މައިލޯ ފުޓްބޯލް ފިއެސްޓާ މުބާރާުތުން އެއް ވަނަ ހޯދި ސްކޫލަކަށް ތައްޓާއެކު އުފާފާޅު ކުރަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
19 އޯގަސްޓް 2017 - 12:19
ކުޅިވަރުގެ ދާއިރާއިން ހުނަރުވެރިން އުފެއްދުމުގެ މަގުސަދުގައި ރާއްޖޭގައި ސްޕޯޓްސް ސްކޫލެއް އެޅުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ނިންމައިފި އެވެ.
ކުޅިވަރު ގާނޫނުގެ ދަށުން ވުޖޫދުވި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ރައްޒާގު އިބްރާހިމް ވިދާޅުވީ އެ ކުންފުނީގެ ދަށަށް ބަދަލުކުރަންޖެހޭ ބިންތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަހުރި ކަމަށާއި މި ސްކޫލު ގާއިމްކުރާނެ ތަނެއް ކަނޑައަޅާނީ އެ ބިންތައް ކުންފުނީގެ ދަށަށް ބަދަލުކުރުމަށްފަހުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ސްކޫލު އެޅުމުގެ އެކި ކޮންސެޕްޓުތައް އެބަހުރި ކަމަށެވެ. އެއީ ސްޕޯޓްސް ސްކޫލެއްގެ ގޮތުގައި ވަކި ސްކޫލެއް އެޅުމާއި މިހާރު ކިޔަވައިދެމުން އަންނަ ސްކޫލެއް ސްޕޯޓްސް ސްކޫލެއްގެ ކޮންސެޕްޓަށް ބަދަލުުކުރުމާއި މިހާރުވެސް ކިޔަވައިދެމުން އަންނަ ސްކޫލެއްގައި ކުޅިވަރުގެ ދާއިރާއިން ކިޔަވައިދޭން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވަކި ކޮންސެޕްޓެއް އަދި ނުނިންމަ އެވެ.
ރައްޒާގު ވިދާޅުވީ ރާއްޖޭގައި ސްޕޯޓްސް ސްކޫލެއް ގާއިމްކޮށްފި ނަމަ އެކަން ވެގެން ދާނީ ކުޅިވަރުގެ މުސްތަގުބަލަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކަށް ކަމަށެވެ.
"ރާއްޖެއަށް ވަރަށް މުހިއްމު ސްޕޯޓްސް ސްކޫލެއް. އެއީ ރާއްޖޭގައި ހުނަރުވެރި އެތްލީޓުން އެބަތިބި، އެކަމަކު އެ މީހުން ތަމްރީނުކުރެވެން މި ފެށެނީ ލަހުން. ސްޕެޝަލައިޒްވާން ޖެހޭ ހިސާބުގައި އަދި ކިރިޔާ ބޭސިކް މި ދަސްކޮށްދެވެނީ. ކުޅިވަރު ދަސްކޮށްދޭންޖެހޭ އެންމެ މުހިއްމު ދުވަސްވަރު ގެއްލިފައި މި އޮންނަނީ،" ރައްޒާގު ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ގައުމުތަކުގައި ވެސް ސްޕޯޓްސް ސްކޫލު ގާއިމްކޮށް އެތަންތަނުގައި ކިޔަވައިދީ، ކުޅިވަރުގެ ތަރިން އުފައްދައިިދެމުން އަންނަ ކަމަށާއި އެހެންކަމުން ރާއްޖޭގައި އަޅަން ނިންމާފައިވާ ސްކޫލުގެ ސަބަބުން ވެސް ގިނަ ތަރިން ތަކެއް އުފެދިގެންދާނެ ކަމަށް ރައްޒާގު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ސްޕޯޓްސް ސްކޫލެއް އެޅިކަމުގައި ވިއަަސް، ކިޔަވަން މަޖުބޫރު ހަތަރު މާއްދާ ކަމުގައިވާ އިސްލާމާއި ދިވެއްސާއި ހިސާބު އަދި އިނގިރޭސި ކިޔަވައިދޭނެ އެވެ. އެ މާއްދާތަކުގެ އިތުރުން ދެން ކިޔަވައިދޭން ހަމަަޖައްސާފައިވަނީ ކުޅިވަރާ ގުޅޭ މާއްދާތަކެވެ.
އެ ތަނުގައި ކިޔަވައިދޭނެ ކުޅިވަރުތައް ވެސް ނިންމާނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައި އެ ކުންފުނީގެ ބޯޑުން ކަމަށް ރައްޒާގު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލުގެރާނީ
19 August 2017
މުލިއާގެ މިހާރު އެހުންނަނީ މާބޮޑު ބޭނުމެއް ނުހިފާ، އެތަން ރަގަޅުވާނެ.
ދަވޭ
19 August 2017
ތިޔާ ސްކޫލް އަޅަންވީ ހުޅުމާލެ 2 ގައި 25 ބުރި އަށް އަދި ޓްވިންޓަވަރު ހިމެނޭ ހޮޓަލަކާއި އަދި ޓްވިން ޓަވަރު ހިމެނޭ ކޮންޑޮމީނިއަމްސް ތަކާއި އެކު އެވެ. އެއިރަށް ތިޔާ ސްކޫލް ފީސްބްލް ވާނީ ދޯ.
އުމަރު
19 August 2017
ކުޅިވަރު ސްޕޯޓްސް އެޅުމަށް ބޭނުންވާ ބިމެއް ނުވަތަ އިމާރާތެއްނޫން ބޭނުންވަނީ، ރާއްޖޭގައި އެބަހުރި އެކިތަންތާގައި އެއްވެސް ބޭނުމެއް ނުކޮށްހުރި އިމާރާތްތަކެއް އެތަންތަން ސްޕޯޓްސް ސްކޫލުތަކަށް ބަދަލުކުރަންވީ، އަދި އެންމެ ރަނގަޅުވާނީ ކޮންމެ ސްކޫލެއްގެ ކާރީގައި ހުސްޖާގަ އޮތިއްޔާ އެއިރުން އެތަން ބޭނުންކުރެވޭނެ ޕްރަކްޓިސްތަކުގައި، ފުރަތަމަ އެއްތަން ފަށަންޖެހެނީ މާލޭގައި، ދެން މަޑުމަޑުން މީހުން އޮތްތަންތަނަށް އިތުރުކުރާނީ، ހަގީގަތުގައި އެންމެ ރަނގަޅުވާނީ ސްކޫލުތަކުގެ ތެރޭގައި ތިޔަ ސްކޫލުގެ ބައެއް ގާއިމްކުރިއްޔާ އަދި ސްކޫލުތަކުގެ ސްޕޯޓްސްތަށް ތިޔަ ސްކޫލަށް ބަދަލުކުރިއްޔާ، އެއިރުން ތިޔަ ކުންފުނިން ސްކޫލުތަކުގެ ސްޕޯޓްސްގެ ކަންކަންބަލަމުން ގެންދެވޭނެ އެއިރުން ރިސޯސަސް ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ، މިހާރުވެސް ގިނަ ސްކޫލުތަކަކީ އެކަން ފޯކަސްކޮށްގެން ނުކުރެވޭތަންތަން، އެމީހުންނަށް ބޭނުންވަނީ ރަނގަޅު ސްޕޯޓްސް ލީޑާރޝިޕެއް، އެކަން ތިޔަތަނުން ހިންގީމަ ރަނގަޅުވާނެކަމަށްފެނޭ