ރިސޯޓެއްގެ ވޯޓާ ވިލާތަކެއް: ގަވާއިދު ކުރިން އޮންނަ ގޮތުން މެނޭޖްމަންޓް އެގްރިމެންޓްގެ ދަށުން ރިިސޯޓް ހިންގަން ދެވޭނީ މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމަށް ފަހު-- މިހާރު ފޮޓޯ/ހުސައިން ވަހީދު
03 އޯގަސްޓް 2017 - 15:04
ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި، މެނޭޖްމަންޓް އެގްރީމަންޓްތަކުގެ ދަށުން ރިސޯޓްތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފި އެވެ.
ރިސޯޓްތަކާ ގުޅޭ ހައްގުތައް ބަދަލު ކުރުމާ ބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން މެނޭޖްމަންޓް އެގްރީމެންޓެއްގެ ދަށުން އެއްވެސް ރިސޯޓެއް ހިންގަން އެއްވެސް ފަރާތަކާ ހަވާލުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ހޯދުމަށް ފަހު އެވެ.
އެކަމަކު އެ ގަވާއިދަށް މިއަދު ގެނެސްފައިވާ އިސްލާހު ބުނާގޮތުން މިނިސްޓްރީގެ ހުއްދަ ކުރިން ހޯދުމެއް ނެތި ހަދާފައިވާ ރިސޯޓް މެނޭޖްމަންޓް އެގްރީމެންޓްތައް ވެސް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިދާނެ އެވެ. އެކަމަކު އެފަދަ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެގޮތުން އެ ރިސޯޓެއްގެ މެނޭޖްމަންޓް އެގްރިމެންޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރި ދުވަހާ ހަމައަށް އެ އެގްރިމެންޓާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލުމަށް މިނިސްޓްރީއާ އެކު ސޮއި ކުރަން ޖެހޭނެ ކަމަށާއި އަދި ޖޫރިމަނާގެ ގޮތުގައި 4،000 ޑޮލަރު ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން މެނޭޖްމަންޓް އެގްރިމެންޓްގެ ދަށުން ރިސޯޓެއް ހިންގަން ހަވާލު ކުރެވޭ ފަރާތަކީ އެ ގަވާއިދުގައި ބުނާ ޝަރުތު ފުރިހަމަވާ ފަރާތަކަށް ވުމާ އެކު އެ އެގްރިމެންޓަކީ އެކަމަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްގެން ރަޖިސްޓްރީ ކުރަން ހުށަހަޅާ އެގްރިމެންޓަކަށް ވާން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލީ ކަތީބު
04 August 2017
މީމު އަތޮޅުގައި ރެސޯޓު ހަދަން ދީފާ އެބަ އޮތް 1 ރަށުގެ ގޮތުގައި 3 ރަށް ،، ނަމެއް ނުބުނާނަން ( ބިސް މ ކ ) އަށް މިހާރު 12 ވަރަކަށް އަހަރު ވެއްޖެ . މިކަމާ ބަހެއް ބުނެލި މީހެއްގެ ޒަމާން ދެން އެދިޔައީ..
ދދ
04 August 2017
ފައިސާ ހޯދަން އިތުރުު މަގެއް !
އަލީ
03 August 2017
އޭސީސީ ނިދާފަ. މިއޮތް ދަނޑިވަޅުގަވެސް ކޮރަޕްޝަން ފުޅާކުރެވޭތޯ އަދިވެސް މިބަލަނީ.
އަހުމަދުބެ
03 August 2017
ތަންތަން މީސް މީހުންގެ ނަމައް ބަދަލުކޮށް ރާއްޖެއިން ބޭރައް ސިޔާސީ ގިނަ ބަޔަކު ދިއުމަށް ތައްޔާރުވަނީއެވެ.
ބަކުރު އެންޑް ޒުބޭރް
03 August 2017
ވިއްކާވިއްކާ މިތަންތިޔަ އަވަދިވީ.
ހެނބަދޫ ރައްޔިތުން ގެއްލިގެން ހޯދާ މެންބަރެއް މއރފ
03 August 2017
ޅ އަތޮޅުގައި އެ ހަދާ އެއްވެސް ތަނަކުން ސަރުކާރަށް އެއްޗެއް ލިބޭތަ. ބުނާތީ އަޑުއަހަން އެ ދަނީ އަތުން އަތަށޭ.
ރޯޒް
03 August 2017
އަނެއްކާ ކާކަށް ފަހާލި ކޯޓެއްތޯ؟ ޓޫރިޒަމް މިނިްސްޓްރީގެ ގަވާއިދު ތަކަކީ އަބަދުވެސް ކޮންމެވެސް މީހަކަށް ފަހާލާ ކޯޓެއް. އެކަން ގޯސްވީމައި އަނެއްކާވެސް ގަވާއިދު ބަދަލު ކޮށްލާނީ.
ނަޑެއްލާ
03 August 2017
ކޮންބައެއްގެ ހުއްދައެއް ހޯދައިގެންތޯ ރައްޔިތުންގެ ޙަޒާނާގެ ތެރޭގައި ހުރި ފަޅު ފަޅާއި ރަށްތައް ނުވިތާކަށް ކަނޑު ތައްވެސް ވިއްކާ ހުސްކުރީ.
އުމަރު
03 August 2017
ޓޫރިޒަމްގައި ތިޔަކަހަލަ އެތަކެއް ޕޮލިސީތަކާއި ގަވައިދުތަކެއް އެބަހުރި، މުޅިންވެސް ކަޓްނަގަން ކުރެވޭހާކަންކަން
އަހުމަދު
03 August 2017
ވާނުވާ އެއް ބަލާނުލާ ، އިދިކޮޅަށް ކޮމެންޓް ކޮށްލީމަ އެހިސާބުން އެވަނީ ފުރިހަމަ މީހަކަށް..... ބޯހަަލާކު..