ސޯޝަލް މީޑިއާ އެކްޓިވިސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެކުވެރިއެއް ކަމަށްވާ މޫސާ އަންވަރުގެ ގެޔަށް ގެއްލުން ދީ އެ ގޭގެ ދޮރަށް ރޭ ދަންވަރު ބަޔަކު ކަތިވަޅި ޖަހައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު ސ. ހިތަދޫ ގެއެއްގެ ދޮރަށް ކަތިވަޅިއެއް ޖެހި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހިތަދު ލައިފްގޭގެ ދޮރަށް ކަތިވަޅި ޖަހާފައި ވަނީ ރޭ ދަންވަރު އެވެ. އެގޭގެ ކުޑަދޮރެއްގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ.
އަދީބު ހައްޔަރުކުރި ފަހުން މޫސަ ރާއްޖެއަކަށް ނާދެ އެވެ. މިހާރު އޭނާ ދިރިއުޅެނީ އިނގިރޭސި ވިލާތުގަ އެވެ.