ލޯކަލް މާރުކޭޓުން މީހަކު ވިޔަފާރިކުރަނީ. -- ފޮޓޯ: މިހާރު
10 އޯގަސްޓް 2017 - 20:23
މިދިޔަ އަހަރު ލޯކަލް މާރުކޭޓުގައި 166.8 މިލިއަން ރުފިޔާގެ ދިވެހި އުފެއްދުންތައް ވިކިފައިވާ ކަމަށް މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދަނޑުވެެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވާއިރު އެކަމުން ލިބޭ ފައިދާ ވެސް އިތުރުވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ކުރިއެރުމާ އެކު ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަ ކަމަށެވެ.
ބަޔާނުގައިވާ ގޮތުން، ދަނޑުވެރިކަމުގެ ސިނާއަތަށް ރާއްޖޭގެ 78 ރަށަކުން 7،536 ދަނޑުވެރިން ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން 53 ޕަސެންޓަކީ އަންހެނުންނެވެ.
ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާފައިވަނީ ދަނޑުވެރިކަމުން ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުކުރުމަށާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އިގުތިސޯދުގައި ދަނޑުވެރިކަމުން ހިއްސާކުރާ މިންވަރު އިތުރުކުރުމަށް ކަމަށް ބަޔާނުގައި ބުންޏެވެ.
"މިއަދު އަޅުގަނޑު އެންމެ އުފަލާއެކު ފާހަގަކޮށްލަން ބޭނުންވަނީ ރާއްޖޭގެ ހީވާގި ދަނޑުވެރިން ކުރައްވާ ބުރަ މަސައްކަތުން، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާކަމެވެ. އަދި މި މަސައްކަތުން ލިބޭ ނަފާ ވެސް އިތުރުވަމުންދާ ކަމެވެ،" ބަޔާނުގައި ބުންޏެވެ.
ރާއްޖޭގައި ދަނޑުވެރިން އުފައްދާ ބާވަތްތަކުގެ އަދަދު އިތުރުވިކަމުގައި ވިޔަސް އަދިވެސް ރާއްޖޭން ބޭރުން ތަރުކާރި އާއި މޭވާގެ ބާވަތްތައް ގެންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ، ރާއްޖޭގެ ބިމުގައިި ފަސޭހައިން ހެދޭ ފަސް ބާވަތްތައް ކަމަށްވާ ކަރާ، ބަރަބޯ، ކިއުކަންބާ، ފަޅޯ އަދި ފަތްކޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު މަދުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް އެ ބަޔާނުގައި މިނިސްޓަރު ވިދާޅުވި އެވެ. މި އަމާޒަށް ކުރާ މަސައްކަތުގައި، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ލ. ގަން ކުރުހިންނާގައި ގާއިމުކުރަން ހަމަޖައްސާފައިވާ ގަން އެގްރިކަލްޗާ ސެންޓަރުގައި އެކަމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.
މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމުގެ އެއް ވައުދުގެ ތެރެއިން "ކާނާގެ ޔަގީންކަން ހޯދައިދިނުން" ގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ބަކަރި ގެންގުޅުން ތައާރަފްކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް މަދުވެގެން ދެ ރަށެއްގައި ބަކަރި ފާމްތައް ހަދައި އެކަމުން ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދެމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނުކުުރުމަށް މިދިޔަ އަހަރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި އެގޮތުން އެ ދާއިރާއަށް ޒުވާނުން ނެރުމަށާއި ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަށް ފަށާފައިވާ ލޯނު ޕްރޮގްރާމުގެ ދަށުން މިހާތަނަށް 86 ފަރާތަކަށް 5.8 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯކަލް
13 August 2017
މިހާރު ލޯކަލް މާރކޭޓަކީ ޓެކްސް ނުދައްކާ ބޭރުން ގެއްނަ މުދާ ވިއްކަން ބޭނުންކުރާ ތަނެކެވެ. ޓެކޮސް އޮތޯރިޓީ އަކައްވެސް އަދި ޓްރޭޑް މިނިސްޓްރީ އަކަށްވެސް މިކަން ބެލޭކަމަކަށް ނުވޭ ނުވަތަ ބަލާކަށް ބޭނުމެއް ނުވޭ.
ހިނާޖް ޝަރީފް
13 August 2017
ހާދަ ރީތި އަތުކުރިއެކޭ!
އަންމަޑޭ
12 August 2017
މިހާރު ތިޔައީ ބިދޭސީ މާރުކޭޓް އެވެ. ލޯކަލް ދެތިންމީހުން ފެނެއެވެ.
އަލްޖިބްރާ
12 August 2017
ލޯކަލް މާރުކޭޓުގައި ވިއްކާ ތަކެއްޗޭ ޝައިނީ ގޮވާއިރު ލޯކަލް މާރުކޭޓުގައި ވިއްކަނީ ކޯންޗެއްކަން ޝައިނީއަށް އެގޭތަ ؟
ޝައިނީ
12 August 2017
ކޮންޗެއް؟
ދަނޑުވެރިޔާ
12 August 2017
ދިވެހި ދަނޑުވެރިން ކުރިއަރައިގެންގޮސް މިހާރު ލިބެންހުރޭ އާފަލު، އޮރެންޖު، ޑްރެގަންފުރުޓް، މޭބިސްކަދުރު، މިހެންގޮސް އާއްމުކޮށް ދިވެހިރާއްޖޭގަ ނުހެއްދޭ ބާވަތްތައްވެސް ބައިވަރު. ޝައިނީގެ ކުޅަދާނަކަމުން ދިވެހި ދަނޑުވެރިންނަށް މިކަންކަންވެސް ވާނެ ގޮތް ހޯދާދީފަ އެއޮތީ. ދެން އަތްޖަހާ!
މޮޔަފުޅު
12 August 2017
ތިބުނާ ލޯކަލް މާރުކޭޓުގަ ގިނައީ ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކާ އެއްޗެހި. ޝައިނީއަށް މިކަން އެނގިލައްވާބާ! އަޑުއިވިފައި އޮންނަ ގޮތުން އެތަނުގަ ވިއްކަންޖެހޭނީ %100 ދިވެހި އުފެއްދުންތައް. މިކަންކަން ބަލަނީ ކާކުބާ؟ ކޮން މުއައްސަސާއެއްގެ ޒިންމާއެއްބާ މިއީ؟
ހުއްބުލްވަތަން
12 August 2017
މާރުކޭޓޫން ތިޔަ ވިދާޅުވާވަރަށް ވިޔަފާރި ވި ނަމަވެސް ޓެކުހުގެ ގޮތުގައި މީރާއަށް ލޯލާރިއެއްވެސް ނުވަދޭ. އެހެންކަމަށް ވާނަމަ މީރާއީން މިކަންކަން ނުބަލަނީ ކީއްވެތޯ މިނިސްޓަރު ބައްލަވަން ނުޖެހޭތޯ؟ ބަޖެޓް ޑެފިސިޓްވެގެން އަތްނުރާ ފަށަށް އަރާއިގެން އުޅޭވާހަކަ ނޫސްތަކުން އަޑުއިވެނީ.
ހަސަން
12 August 2017
އިންޑިޔާގަވެސް ޖީއެސްޓީ އެބަ ނަގާ ނަމަވެސް ލޯކަލް މާރކޭޓުން ވިއްކާއެއްޗެއް ސަކުން ޖީއެސްޓީއެއް ނުނަގާ .. ލަންކާގަވެސް ޓެކްސް އެއް ނުނަގާ ލޯކަލް މީހުން ވިއްކާ އެއްޗެހިން މިއީ އާމުންނައް ހެޔޮއަގުގައި އެއްޗެއް ފޯރު ކޮއްދީ ހެދުމައް ދީފަ ހުންނަ ލުޔެއް .. އެހެންވީމަ ރައްރަށުން ބުރަ މަސައްކަތުން ހައްދާ މިރުސްކޮޅާއި ލުބޯކޮޅުން ޓެކުހެއް ނަގާކައް ނުޖެހޭ ބޭފުޅާ މޮޔަ ނުގޮވާ ..
ދރ
12 August 2017
ހުއްބުލްވަތަންމެނަކަހަލަ މީހުންކަހަލަ ތަންދޮރު ނުދަންނަވެރިން މިގައުމުގައި ގިނައީ. ދެންކިހިނެއް ކަމެއް ރަނގަޅުވާނީ.
ޢަލީ
12 August 2017
ދަނޑުވެރިކަން ކުރާ ރަށްރަށުގެ ބިންހިއްކުމާ ދަނޑުވެރިންނަށް ފެން ލިބޭނެގޮތް ފަދަ އެއްކަމެއް ސަރުކާރުން ނުކޮށްދޭ. ޢުފައްދާ ޢެތިކޮޅުން ލާރިއެއް ލިބިދާނެތީ ދަތުރުވެރިންގެ މާރުކޭޓުން ގޮޅިތައްދީފަ ހުރީ ޕީޕީއެމް މަޖިލީސް މެމްބަރުންނާ އެމީހުންގެ ރައްޓެހިންނަށް. ޢެންމެ ކުޑަމިނުން މާލެއަށް ގެންނަ އެތިކޮޅު ވިކެންދެން ބަހައްޓާލެވޭނެ ގޮތެއްވެސް ނެތް. ދަނޑުވެރިންނަށް ދޭންބުނި ފައިސާ ލިބެނީކީނޫން. މާރުކޭޓު ގިނައިން ވިއްކަނީ އިމްޕޯޓް އެއްޗެހި ކަމެއްވެސް ސައިނީއަކަށް ނޭނގޭ. މީކޮން މިނިސްޓަރެއްތަ.
ގޮށްމުށުގެ ސަރުކާރު
12 August 2017
64،000 ވަޒީފާގެ ހިސާބު ޖެހިހެން ހިސާބު ޖަހާފަ މިއޮތީ، ގައިމު އެއްވެސް މިންގަނޑަކަށް ފެތޭނެ ހިސާބުތަކެއް ތިޔަ ގޮޅިތަކުގައި ވިޔަފާރި ކުރާ ބަޔަކު ނުބަލަހައްޓާ، ތީ ކޯޓުން ޤާނޫނު އަސާސީ މާނަކުރާހެން ހުރިހާކަމެއް ވެސް، މިއަންނަ އަހަރަކު އިންތިޚާބެއް ވެސް ނުބާއްވާ ހިސާބު ޖަހާފަ ބުނާނެ ކަންނޭގެ ދެން 65% އެއީ ދަރުބާރޭ މެންގެ ތާއީދޭ އެހެންވީމާ ސްޕްރީމު ކޯޓަށް ގޮސް ޤާނޫނު އަސާސީ މާނަ ކޮށްލާ " ހަމަ ޔަޤީނުން ވަކިމީހަކު ހޮވެން އޮތްކަން އިނގޭ އިރު ވޯޓުލުމެއް ބޭއްވުމަކީ އިސްރާފެއް ކަމުން އިތުރު ދައުރެއް ވޯޓު ނެގުމަކާ ނުލާ ލިބޭގޮތަށް އޮތުމޭ ޤާނޫނު އަސާސީގެ މަފްހޫމަކީ"، މިހެން ހުކުން ލިޔެގެން ގޮސް އެހުކުން އިއްވީމަ އެއޮތީ 2018 ޔަޤީން ވެފަ ހަރު ހަރުކޮށް
ކަނަމަނަ
11 August 2017
މިނިސްޓަރުކަމުގައި ހުއްޓަސް ތިމާއަށް އެނގޭވާހަކަ ދައްކަބަލަ. ލޯކަލް މާރުކޭޓަށް ވައްދާތަކެތީގެ %99 އަކީ ރާއްޖެއިން ބޭރުން އެތެރެކުރާތަކެތި .ކަމަކާގުޅޭގޮތުން ވާހަކަ ދައްކާނީ އެކަމެއް ހިނގާނުހިނގާ ގޮތް އެނގިހުރެގެން.