ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

75 އަހަރުގެ މީހެއްގެ ޖިންސީ ޝިކާރައަކަށް މުޅި އާއިލާ!

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދައްކުވައިދޭ ފޮޓޯއެއް

އެކަން ފެށުނީ ފާތުމަތު ރާޝިދާ (އަސްލު ނަމެއް ނޫން)ގެ އުމުރުން 14 އަހަރުގަ އެވެ. ނިދަންވެގެން އެނދަށް އަރާފައި އޮއްވާ، މަންމަ އެދުނީ ކޮޓަރިން ބޭރުގައި ހުރި އެނދެއްގައި ނިދުމަށެވެ. ފިރިހެން މީހާގެ ގޯނާތަކާ ކުރިމަތިލާން ޖެހުނީ އެރޭ، ބޭރުގައި ނިދަން އޮއްވަ އެވެ.

އޭގެ ފަހުން މިހާރު 12 އަހަރު ފާއިތު ވެގެން ދިޔައިރު، ރަޝީދާގެ އިތުރުން އޭނާގެ ތިން ކޮއްކޮއަށް ވެސް ވަނީ އެ އަނިޔާތައް ކުރިމަތިވެފަ އެވެ. މި ވާހަކަތައް އެތައް ފަހަރަކު ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނައި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.

އެހެންވެ، "މިހާރު"އާ މި ވާހަކަތައް ހިއްސާކުރީ މި ކުދިން އަމިއްލައަށް، މިހާރުގެ އިދާރާއަށް އައިހެވެ. އެކަމަކު އަނިޔާ ލިބިފައިވާ މި އާއިލާ އަދި އެ މީހުންނަށް ޖިންސީ ޝިކާރަ ކުރި މީހާގެ އެއްވެސް މައުލޫމާތެއް، ގާނޫނުތައް ހުރި ގޮތުން، އާއްމެއް ނުކުރެވެ އެވެ. ހަމައެކަނި ބުނެވޭނީ މިއީ ގދ. އަތޮޅުގެ ރަށެއްގައި ހިނގި ކަމެކޭ އެވެ.

ރާޝިދާގެ އާއިލާގައި ޖުމްލަ ނުވަ ކުދިން ތިބެ އެވެ. އެ މީހުންގެ ބައްޕަ އާއިލާ ދޫކޮށް ދިޔަތާ އެތައް އަހަރެކެވެ. އާއިލާގެ ހުރިހާ ކަމަކާ ހަވާލުވެ ހުރި މަންމަ، ދިރިއުޅުމުގެ ގިނަ ހަރަދުތައް ހަމަޖައްސަމުން ދިޔައީ އެ ރަށުގެ އެންމެ ބޮޑު ފިހާރައިން ދަރަންޏަށް ތަކެތި ނަގައިގެންނެވެ. އަދި އެ މީހުން ދިރިއުޅޭ ގެ ވެސް، ހަދައިދީ އާއިލާގެ އެހެން ކަންކަމާ ވެސް ހަވާލުވެ ހުރީ އުމުރުން ދުވަސްވެފައި ހުރި އެ ފިހާރައިގެ ވެރިޔާ މޫސާފުޅު (އަސްލު ނަމެއް ނޫން) އެވެ.

ރާޝިދާގެ މަންމަ އެ ރަށުގެ ދުވަސް ވީ އެހެން މީހަކާ ކައިވެނިކުރި އެވެ. އެކަމަކު އޭނާއަށް އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން އާއިލާގެ ހަރަދުތައް ބެލެހެއްޓޭނެ މަގެއް ނެތެވެ. އެހެންވެ، ހުރިހާ ގޮތަކުން ވެސް އެ އާއިލާ ބަރޯސާވެފައި އޮތީ މޫސާފުޅަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ނިދަން ބޭރަށް ދާން ވެސް މަންމަ އެންގީ އެ މީހާގެ އެދުމަކަށް. އޭރު ނޭނގެ ސަބަބެއް ވެސް. މަންމަ ކައިރީ އެހީމަ ވެސް ނުބުނޭ. އެރޭ ނިދަން އޮއްވާ އެ މީހާ އައިސް ފުރަތަމަ ބެހެން އުޅުނީ. އެކަމަކު އެރޭ މާ ބޮޑު ކަމެއް އޭނާއަކަށް ކުރެވޭ ގޮތެއް ނުވޭ،" ރާޝިދާ ބުންޏެވެ.

މޫސާފުޅުގެ އެ އަމަލު އޭނާ މަންމަ ކައިރީ ބުންޏެވެ. އެކަމަކު މަންމަ އެދުނީ އެ ވާހަކަ ނުދެއްކުމަށެވެ.

ދެން އައި ރޭތަކުގައި މޫސާފުޅު އެ އަމަލު ހިންގީ ރާޝިދާގެ މަންމައަށް އެނގިގެންނެވެ. ގަދަ ދައްކައި ރޮއި ހެދި ނަމަވެސް އެކި ރޭރޭ މަތިން އޭނާ ވަނީ ރާޝިދާއާ ގުޅުން ހިންގައިފަ އެވެ.

ރާޝިދާ ބުނިގޮތުގައި ގެއިން ބޭރަށް ނިކުތުން މޫސާފުޅު އޮންނަނީ މަނާކޮށްފަ އެވެ. އޭނާގެ ސްކޫލް ބައެއް ފޮތްތައް ވެސް ގަނެދީފައި ހުރީ އެ މީހާ ކަމުން، ބައެއް ދުވަސް ދުވަހު ސްކޫލަށް ނުދެވޭ ގޮތަށް ފޮތްތައް ފޮރުވައި ޓިއުޝަނަށް ވެސް ދިޔަ ނުދީ ހިފަހައްޓާ ކަމަށް އޭނާ ބުންޏެވެ.

މޫސާފުޅުގެ އެންގުމަށް މި ހުރިހާ ކަމެއް ވެސް ކުރަނީ ރާޝިދާގެ މަންމަ އެވެ.

ކިޔަވާ ނިމުމާ އެކު މޫސާފުޅު ބޭނުންވީ 17 އަހަރުގެ ރާޝިދާއާ ކައިވެނި ކުރާށެވެ. އަދި މަންމަ ވެސް އެކަމަށް ބާރު އަޅަން ފެށި އެވެ. އެކަމަކު ލިބެމުން ދިޔަ އެ އަނިޔާތަކުން ސަލާމަތްވާން ރާޝިދާ ފިލައިގެން މާލެ އައީ އެވެ.

މާލެ އައުމުން އޭނާ އެއީ ދަރިއެއް ނޫން ކަމަށް ބުނެ، ރާޝިދާއާ ވާހަކަ ދެއްކުން ވެސް އޭނާގެ މަންމަ ހުއްޓާލި އެވެ.

އޭނާގެ ހަގަށް ހުރި ކޮއްކޮއާ ގުޅުން ހިންގާކަން ރާޝިދާއަށް އެނގުނީ އޭނާ މާލެ އައިތާ ދެތިން އަހަރު ފަހުންނެވެ.

މޫސާފުޅުގެ ޖިންސީ ޝިކާރައަކަށް ވީ ރާޝިދާ އެކަނި ކަމަށް އޭނާ ހީކުރި ނަމަވެސް، މީގެ އަށް އަހަރު ކުރިން ފެށިގެން އެ ކޮއްކޮއާ ވެސް އޭނާ ދިޔައީ ގުޅުން ހިންގަމުންނެވެ. އަދި ދެން ހުރި ދެ ކޮއްކޮއާ ވެސް އޭނާ ބެހެމުންދާ ކަން އެނގި، އެކަމުން އެމީހުން ސަލާމަތް ކުރަން ރާޝިދާ މަސައްކަތް ފެށި އެވެ.

ރާޝިދާގެ ހަގަށް ހުންނަ އަންހެން ކޮއްކޮގެ އުމުރުން މިހާރު 22 އަހަރެވެ. ދެން ހުރި އަންހެން ކުއްޖާއަށް 17 އަހަރު ފުރިފައިވާއިރު، މޫސާފުޅުގެ ޖިންސީ ޝިކާރައަކަށްވި އެންމެ ހަގު ކުއްޖާގެ އުމުރުން 15 އަހަރެވެ.

"އަޅުގަނޑުގެ ހަގަށް ހުންނަ ކޮއްކޮއާ ބެހޭކަން އެނގުމުން އެކަން ޖެންޑާ މިނިސްޓްރީއަށް ވެސް އެންގިން. ޖެންޑާއިން ރަށަށް ވެސް ދިޔަ. އެކަމަކު އެ ފަހަރު މަންމަ ވެސް ކޮއްކޮ ވެސް ހުރީ ހަނު،" ރާޝިދާ ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެމީހާ ބިރު ދައްކައިގެން ވާހަކަ ނުދެއްކީ ކަމަށް."

ތިން ވަނައަށް ހުރި ކުއްޖާ މިހާރު އުޅެނީ ރާޝިދާއާ އެކު މާލޭގަ އެވެ. އެއީ އޭނާއާ މޫސާފުޅު ބެހެން ފެށުމުން އެކަން ދައްތައަށް އަންގައި، އޭނާގެ ހިމާޔަތް ހޯދީ އެވެ.

އުމުރުން 17 އަހަރުގެ އެ ކުއްޖާ މާލެ އައުމުން ދެން އޭނާ ބެހެން ފެށީ އެންމެ ހަގަށް ހުންނަ އަންހެންކުއްޖާއާ އެވެ.

ރާޝިދާ އާއި އޭނާގެ އެންމެ ހަގަށް ތިބި ދެ ކޮއްކޮ މި މައްސަލަ ހިލުވާލުމުން، މޫސާފުޅު މިހާރު މަސައްކަތް ކުރަމުން އަންނަނީ، ދެ ވަނައަށް ހުންނަ އަންހެން ކުއްޖާއާ ކައިވެނި ކުރުމަށެވެ. އުމުރުން 75 އަހަރުގެ މީހަކާ ކައިވެނިކުރަން ޒުވާން ކުއްޖާ "ގަބޫލު" ނަމަވެސް ރާޝިދާ ބުނި ގޮތުގައި އޭނާ އެކަން ކުރަނީ އިތުރު ގޮތެއް ނެތިގެންނެވެ.

"ވިސްނާލާ. މީގެ އަށް އަހަރު ކުރިން ފެށިގެން، (މޫސާފުޅު) ކޮއްކޮއާ ބެހެމުން އެ އަންނަނީ. އޭނާ މިހާރު އެ ހެރީ ޑެސްޕަރޭޓްވެފައި،" ރާޝިދާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ އަންހެން ކުއްޖާ ކޮޓަރިން ބޭރަށް ނިކުންނަން ވެސް މޫސާފުޅު ހުއްދައެއް ނުދެ އެވެ.

މޫސާފުޅުގެ ހުރިހާ ދަރިން ވެސް ތިބެނީ ރަށުގެ ނުފޫޒުގެ މަގާމުތަކުގަ އެވެ. އެހެންވެ، ރަށުގެ އެކި މުއައްސަސާތަކަށް މައްސަލަ ހުށަހެޅި ނަމަވެސް ބެލޭ ގޮތެއް ނުވި އެވެ. ޖެންޑާ މިނިސްޓްރީން އެ ރަށަށް ދިޔަ ނަމަވެސް އާއިލާގެ ހުރިހާ ކުދިންނަށް ބިރު ދައްކާފައި ހުންނަ ކަމަށް ރާޝިދާ ބުންޏެވެ.

މަންމަ ދަރިންގެ ދިފާއުގައި

ރާޝިދާ އާއި އޭނާގެ ހަގަށް ތިބި ދެ ކޮއްކޮއަށް އެތަން އަނިޔާއެއް މޫސާފުޅުގެ ފަރާތުން ލިބުނު ނަމަވެސްް އެ މީހުންގެ މަންމަ ހުރީ އެކަން ނުފެންނަކަމަށް ހަދައިގެންނެވެ. ދަރިން ގަބޫލުކުރަނީ އެއީ އުޅެން ޖެހިފައިވާ ދަތިހާލުން، ކުރިމަތިވި މަޖުބޫރެއް ކަމަށެވެ. އެކަމަކު ހަތަރު ވަނަ ކުއްޖާއާ ބެހެން ފެށުމުން، މަންމަ ވަނީ ދަރިންގެ ދިފާއުގައި ނިކުމެފަ އެވެ.

އެވާހަކަ ފުރަތަމަ ފަހަރަށް ރަށުގެ ޕޮލިސް ސްޓޭޝަނަށް އެންގުމުން އެތަނުން ބުނި ކަމަށް އާއިލާއިން ބުނީ "އެއީ ޕާސަނަލް މައްސަލައެއް" ކަމަށެވެ. އެހެންވެ، ދެން މަންމަ އެހީއަށް އެދުނީ ދޮށީ ދަރިފުޅުގެ ކިބައިންނެވެ.

ރާޝިދާ ބުނީ އެންމެ ކުރިއްސުރެ މަންމަގެ އިހުމާލު މިކަމުގައި އޮތް ނަމަވެސް، އެ މީހާގެ ކިބައިން ދަރިން ސަލާމަތް ކުރަން މަންމަ މިހާރު ބޭނުންވާ ކަމަށެވެ. އެހެންވެ، ކަމާ ބެހޭ ކޮންމެ އިދާރާތަކަށް އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ދޭން މަންމަ މިހާރު ތައްޔާރެވެ.

"އަޅުގަނޑު ބޭނުން ވަނީ މިކަމުން ކޮއްކޮމެން ސަލާމަތް ކޮށްދޭން،" ރާޝިދާ ބުންޏެވެ.

މިފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެކަމަކު މައްސަލަ ތަހުގީގު ކުރާކަން ޔަގީންކޮށްދިނުން ފިޔަވައި، އިތުރު މައުލޫމާތެއް ނުދިނެވެ.

އެ ރަށު ކައުންސިލުން ބުނީ "ތިއީ ރަށު ތެރޭގައި ދައްކާ ވާހަކައެއް" ކަމަށާއި އެކަމަކު ރަސްމީކޮށް، މައްސަލަ ބަލަން އެތަނަށް ހުށަނާޅާ ކަމަށެވެ. އެހެންވެ، އެކަމުގެ ހަގީގަތް ނޭނގޭ ކަމަށް ކައުންސިލުން ބުންޏެވެ.

88 ކޮމެންޓް, 631 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 69%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޖެންޑާ

27 September 2017

މިހާރު ނޫހަށް ހާސް ފަށުން ޝުކުރު ދަންނަވަން. މި މައްސަލަ ކަމާބެހޭ މުވައްސަސާ ތަކަށް އެނގިގެންވެސް، އެ ނިކަމެތި ކުދިންތަކަށް ލިބެމުން އެދާ ޖިސްމާނީ އަނިޔާ ތަކުން ކުދިން ސަލާމަތް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރަން. މިއީ ވަރަށް ހިތާމަ ހުރި ޚަބަރެއް. މިކަމުގައި ކުދިންގެ މަންމަ ކުށްވެރިކުރަން. މާތް ﷲ އެ ބެއްޔާއަށް ހެޔޮ ވިސްނުން ދެއްވާށި...

The name is already taken The name is available. Register?

ބޯގޯސް

26 September 2017

ޖެންޑާ އުވާލަން ފެނޭ. އެމީހުންނަކައް އެމީހުންގެ ޒިންމާނެގޭ ފަހަރެއް ނާދޭ.

The name is already taken The name is available. Register?

މީނޫ

23 September 2017

ހީވަނީ ސޮނީ ޗެނަލް އިން ދައްކާ ކުރައިމް ޕެޓްރޯލްގެ އެޕިސޯޑެއް ހެން.

The name is already taken The name is available. Register?

ނަނަ

23 September 2017

ހަމަ ތިއަތޮޅު އެހެން ރަށެއްގަވެސް އުޅޭ ކުޑަކުދިންނަށް ޖިންސީގޯނާ ކުރާމީހެއް. މިއޮއްހުރިހާ ދުވަހުއެރަށު ވެރިކަންކުރީ އެއާއިލާ މީހުންވީމަ ކަމެއްނުވޭ. ޢޭނަގެ އުނދަގޫ ބޮޑުވެގެން ބައެއްމީހުން އެހެން ރަށްރަށަށް ހިޖުރަވެސް ކޮއްފި. އޭނަގެ މަސައްކަތް މިހާރުވެސް ކުރިޔައްދަނީ.

The name is already taken The name is available. Register?

ތޮއްޑޫ

22 September 2017

ތިކަމުގައި މަށަށް ގޯހީ އެމީހުންގެ މަންމަ

The name is already taken The name is available. Register?

ާައައިސާ

22 September 2017

ޖެންޑާ އިން މިހާރުން މިހާރަށް ތިމައްސަލަ ބަލާ....

The name is already taken The name is available. Register?

ރޮނާލްޑޯ

22 September 2017

ދެންބުނޭ ތިކަން ފެށިފައޮތީ ރައީސް މައުމޫނުގެ ވެރިކަމުގައޭ. އެހެންވީމާ އެސަރުކާރޭ ތިކަމުގަ ގޯސްވާނީ

The name is already taken The name is available. Register?

މާމާ އައްޔާ

21 September 2017

ޖެންޑަރ މިނިސްޓްރީ އަކީ ނަމުން ނޯ ޓޮލެރެންސް، ކަމުން އެއްކަމެއްވެސް ވާ ބައެއް ނޫން. ނިކަމެތިންނަށް ދެރަ ގޮތް. ޒުވާން މިނިސްޓަރަށް ބުނެލަން އޮތީ މިނޫން ދުވަހެއް އޮތްކަން ހަނދުމަ ކޮއްލާށޭ. މިމައްސަލަ ކަމަނާ އަދި ފެންނާނެ ދުވަހެއް އަންނާނެ. އއ

The name is already taken The name is available. Register?

ނަން

21 September 2017

ކަލޯމެންނޭ އާކަމެއް ނޫނޭ

The name is already taken The name is available. Register?

ޓިޕިކަލް

16 October 2017

ކޮބާ ކައެގެ ޕޮއިންޓަކީ؟ ބާ ކަމެއްވީމަ އަޅާނުލަންތަ ވީ؟ އާ ކަމެއް ނޫނޭ ދެރަ ކަމެކޭ!

The name is already taken The name is available. Register?

ހާސްދޫ

21 September 2017

ރާއްޖޭގެ އެންމެ މަތީ ފަރާތްތަކަށާ ކަމާ ބެހޭ މުއައްސާސާ ތަކަށް މި ގޮވާލަނީ މި ނުބައި މީހާގެ ކިބައިން މިތިންމައިން ސަލާމަތް ކޮށްދިނުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454