އެފްއޭއެމް ހައުސް: މިތަނަކީ ފީފާއިން 50 އަަހަރަށް ކުއްޔަށް ހިފާފައިވާ ތަނެއް.-- ފޮޓޯ: ވީނިއުސް
30 ޖުލައި 2017 - 21:39
ރައީސް އަބްުދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތަށް ބަދަލުކޮށްފި އެވެ.
ފަސްޓްލޭޑީ ފާތުން "މެޑަމް އޮފީސް"ގެ ނަމުގައި މީގެ ކުރިން އޮފީސް ހިންގެވީ ޖަނަވަރީ މަގުގައި ހުރި އިމާރާތެއްގަ އެވެ. ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސްގެ ގްރައުންޑް ފްލޯގައި މިއަދު ވަނީ މެޑަމް އޮފީހުގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
މެޑަމް އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެފްއޭއެމްގެ އިމާރާތަށް ބަދަލުވީ ކުލި ދައްކާ އުސޫލުން ކަމަށެވެ. ކުރިން ހިންގެވި އޮފީސް އިމާރާތަށް ވެސް ބަރާބަރަށް ކުލި ދައްކަމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުލިި ދައްކާ އުސޫލުން ހަމަ، މެޑަމް ތަންތަން މި [ކުއްޔަށް] ހިއްޕަވަނީ. ކުރިން އޮފީސް ހިންގެވި އިމާރާތަށް ވެސް ބަރާބަރަށް ކުލި ދައްކަމުން ދިޔައީ،" މުއާޒު ވިދާޅުވި އެވެ.
އެފްއޭއެމްގެ އިމާރާތަކީ ފީފާއިން 50 އަހަރަށް ކުއްޔަށް ހިފާފައިވާ ތަނެކެވެ.
މިކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ އެ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށެވެ. ނަމަވެސް އެތަނުން ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅިވަރު ކުރިއެރުވުމަށް ފީފާއިން 50 އަހަރަށް ކުއްޔަށް ނަގާފައިވާ ތަނެއްގައި، ސިޔާސީ މަސައްކަތްތަކެއް ކުރާތީ ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ޖަނަވަރީ މަގުގައި ފަސްޓް ލޭޑީ "މެޑަމް އޮފީސް" ހިންގެވިއިރު، ރައީސް ޔާމީންގެ ކެމްޕެއިންގެ ބައެއް މަސައްކަތްތައް ވެސް ކޮށްފައި ވެ އެވެ. އޭގެ އިތުރުން ޕީޕީއެމަށް މީހުން އިތުުރުކުރުމުގެ ބައެއް މަސައްކަތްތައް ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެލެބްރިޓީ
31 July 2017
ފަސްޓް ލޭޑީންނަށް މިހެން ދެވޭ ތަންތަނަށް ފަަހުން ވާގޮތް ބަލަންޖެހޭ. ޝީ ކިޔާ ޖަމްއިއްޔާއެއް ފަސްޓްލޭޑީއެއް ހިންގެވުމުން ދެއްވީ ހިލޭ ބިމަކާއި އިމާރާތެއް. އެތަނުގައި މިހާރު ފެންނަނީ ފާޑުފާޑުގެ ވިޔަފާރި ކުރާތަން. ޖަމާއަތަށް ފައިދާ ހުރި އެއްވެސް ކަމެއް އެތަނަކު ނުކުރޭ. ކިހާ ބޮޑު ގެއްލުމެއް ރައްޔިތުންނަށް. މިއުޅެނީ ބޯހިޔާކޮށް ނުލެވިގެން.
އަހަންމާ
31 July 2017
ކީއްކުރަންތަ ބޭކާރު ވާހަކަތައްތިދައްކަނީ ކުއްޔައްތަންތަންދޫކުރަނީލާރިހޯދަން ކުއްޔައްހިފާތަންތަނުގައި އިސްލާމްދީނާ ޤާނޫނުއަސާސީން ހުއްދަހުރިހާކަމެއްވެސް ކުރެވޭނެ
ގައުމުގެ ހާލަތު
31 July 2017
ފުޓުބޯޅައިގެ މައި އިދާރާ އިމާރާތްވެސް އެންމެ ފަހުން ސިޔާސީ ވީ.. ދެން އެފް.އޭ.އެމް ހައުސް ފޮޓެއް ނަގާލިޔަސް ފެންނާނީ އެއް ފަރާތުން ސީޔާސީ ކެންޕޭން ޕޯސްޓަރ. ދިވެހި ފުޓުބޯޅަ ސިޔާސީ ނުކުރޭ. ތިޔަ ތަންތަނުން ލިބޭ ކުލިން އަތޮޅުތެރެއިން މާލެ އަންނަ ޓީމްތަކަށް ހަރަދު ކުރުމަށް ގޮވާލަން. އެންމެ ފަހުން އަތޮޅު ތެރެއިން މާލެ އައި ކުޑަހުވަދޫ ޓީމާއި، ތިނަދޫ ޓީމަށް އެފް.އޭ.އެމް އިން އެއްވެސް ޙަރަދެއް ނުދޭ ކަމަށް ވަނީ.
މަރުތަޅު
31 July 2017
ފަސްޓް ލޭޑީގެ އޮފީސް މުލިޔާގެ ކަމަށް ހަމަނުޖެއްސީ ކީއްވެތަ ؟
ބޮލައްތުރާ
31 July 2017
ކުލި ދައްކަނީ ރައްޔިތުން!!!
ނަމޫނާ ދާއިރާގެ ނަމޫނާ މެންބަރ މއރފ
31 July 2017
ތިކަމާހެދި ފީފާއިން ރާއްޖެ ސަސްޕެންޑް ނުކޮއްފިއްޔާ ރަނގަޅު
ހަނދުކޭތަ
31 July 2017
ފަސްޓުލޭޑީ، މިއީ އަލަށް ހަދައިގެން އުޅޭ ދިވެހި ބަހެއްބާ!. މިހެން މިބުނީ، "ފަސްޓު" އެއީ އިނގިރޭސި ބަހެއް އަދި "ލޭޑީ" އެއީވެސް އިނގިރޭސި ބަހެއް. އެކަމަކު މިހާރު ހީވަނީ މިއީ ބަޔަކު އަލަށް ހަދައިގެން އުޅޭ ބަހެއް ހެން
ރާއްޖެ
31 July 2017
މެޑަމް ކުރާ ކަންތައްތަކުން ސަރުކާރަށް ފައިދާއަށް ވުރެ ބޮޑަށް ވަނީ ގެއްލުން.
ދޮންފުތު
31 July 2017
ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ފަސްޓްލޭޑީ ޖައްވުގާވެސް ފަސްޓްލޭޑީ ކަނޑުމަތީވެސް ފަސްޓްދޭޑީ ގޭތެރޭވެސް ފަސްޓްލޭޑީ ހިތުތެރޭވެސް ފަސްޓްލޭޑީ
ދުނި
31 July 2017
ހަމަ އެކަނި ލަފުޒީ މާނައަށް ބަލައިގެން ތިމާމެން ވާހަކަދެއްކިޔަސް އެހެން މީހުންގެ ކުރިމަތީގައި ލަދުޙަޔާތް ބަހައްޓާންޖެހޭ. މުޅި ކޮންޓޭކްސްޓަށް ބާލާއިރު، އެހެންމީހުން ތިޔަކަމުގެ މާނަނަގާގޮތުން ކަންބޮޑުވާން ޖެހެނީ. އެހެނަސް ލަދުޙަޔާތް ބައެއްގެ ކިބައިން އަރުއްވައިގެންފިއްޔާ ދެން އެބަޔަކު ކުރާކަށް ޖެހިލުންވާނެ އެއްކަމެއްވެސް ނޯންނާނެކަން މިކަހަލަ ކަންކަމުން އެނގެނީ. ލޮބިފައިވާ ބާރާ ނުފޫޒުގެ ބޭނުންކޮށްގެން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަމުން ދިއުމުގެ ނަތީޖާ މިހިރަ ފެންނަނީ. އަދިވެސް ބަޔަކު ކިޔާ އެއްޗަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތް. ލަދުން ބޯހަލާކު.