2011 އިން ފެށިގެން ހިންގަމުން އައި ސީއެންއެމް ރޭގައި ވަނީ ހުއްޓާލައިފަ އެވެ. އަދި ސީއެންއެމްގެ ވެބްސައިޓަށް ރެއިން ފެށިގެން ނުވަދެވެ އެވެ.
އިސްމާއިލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ސީއެންއެމް ބަދަލު ކުރުމަށް، ކުރި މަސައްކަތް ކާމިޔާބުނުވުމުން ދެން ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން މަސައްކަތް ކުރީ ސީއެންއެމް ވުޖޫދުން ނެތިކޮށްލުމަށެވެ.
"ސަރުކާރުގެ ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސީއެންއެމްގެ މެޖޯރިޓީ ހިއްސާދާރަށް އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް މަޖުބޫރު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނި އުވާލުމަށް ރޭގެ ވަގުތެއްގައި ވަނީ ނިންމައިފަ އެވެ." އިސްމާއިލް ވިދާޅުވި އެވެ.
ސީއެންއެމްގެ ވެބްސައިޓަށް ވަނުމުން މިހާރު ފެންނަ ސްކްރީން.
ނޫހަށް ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ސީއެންއެމްގެ ޗެއާމަންކަމުން ޖަނާހު އިސްތިއުފާ ދެއްވައި، އޭނާގެ ހިއްސާ ވިއްކާލުމަށް ނިންމި ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ. އަދި އެ ހިއްސާ ވިއްކާނުލުމުގެ ނަތީޖާއަކަށް ވީ، ކުންފުނި އުވާލަން ޖެހޭ ހާލަތަށް ޕްރެޝަރު އިތުރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީއެންއެމް އުވާލުމަށް ނިންމާފައިވަނީ މެޖޯރިޓީ ހިއްސާދާރު ޖަނާގެ އިސް ނެގުމަށް ކުންފުނީގެ ބޯޑަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
ސީއެންއެމް ހުއްޓާލަން އެއްބަސްވީ އިސްމާއިލް ވިދާޅުވި ގޮތުގައި، އެ ނޫހަށް ހަރަދު ކުރި ޖަނާހުގެ ވިޔަފާރި އަށް ފިއްތުންތައް ކުރިމަތިވެ، ދެރަ ގޮތެއް ވިޔަ ނުދިނުމަށެވެ. އަދި ސީއެންއެމްގައި މިހާތަނަށް ލިޔެފައިވާ ލިޔުންތަކާއި ފޮޓޯތައް ނެތިކޮށްލުމުގެ ބަދަލުގައި އެތަކެތި ސަލާމަތް ކުރުމަކީ ވެސް ނޫސް ހުއްޓާލުމަށް އެއްބަސްވި ސަބަބެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ބުނެވިދިޔަ ސަބަބުތައް ހުރުމުންނާއި ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކަށް ކެނޑިނޭޅި ކުރަމުންދިޔަ ޕްރެޝަރާ ހެދި ސީއެންއެމް ހިންގުމަކީ ޖަނާހު އަށް ކުރެވެން އޮތް ކަމެއް ނޫނެވެ." ބަޔާނުގައިވެ އެވެ.
ސީއެންއެމް ހުއްޓާލީ ސަރުކާރުގެ ޕްރެޝަރުގެ ސަބަބުން ނޫން ކަމަށް ޖަނާ މީޑިއާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިސްމާއިލް ވަނީ ރައްދު ދީފަ އެވެ. އޭނާ ވިދާޅުވީ ޖަނާ ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ޖަނާ އެގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ޕްރެޝަރު ކުރާ މީހުން، އެ ވާހަކަތައް އެގޮތަށް ދެއްކުމަށް މަޖުބޫރު ކުރުވާތީ ކަމަށް އިސްމާއިލް ތުހުމަތުކުރެއްވި އެވެ.
ސީއެންއެމް ހިންގަމުން އައި އޮފީސް ރޭ ބަންދުކޮށް އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ 15 ވަރަކަށް ނޫސްވެރިންނާއި އެހެނިހެން މުވައްޒަފުން ގޭގައި މަޑުކުރަން ވަނީ އަންގައިފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، "ހަވީރު" ވެސް ވަނީ ކޯޓު އަމުރަކާ ގުޅިގެން ހުއްޓާލަން ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ
26 June 2016
ކޮމެންޓްތައް ކިޔާލުމުން އަޅުގަނޑުމެންގެ ފެންވަރު އެނގިއްޖެ!
ހަސަން
26 June 2016
ވަރިހަމަ ޕްރެޝަރު ހުއްޓަސް ނެތަސް. އަހަރުން މިބުނަނީ ތި ހުޢްޓުވަން ޖެހޭ އެއްޗެކޭ. ދެން އޮތީ ރާނޫސް. މިރާއްޖޭގެ ފިތުނައިގެ އައްޕަ.
ިމުހައްމަދު
26 June 2016
ނޫހުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އޮތް ހިއްސާދާރު ތިޔަ ހުރީ ނޫހާއެކުގައި ނޫންތޯއެވެ. އަނެއް ހިއްސާދާރު ކޮންމެފަދަ ސަބަބަކާހުރެ ވަކިވިނަމަވެސް ދެބައިކުޅަ އެއްބައި ނޫހާއެކު އޮތީމާ ނޫސް ހުއްޓެންވީ ސަބަބެއް ނުވިސްނުނު. އަނެއްކާ ތިޔައީ އޮންލައިން ނޫހެއް. ޗާޕުކުރަނީއެއްވެސް ނޫން. އޮންލައިންކޮށް ޚަބަރެއް ލިޔުމަކާއި އަޕްކޮށްލުމަކީ އެހާ ބޮޑުކަމެއްވެސް ނޫން. ނޫސް ހޯސްޓްކުރާ ފަރާތަކަށްވެސް މަހަކު މިލިއަނެއް ދައްކާކަށް ނުޖެހޭ. ދައްކާނީ ނިސްބަތުން ވަރަށް ކުޑަކުޑަ އެއްޗެއް. އެހެންވީމާ ގިނަ ވާހަކަނުދައްކައި ނޫސް ނެރުއްވަންވީ ނޫންތޯ
އިބޫ
26 June 2016
ޖަނާ+ ޓާޓާ އިްނ ނިންމި 400 ފްލެޓްގެ 288 މިލިއަން ސަރުކަރުން ނުދީގެން ފްލެޓް ތައްވެސް ހުރީ ހަވާލު ނުކޮށް... މިއީ ވެސް މިނޫހުގެ ސަބަބުންބާ؟؟؟
އަސަދުﷲ
26 June 2016
މިހާރު އޮތް ސަރުކާރަށް ކޮންމެހެން ސަނާކިޔާކަށް އެއްވެސް ނޫހަކަށް ނުޖެހޭނެއެވެ. އެކަމަކު ކޮންމެ ނޫހަކުންވެސް ކުރަންވިކަމަކީ ކޮންމެ ކަމެއްގެވެސް ދެފުށް ހާމަކުރަންވިއެވެ. މީހަކު ހަމަ ޓޫއީޓް އެއް ކޮށްލީމަ އެ ޓުއީޓްގަ ބުނެފަ އޮނަން ވާހަކައެއް ބޮޑު ޚަބަރަކަށް ހަދައިގެން ގެންނައިރު އެކަމެއް ރައްދުވާ ފަރާތުގެ ބަހެއް ހޯދާނުލާ ޚަބަރު ގެނައުމަކީ ވަރަށް ޒިއްމާދާރު ނޫން ނޫސް ވެރިކަމެކެވެ. ސީއެންއެމް އަށް ފަހަކަށް އައިސް ވެގެން އުޅެގަތްގޮތަކީ އެއީއެވެ. ތިކަންވެސް ތި ނިމުނީތާއެވެ.
އުފާދޯ
25 June 2016
ސީއެންއެމް ނޫސް ހުއްޓާލުމަކުން ދިވެހި ނޫސްވެރިކަމަށް އެއްވެސް ފަނޑު ކަމެއް ނާންނާނެއެވެ. އަޔަސް އަންނާނީ އާރޯ ކަމެވެ. ދެން މާގިނަ އޮން ލައިން ނޫސް ތައް ހުރީމާ ކިޔަން ވެސް އުނދަގޫވާނެއެވެ. މިހާރު ޕީޕީއެމް މިދަތުރު ކުރަނީ މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހަދަން އެވެ. މިގޮތުން މިރާއްޖެ ބެޓަރ ކަންޓްރީ އަކަށް ހެދެން އޮތީ ސީއެންއެމް ފަދަ ޑާރޓީ ޚަބަރު ތައް ގެނެސްދޭ ނޫސް ތައް ވެސް ބޭން ކޮށްގެންނެވެ. މިބާވަތުގެ ވަން ހަންޑްރެޑް މިލިއަން ކަން ރަނގަޅު ކޮށްގެން މެނުވީ މިސަރުކާރުން މިދެކެން ބޭނުންވާ ލިޓިލް ސިންގަޕޯރގެ ސައިލެންޓް ޑްރީމް ނުފެންނާނެއެވެ. އެހެން ކަމަށްވާނަމަ ކުރަން ޖެހޭ ކަމެެއް ކުރަން ޖެހޭނެއެވެ. ރާއްޖެ ލިޓިލް ސިންގަޕޫރަށް ބަދަލު ވުމުން އުފާވެރިކަން ލިބޭނީ އެންމެންނަށެވެ. ހުރި އުފަލެއްގެ ބޮޑު ކަމާއެވެ. ކެއަރިން މީ ލައިކް ޔުއަރ އޯން ހާރޓް..
ގިވްއިން
25 June 2016
ސީއެންއެމްގެ އެއް ހިއްސާދާރަށް އިނގޭނެ އެއް ނޫން ޕީޕީއެމް އިން ތާއީދު ކުރީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާން ކަމަށް. އެކަން ވެސް އެކާމިޔާބު ވީ ޕީޕީއެމް އިން ލޮބީ ކުރި ކޮޅަށެވެ. އަދި ހަމަ އެއާއި އެކު ކެމެރޫން ޖެހުނީ އިސްތިއުފާ ދޭން ނޫންތޯ އިއްސޭ. ދެން އެހެން ވީއިރުން މީވެސް އިއްސޭ މެން ވިސްނާލުން ރަނގަޅު ކަމެކެވެ. މިކަން މިރަރ ކޮށްގެން ބަލާލުމުން އިއްސޭ އަށް ވެސް އެގިގެން ދާނެ ދެން މިސަރުކާރުގެ ޓައިޓޭނިއަމް ޕްލޭޓްގެ ބޯމިނާއި އަދި އޭގެ ސީމްލެސް ސްޓޭންޑަރޑް. މީ ދުވަހަކު ވެސް ދަބަރު ޖަހާނެ ސަރުކާރެއް ނޫނެވެ. އިދިކޮޅު ބޮޑޭ މެން ތިން އަހަރު ދުވަހު ކުރި ހަަނަފަސް ތަދު ބޮޑު ވެރިކަމަކީ އެއީ ކާރބަން ސްޓީލް ސަރުކާރެކެވެ. އެއީ ދަބަރު ޖަހާ ހަފުސްވެފައިވާ ސަރުކާރެކެވެ. ގިވް އިން ޔުއަރ ހޭންޑް ޓު އަސް.. ގިވް އިން ޓު މީ.،. ގިވް އިން ޓު މީ..
ވިލްޔޫ
25 June 2016
ސީއެންއެމް އަށް ކުޑާ ކޮށް ސައިޒު އޮޅިގެން އުޅެނިކޮށް ގަދަފަދަ ޓައިޓޭނިއަމް ޕްލޭޓެޑް ސަރުކާރުން ކުޑާކޮށް ބަޓަނަށް ފިއްތާލުމުން ވިންޗްގައި ލާ ސީއެންއެމް ދަމާލި އިރު ސީއެންއެމް އިން ސަރުކާރާއި ވާދައަށް ދަމަން ގެންގުޅުނު ވަލުގެ ޑައިމީޓަރުގައި 100 މިލިމީޓަރު ހުއްޓާ އެވަލަށް ވާން ވުމުން އެވަލުގެ ޑައިމީޓަރު އެއް މިލިމީޓަރަށް ކުޑަވެ ސީއެންއެމް އަތުން ވާ ދޫވެގެން ދިޔައީ އެވެ. އެއީ މީގައި ވެގެން އުޅޭ ގޮތަކީ.
ޔަގީން
25 June 2016
ދެން އަންނަ އިންތިހާބެއްގަ މި ބިއުޓިފުލް ސަރުކާރު ބަދަލު ކުރަން އެބަޖެހެއެވެ. 500ރ ދީފިއްޔާ ހިފާށެވެ......އެކަމަކު ވޯޓު ނުދެއްޗެވެ.....ވަރައް ސިން ޕަލް ކަމެއްނު.......ފޮރ ޔޫ އެންޑް ފޮމީ އެންޑް ދަ އެންޓަޔަރ ހިުމަން ރޭސް އައްޓަކައެވެ.
ޒެޓާސް
25 June 2016
ދެން އަޅެ ރިލުވާނައް ވީގޮތް ބިއުޓިފުލް ސަރުކާރުން ހޯދަދީބަލަ.....!!!!!