ހައުސިން މިނިސްޓަރު ޑރ. މުއިއްޒު "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ.-- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ސެޕްޓެމްބަރ 2017 - 23:57
ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ މައުލޫމާތު ނުހިމަނައި ހަމައެކަނި ފޯމުގެ ނަމްބަރާ އެކު ލިސްޓު އާއްމުކުރީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ހުޅުވާލި ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިއަދު އާއްމުކުރިއިރު، އެ ލިސްޓުގައި ފޯމު ނަންބަރު އެކަނި ޖަހާފައި އޮތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ހާމަނުކުރީ ފްލެޓް ލިބުނު މީހުން ސިއްރުކުރަން ކަމަށް ބުނެ ވީހާވެސް ދެފުށްފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީ އަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
Ekakah 2 flat eh nudheyne.Form number ekani himenee flat libey meehunge adhi nulibey meehunge ves haqqu thah rakkaatheri kohdhinumuge gothun https://t.co/X1yqHitplB
— Dr.Mohamed Muizzu (@MMuizzu) September 11, 2017
މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓް
ލިސްޓު އާއްމުކުރި ގޮތާ މެދު ޝަކުވާކުރަމުން ދަނިކޮށް، ހައުސިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަކަށް ދެ ފްލެޓެއް ނުލިބޭނެ ކަމަށެވެ. އަދި ލިސްޓުގައި ފޯމު ނަންބަރު އެކަނި ހިމެނީ ފްލެޓް ލިބޭ މީހުންނާއި ނުލިބޭ މީހުންގެ ވެސް ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބޭ 661 މީހުންގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލައިފަ އެެވެ.
ހުޅުމާލެ އިން ދޫކުރަން ހަމަޖައްސާފައިވާ މި ފްލެޓްތަކަށް ކުރިމަތިލާން 2014ގައި ހުޅުވާލުމުން ގާތްގަނޑަކަށް 15،000 މީހުން ފޯމު ހުށަހެޅި އެވެ. ފްލެޓް ލިބޭ ޖުމްލަ 661 މީހުންގެ ލިސްޓް އާއްމުކޮށްފައިވާއިރު، ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 704 މީހުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަޒީރު
12 September 2017
މާލޭރައްޔިތުން އެއީ ރޮހިންޖާ މީހުންނެކޭ އެއްފަދައިގައި ތިބިބައެއް
އަބްދުއްލާ
12 September 2017
700 ފްލެޓަކުން 53 އާ ހަމަޔަކަށް ނުދާނެދޯ؟
އަބްދުއްލާ
12 September 2017
ނަން ކޮންމެހެން ހާމަކުރާކަށް ނުޖެހޭ . އެމީހެއްގެ ފޯމް ނަުންބަރާ އައިޑީ ކާޑު ނަންބަރާ ނަމާ އެޑްރެސް ޖަހާފަ އޮތް ރަސީދެއް ފޯމް ހުށަހެޅި ހުރިހާފަރާތަކަށް ދީފަ އެބައޮތް ، އެމީހެއްގެ ނަންބަރު އޮވެއްޖެ ނަމަ އެމީހަކު ކުރިޔަށް ދާންވީދޯ
ކިބަޅި
12 September 2017
މިިނިސްޓަރު މުއިއްޒު 5.6 މިލިއަނަށް ހުޅުމާލެއިން ރޯހައުސްއެއް ބައްލަވައިގެންފި https://mihaaru.com/news/22746 މިނިސްޓަރު މުއިއްޒު ރޯ ހައުސް ބައްލަވައިގަތުން ގާނޫނު އަސާސީއާ ޚިލާފު: ސުއޫދު https://mihaaru.com/news/22753
ގެދޮރުނެތޭ
12 September 2017
މިވީގޮތުން މިޖެހުނީ މަގުމައްޗަށް ނިކުންނަން
ރަށުމެދު
12 September 2017
ޓްވީޓް ކޮށްލީމާ ނިމުނީތ؟ ކޮބާ ޖަވާބުދާރީވުން؟
ބޯހަލާކު
12 September 2017
ރައީސް ބުނުއްވައިފިއްޔާ މުއިއްޒު ނަމާ އައިޑީކާޑް ނަމްބަރު ޖަހައިގެން ގެޒެޓް ކުރާނެ.. އަދި ރައީސްއަށް އެނގިވަޑައި ނުގަންނަވަނީ މުއިޢްޒުމެން ކުރަނީ ކޮންކަމެއްކަން.. މައްސަލަ ހުށަހެޅުމަށް 3 ދުވަސް..
މަރުމޯލު
12 September 2017
ރައްޔިތުންގެހައްގުތަކަށްއަރައިގަތުމުގެ ދުނިޔޭގެ ރިކޯޑް މިސަރުކާރަށްލިބިދާނެ. ތިމާމެންގެހައްގުތަށްނޫންއެއްޗެއްރައްކާތެރިއެއްނުވޭ
ގައުމީދޫ
12 September 2017
ފްލެޓްތައް ލިބިގެން އުފާ ފާޅުކުރަނީ ކޯޑިނޭޓަރުންނާއި މިނިސްޓަރުންގެ އާއިލާއަށް ނިސްބަތްވާ މީހުން. އޭގެ ތެރޭގައި މާލެ ބަދަލުވިތާ 3 އަހަރު ހަމަނުވާ ބަލަދު އަރާ އެންމެ ދަރިއަކު ހުރި މީހުންވެސް އަބަތިބި. އަހަރެމެންގެ ދިވެހިންގެ ފައިސާ ބޭކާރު ކުރާ ( ޕްރޮޖެކްޓްތަކުގެ މަސައްކަތް ރިޕީޓްކޮށް ކުރަންޖެހުމާއި، ނިންމާ މަސައްކަތުގެ އެންމެ ފުރިހަމަ ބޭނުން ނުހިފުމާއި ) އަދި ދިވެހިންގެ ފައިސާއިން ނިންމާ ޕްރޮޖެކްޓްތައް އޭގެ އެންމެ ހައްގުވެރިންނަށް ނުލިބޭގޮތަށް ކަންކަންކުރާ ވަޒީރަކު ބޭރުކޮށް އިންސާފުގެ ކުރިމައްޗަށް ގެންނަން އެބަޖެހޭ ނޫންތޯ
ށަދެ
12 September 2017
މިހުރިހާ ކޮމެއްޓެއް ކުރަނީ އެމްޑީޕީ މީހުން
މަރީނު
12 September 2017
ބަލަ ހަޤީޤަތްހާމަކުރުމަކީ ވަކި ޕާޓީއެއްގެ ކަމެއްތޯ؟ މިއީ ދިވެހިންގެ ހިތުގެ އާދޭސްތައް، އެމީހުންގެ ޝުއޫރު، އިޙްތިރާމްކުރޭ!!