ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

75 އަހަރުގެ މީހާ ދަރިންނާ ބެހުނީ އަނިޔާކުރާނަމޭ ބުނެ ބިރު ދައްކައިގެން: މަންމަ

ގދ. އަތޮޅު ރަށެއްގައި 75 އަހަރުގެ މީހަކު އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބަދުއަހުލާގީ އަމަލު ހިންގީ އެ ކުދިންގެ މަންމައަށް އަނިޔާކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން ކަމަށް މަންމަ ބުނެފި އެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން، އެ ހަތަރު ކުދިންގެ މަންމަ ބުނީ އޭނާގެ ދަރިންނަށް ދުވަސްވީ މީހާ ޖިންސީ ގޯނާ ކުރާކަން އެނގޭ ކަމަށާއި އެކަމަކު އޭނާ ހަނުހުރީ ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގައި އޭނާގެ އިހުމާލް އޮތް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"ވަރަށް ބޮޑަށް އިންޒާރުދީ ބިރުދެއްކި. އެއީ އަހަރެން (އެ ވާހަކަ) ބުނެފާނެތީ. އޭނަ ބުނެފައި އޮންނަނީ އެ ކަހަލަ ވާހަކައެއް ދައްކައިފިއްޔާ އަނިޔާކުރާނަމޭ. ދުވަހަކު ވެސް އެ ވާހަކަ ނުދައްކައްޗޭ، ކިޔާފައި ބިރު ދައްކާފައި އޮންނަނީ،" މަންމަ ބުންޏެވެ.

"[އިހުމާލު އޮތް ކަމަށް] ގަބޫލުކުރަން. ގަބޫލުކުރަން ޖެހޭނެ އެއްނު!. [އެކަމަކު] އެއީ އަހަންނަށް އިންޒާރު ދީގެން ކުރުވި ކަމެއް ވިއްޔަ."

އެ ކުދިންގެ މަންމަ އެގޮތަށް މި ބުނީ އެމީހާގެ ޖިންސީ ގޯނާކުރުން އޭނާގެ ދަރިން ތަހައްމަލްކުރި އިރު އެކަމާ އަޅާނުލާ ހުރުމުން، އެހެން މީހުންގެ ފާޑުކިއުން ވެސް އަމާޒުވެފައި ވަނިކޮށެވެ.

ހަތަރުބެއިިންނާ ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ބުނާ މީހާ ވަނީ އެ ކުދިން އުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. އެއީ ސަބަބެއް ކަމަށް ބަލައިގެން، އޭނާ ވަނީ، ވޭތުވެ ދިޔަ 12 އަހަރު، އެކި ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގައިފައި ކަމަށް، އެ ކުދިން ބުނެ އެވެ.

މިހާރު 24 އަހަރު ފުރިފައިވާ އެންމެ ދޮށީ އަންހެން ކުއްޖާއާ ތިން އަހަރު ވަންދެން ބަދުއަހްލާގީ އަމަލު ހިންގި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އޭނާ ފިލައިގެން މާލެ އައުމުން، ފިރިހެންމީހާގެ ޝިކާރައަކަށް ވީ ދެން ތިބި ކުދިން ކަމަށް، ކުރިން ދިން އިންޓަވިއުއެއްގައި، އޭނާ ބުންޏެވެ.

އެ ކުދިންގެ މަންމަ ބުނީ މިހާ ދުވަސްވާންދެން ދަރިންނަށް އެހާ ބޮޑު އަނިޔާއެއް ލިބުމުން ހިތާމަކުރާ ކަމަށާއި އެކަމަކު ދަރިންނާ އެ މީހާ ބެހޭކަން އެންމެ ކުރިން އޭނާއަށް ނޭނގޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެމީހާ އެ ގެއަށް އާއްމުކޮށް އަންނަނީ ރޭގަނޑު 11:30 ނުވަތަ 12 ޖަހާއިރު އެންމެން ނިދުމުންނެވެ. އެކަމަކު ކުދިންގެ ކޮޓަރިއަށް އޭނާ ވަންނަކަން އެނގުނީ ފަހުން ކަމަށް ވެސް ބުންޏެވެ.

"މިހާރު"އާ ވާހަކަ ދައްކަމުން، ޖިންސީ އަނިޔާ ލިބުނު ކުދިން ބުނީ ދުވަސްވީ މީހާގެ ގޯނާތަކުގެ ވާހަކަ މަންމައަށް އެންގުމުން އެދުނީ އެ ވާހަކަ ނުދެއްކުމަށް ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ހުރީ ބަލިވެގެން ކަމަށް ބުނެ މާލޭގަ އެވެ. އެކަމަކު އޭނާ ރާއްޖޭން ބޭރަށް ދިޔަ ނުދިނުމަށ،ް ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމު މީގެ ކުރިން އޭގެ މައްސަލައެއް ތަހުގީގުކުރަން ރަށަށް ދިޔަ ފަހަރު ވެސް ބަލިވެގެން ސިއްހީ މަރުކަޒުގައި އޭނާ އެޑްމިޓްކުރި ކަމަށް، މައުލޫމާތު ހުރި މީހުން ބުނެ އެވެ.

72 ކޮމެންޓް, 287 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 21%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެރޭ

16 October 2017

ނަމުގަފޮނުވާ ކޮމެންޓު ނުޖަހަނީ ކީއްވެ

The name is already taken The name is available. Register?

ާާއަލީ

16 October 2017

މިކަމުގައި މަންމަގެ އިހުމާލު ވަރަށް ބޮޑު..

The name is already taken The name is available. Register?

މާޒީ

16 October 2017

ތީ އާކަމެއްނޫން ، މަ މީ މިހާރު ބޮޑުވެ ދަރިން ލިބިފަ ހުރިމީހެއް ، މަ ކުޑައިރު 11 އަހަރުން ފެށިގެން 14 އަހަރު ވަންދެން މަށާ ޖިންސީ ގުޅުން ހިންގި 69 އަހަރުގެ މީހެއް އެމީހާއަކީ ބައްޕަގެ ރަށުމީހެއް ގޭގަ ހުންނަނީ ، ފުރަތަމަ އެމީހާ މަށައް ލާރި ދޭން ފެށީ ، ދެމުން ދުމުން ގޮސް ކާރިވާން ފެށީ ، އޭނަގެ ބޭނުން ފުއްދުވުމުގަ ދުވަސް ތަކެއް ފާއިތު ވުމައްފަގު އެންމެ ބޮޑު ކަންތައްވެސް މަށާއެކު ކުރަން ފެށި ، ކޮންމެފަހަރަކު ފައިސާދޭ ، މަގޭ ޅައުމުރު ކަމުގެ ސަބަބުން ލިބޭ އަރާމުން މަށައްވެސް ދެވެނީ ، ނަމަވެސް 14 ހޭވެރިކަންވެ ކީއްކަން މިކުރެވުނީމައި ހުޓާލިން ވަގުތުން ، ވަރައްށް ދެރަވޭ އެކަމާ މިހާރު . އެއްވެސް މީހަކައް ނޭންގޭނެ އެކަމެއް . އެމީހާ ދުވަސް މަރުވެއްޖެ މިހާރު -މާޒީ-

The name is already taken The name is available. Register?

ޢަބްދުލްމުހައިމިން

16 October 2017

" އޭނާ ބުނި ގޮތުގައި އެމީހާ އެ ގެއަށް އާއްމުކޮށް އަންނަނީ ރޭގަނޑު 11:30 ނުވަތަ 12 ޖަހާއިރު އެންމެން ނިދުމުންނެވެ. އެކަމަކު ކުދިންގެ ކޮޓަރިއަށް އޭނާ ވަންނަކަން އެނގުނީ ފަހުން ކަމަށް ވެސް ބުންޏެވެ." ކުދިންގެ ކޮޓަރިއަށް އޭނާ ވަންނަކަން ކުރިން ނޭނގޭއިރު، މިހާދަންވަރު އައީ ކޮން ބޭނުމެއްގައިބާ؟ މިވެސް ބަލަންޖެހޭ ކަމެއް. ކުދީންގެ ބައްޕަ ކޮބައިތޯ؟ ތި ބުނާ 75 އަހަރުވީ މީހެއްގެ ނަމާއި ރަށް ފޮރުވުމުގެ ބޭނުމެއް ނެތް. ތިއީ މަންމަ އޭނާ ލައްވާ ކުޅުވި ކުޅިގަނޑެއް. އެހެންވީމާ، ތި ކަމުގައި ދެމީހުންގެ ވެސް 100އިންސައްތަ ހިއްސާ އެބައޮތް.

The name is already taken The name is available. Register?

ހުސެން

16 October 2017

ދަރިން ލިބުމަށް ފަހު ދެމަފިރިން ދުރުވީމާ މިފަދަ ކިތަންމެ ކަމެއް ހިނގުމަށް މަގުފަހިވޭ، ހާއް ސަކޮށް އަންހެންދަރިން މަންމަޔާ ބައްޕަ ވަރިވެއްޖެނަމަ އަންހެންދަރިން މިޒަމާނުގައި ސަލާމަތުން ބޮޑުވުމަކީ ނާދިރުކަމެއް، އެދުމެއްނެތި ވެދުމެއްނުކުރާނެ، އެއްވެސް މީހަކު ފައިސާ ގިނަވެގެން ނޫޅޭނެ، ކައިވެނި ރޫޅުނުކަމުގައިވިޔަސް ދެންވެސް ކަވަނިކޮށްގެން ރަނގަލު ގޮތުގައި އެޅެން އުޅުނުނަމަ ތިޔަހެން ވުމުގެ ފުރުސަތު ކުޑަވާނެ، ތީ މަންމަ ކުރުވިކަމެކޭ މަށައްބުނެވޭނީ

The name is already taken The name is available. Register?

މޯރޗީ

16 October 2017

ހުރިހާ ހަބަރެއް ކިޔާލީމާ އިގެނީ ދަރިން ވިއްކާލާފަ މަންމަ ބޭނުންވީ ގޭގެ އިންފާރު ރާނާ ޓިނު ޖަހަންކަން.

The name is already taken The name is available. Register?

ރުޅިގަދަމީހާ

16 October 2017

އެމީހާމިހާރުހުރީ ކޮންތާކު ބައްދަލުކޮއްލަން ބޭނުން

The name is already taken The name is available. Register?

ހުސެން

16 October 2017

ކޮންޓްރޯން ބުރޯ އޭނަގެ އެކަނި މައްސަލައެއްނޫން މީކީ، މިތާ މިކޮމެންޓް ކުރާ އެކަކުވެސް މިކަހަލަ ޝިޓްއޭޝަނެއްގައި ލިބުނީމަ ނުބެހި ނުހުންނާނެ، ދެން އެސޮރުދެކެ ކޮންރުޅިއެއް އަންނާކަށް، މީ މަންމަގެ ޒިންމާ އަދާނުކުރީމަ ދިމާވެެގެން އުޅޭކަމެއް

The name is already taken The name is available. Register?

ކަނބުލޮ

16 October 2017

މަންމަ އަދިވެސް ވާހަކަ މިދައްކަނީ ދަރިން ކިޔައިދިން ގޮތާ މުޅިން ތަފާތުކޮށް. ކޮޓަރިން ބޭރުގަ ނިދަން އޮންނާށޭ ކިޔާފަ ނެރެފަ ބޭއްވި ރޭގެ ކަންތައް ވީގޮތް ވެސް މަންމަ އަށް ކިޔައި ދިނީމަ އެވާހަަކަ ނުދައްކަން ދަރިޔަށް އެންގީ ތި މަންމަ. އެރޭ ބޭރުގަ ބޭއްވީވެސް ހަމަ ގަސްތުގަ މަންމަ އެމީހާ ލައްވާ ތިކަމެއް ކުރުވަންވެގެން. ދެންކޮން ނޭގެޔެކޭ ބިރުދައްކަނިއްޔެކޭ ކިޔާކަށް. ވަރަށް ރަހުމް ކުޑަ އަމައެއް ތީ. މަންމަޔާ އެމީހާޔާ ޖެހި ސަކަރާތް ވެސް ދެނެވޮޑިގެންވާނީ ﷲ.

The name is already taken The name is available. Register?

އަތްފުނާ

15 October 2017

75 އަހަރުގެ ފިރިއަކަށް ކިހިނެއް އަނބަކަށް އަނިޔާ ކުރެވޭނީ.އަނިޔާ ކުރާނެކަމަށް ބިރުން އެ ނުބައި އަމަލު ނުހުއްޓުވުން އެއީ ސުވާލު ކުރެވޭނެ ކަމެއް.މައުސޫމު ކުދިންތަކެއްގެ އިއްފަތް ތިޔަވަނީ ފޭރިގަނެފައި.ހަމަ ރަހުމެއްވެސް ނެތީތަ.ތިޔަ މަންމަވަނީ ފިރިމީހާގެ މުއްސަނދިކަމަށް ނާށި ލާފައި.ފުރަތަމަ މަންމަގެ އުޅުން ބަލަންޖެހޭ.އެކުދިން މާފު ނުކުރާހާ ހިނދަކު ގިޔާމަތް ދުވަހުން އެކުދިންވާނީ މަންމައަށް ހުރި ސުވަރުގެ ހުރަހެއްކަމުގައި.

The name is already taken The name is available. Register?

ސީރަތު

15 October 2017

މީގެ 12 އަހަރު ކުރީން އޭނާގެ އުމުރަކީ 75 އަހަރެއް ނޫން

The name is already taken The name is available. Register?

ކުޑޫ

16 October 2017

ބަލަ ކަާކު ބުނީ އޭނާގެ ފިރިމީހާއޭ. އާއިލާއަށް އެހީވާމީހެކޭ ދޯ ލޔެފަ އޮތީ

The name is already taken The name is available. Register?

ކުޑޫ

16 October 2017

އެއީ އޭނަަގެ ފިރިމީހާއެއް ނޫން. ޙިލޭ މީހެއް.

The name is already taken The name is available. Register?

ސޮރު

16 October 2017

ކަރާ ފަންޏާއި - ވެލާ މަހުގެ އަސަރު ތިޔަ ފެންނަނީ..

The name is already taken The name is available. Register?

ޙަަނީ

15 October 2017

ޢެއި ގދ. ވާދޫ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454