މޯލްޑިވިއަންގެ ބޯޓެއް ރަންވޭ މަތީގައި: އެތަނުގެ މުވައްޒަފެއްގެ ހިޔާނާތުގެ މައްސަލައެއް ދަނީ ބަލަމުން
02 އޯގަސްޓް 2017 - 15:56
މޯލްޑިވިއަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިހުމާލުން އެތަނުގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާތީ ހަފުތާއެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މުވައްޒަފަށް އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަންގެ ކޮމާޝަލް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު ވަނީ 500،000 އަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވެފަ އެވެ. މޯލްޑިވިއަނުން ވެސް ވަނީ މިފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
މައްސަލަ ތަހުގީގު ކުރުމަށް އެ މުވައްޒަފު ގޭގައި މަޑުކުރަން އަންގާފައިވާއިރު، އޭނާގެ އިހުމާލުން ގެއްލުނު ފައިސާގެ ތެރެއިން 300،000 ރުފިޔާ، ހަފުތާއެއްގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފަ އެވެ. ބާކީ ފައިސާ އަށް ހަދާ ގޮތެއް ސާފެއް ނުވި އެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ކުރިން ވިދާޅުވީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އެހެންވެ، އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަން ބުނެވެން ނެތް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެ ކަމުގައި ބައިވެރިވެފައިވަނީ ހަމައެކަނި އެންމެ މުވައްޒަފެއްކަން ވެސް އެނގިފައިވާ ކަަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އަންހެން މުވައްޒަފު އެ ފައިސާތައް ނަގާފައި ވަނީ އޮފީހުގެ އެކިއެކި ސްޓާފުންގެ ލޮގިން ބޭނުން ކޮށްގެންނެވެ. އަދި ސިސްޓަމުން ޓިކެޓް ނަގައި، އެ ފައިސާ އޭނާ އަމިއްލަ އަށް ބޭނުން ކޮށްފައިވާ ކަމާއި އެކަންކަމާ ގުޅޭ ސޭލްސް ރިޕޯޓުތައް ވެސް އެޑިޓް ކޮށްފައިވާކަން އެނގިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަ1
03 August 2017
...ކިތަށް ކުންފުނިން ރަގަޅު ޕާސްވޯރޑް ޕޮލިސީ ހެދިންތޯ؟ ނުކުރިއްޔާ ދެން އަންނަ ހަފުތާގަ އެކަމާ އުޅެމާ.
އަހްމަދު
03 August 2017
ރާއްޖޭގެ ހުރިހާ ދިމާލަކަށްދާ ފްލައިޓް ތަކުގެ އަގު ދެގުނަ ބޮޑުކޮށްލާ. އެރުން ދެދުވަސް ތެރޭ ތިލާރި ކޮޅު ލިބުނީ. ޓީކެޓް އަގު ބޮޑުކުރަން މިއޮތީ ރަނުގެ ފުރުސަތެއް. ގައިމު މިކޮންމެންޓް މޯލްޑިވިއަންގެ އިސްވެރިން ކިޔާންމަ ދޯ.
ކަޅުބެ
03 August 2017
އަންހެނުން ބާރު ވެރި ކުރި ވަރަކަށް ތިޔަ ކަހަލަ ކިތަންމެ ކަމެއް ހިނގާދާނެ
ޑޮލްފިން
03 August 2017
މޯލްޑިވިއަންގެ ތި ޑޮލްފިން ލޯގޯ ބަދަލު ކުރަން ވެެއްޖެ ކާޓޫން އަކާ ވަށްތަރީ
ބުއްސު
03 August 2017
ބޮޑެއްޗަށް ތިބި މީހުން އެފަކީރު ބޮލިގައި އަޅުވާފަ ޢެމީހުން އެތިބީ ފިލާ. ފލުހުނަށް ނޭންގީ އިންޓާނަލް މައްސަލައެކޭކިޔާފަ. ތިކަން ބަލާފިއްޔާ އެތައްބައެއް ފަލީހަތްވާނެ. މިތާއުޅޭ މީހަކަށްވިއްޔާަ އެނގޭނެ ޢެކަންޏެއްނުވާނެކަން. ޢަނެއްކާ އެތައް ޒަމާނެއްވެއްޖެ. ޏޭނގެ އަދެއްވެސް. ޢެމަންޖެ ލައްވާ ބުނުއއވިއަދަދެއް އެއީ މާބޮޑުވެއްޖިއްޔާ އެމީހުންނާ ދިމާލަށް އައިސް ފާނެތީ
ޛހވސ
02 August 2017
ތިމައްސަލަޢަކީ މޯލްޑިވިއަނުން ބެލޭނެ މައްސަލައެއަ ނޫން. ޜައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި. ޖިނާއީ މައްސަލައެް. ފުލުހުން ބަލަމްޖެހޭ މައްސަލައެއް.
އެކޮނޮމިކްސް
02 August 2017
އަނެއްކާ އަނެއް އިގްތިސާދީ މާހިރު.
ހެހެހެ
02 August 2017
އަވަހަށް ޓިކެޓްގެ އަގުބޮޑުކޮށްލާ.
އިއްބެ
02 August 2017
ތިޔަ މުވައްޒަފެއްގެ ނަން ވެސް ޖަހާލަން ނުކެރުންތަ!!!!
GAN Island
02 August 2017
ވައްކަން ކުރުމަށް ''ގެއްލުން'' ކިޔާ ގޮތަށް މީހުން މެރުމަށް ވެސް ކިޔާނެ އާ ނަމެއް ހޯދުން ރަނގަޅު. އޭރުން މީހުން މަރާ ކަމަށް ދައްކާ ވާހަކަ ވެސް އެއީ މީހުން މެރުން ކަމަށް ހަދައި ވާހަކަ ދެއްކުން ހުއްޓުވިދާނެ.
ރަދުން
02 August 2017
އެކަމަށް ކިޔާނީ "ގުރުބާން ކުރުން" ކޮންމެހެން އާނަމަކަށް ވާކަށް ނުޖެހޭ