10 ޖޫން

June 10, 2020 14
ކުއްޖަކާ ބެހެން އުޅުނު އިސްލާމް ޓީޗަރަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގެ އިސްލާމް ޓީޗަރަކު، އޭނާ ކިޔަވައިދޭ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

05 އެޕްރީލް

April 05, 2020 7
މިދިޔަ މަހު ހުށަހެޅި އަނިޔާގެ މައްސަލަ މަދު:މިނިސްޓަރު

ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

08 މާޗް

March 08, 2020
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

03 ފެބުރުއަރީ

February 03, 2020 8
ތަކުރާރުކޮށް ކުއްޖަކަށް ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި، އެކި ފަހަރު މަތިން ފުރާވަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

February 03, 2020 2
ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަނީ

ދެ ދޮންދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

29 ޖެނުއަރީ

January 29, 2020 2
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފުތަރު މަޖިލީހަށް

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް ދަފުތަރެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

26 ޖެނުއަރީ

January 26, 2020 10
ގާނޫނުގެ ބޭރުން އަނިޔާ ނުކުރުމަށް އިލްތިމާސް ކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބާއްވާ ބައެއް އެއްވުންތަކުގައި މީހުންނަށް އަނިޔާކޮށް، މުދަލަށް ގެއްލުން ދޭތީ އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

17 ޖެނުއަރީ

January 17, 2020 25
ދެ އަހަރުގެ ކުއްޖާ ރޭޕްކުރުމަކީ ޖަނަވާރުންގެ އަމަލެއް

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ޖަނަވާރުގެ އަމަލެއްގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސިފަކުރައްވައިފި އެވެ.

02 އޯގަސްޓް

August 02, 2019 10
ބަލި މީހަކު ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަނީ

ނަފްސާނީ މައްސަލައެއް ހުންނަ މީހަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

27 މެއި

May 27, 2019 19
ކުޑަކުދިން ޖިންސީ ޝިކާރައަކަށް، ފުލުފުލުން މައްސަލަ!

ދުއްވަނީ ޖީއެން ސައިކަލެކެވެ. އުޅެނީ ޒަަމާނީ ބޮޑުބެރު ގުރޫޕެއްގަ އެވެ. ލަނީ އެންމެ ފަހުގެ ފެޝަންތަކުގެ ހެދުންތަކެވެ. އުމުރުން އަދި ވިހި އަހަރު ވެސް ނުވެ އެވެ. މިއީ ކުޑަ ދެ ފިރިހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބަޔަކު ގަން ހިންގުވި ޒުވާނާ އެވެ.

21 މެއި

May 21, 2019 7
9އަހަރުގެ ކުއްޖާއާ ބެހުނު މީހާގެ ބަންދަށް 15 ދުވަސް

އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖައާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ ތަހުގީގަށް 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

19 މެއި

May 19, 2019 9
ތަހުގީގުތައް އަވަސްކޮށް ދިނުމަށް އެދި ޝިދާތާ ފުލުހަށް

ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީއާ ގުޅުން ހުރި މައްސަލަތައް އަވަސްކޮށް ދިނުމަށް އެދި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް، ފުލުހުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

16 މެއި

May 16, 2019 11
ވިހެއި ކުއްޖާގެ ފަރުވާ ނުނިމޭ، ގާތުން އެބަ ބަލަން: ޖެންޑާ

އުމުރުން 15 އަހަރުގައި ވިހެއި ކުއްޖާގެ ފަރުވާ އަދި ނުނިމޭ ކަމަށާއި އެ ކުއްޖާގެ ހާލަތާއި ރައްކާތެރިކަން ދިނުމުގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2018 9
ބާލިދީ ތެރެއިން ފެނުނު ކުއްޖާ ދައުލަތަށް ނަގައިފި

ގދ. ވާދޫގައި ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ބާލިދީއަކަށް ލާފައި އޮއްވައި މިދިޔަ މަހު ފެނުނު އަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒަށް ގެނެސްފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

29 ނޮވެމްބަރ

November 29, 2018 5
ވާދޫ އަންހެން މީހާއަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތު

ގދ. ވާދޫގައި، ނަހަލާލަށް ބަލިވެ އިން އަންހެނަކު އެކަނި ވިހެއުމަށް ފަހު، ދަރިފުޅު ބާލިދީއަކަށް ލާފައި އޮއްވައި ފެނުނު މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރަނީ ދަރިފުޅަށް އިހުމާލުވި ކުށުގެ ތުހުމަތުކަން "މިހާރު" އަށް އެނގިއްޖެ އެވެ.

16 އޯގަސްޓް

August 16, 2018 18
75 އަހަރުގެމީހާގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގެ ދައުވާ ބާތިލްކުރުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

07 އޯގަސްޓް

August 07, 2018 39
75 އަހަރުގެ މީހާގެ މައްޗަށް ކުރާ ދައުވާ ބާތިލުކޮށްފި

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ މައްޗަށް ކުރާ ދައުވާ އިއްޔެ ބާތިލު ކޮށްފި އެވެ.

01 އޯގަސްޓް

August 01, 2018 13
ކުޑަކުއްޖާގެ ރޭޕްގެ މައްސަލައިގައި ތިން މީހަކު ހައްޔަރު

ދެ ފިރިހެނަކު ވެގެން މިދިޔަ ހަފުތާގައި 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

25 ޖުލައި

July 25, 2018 18
ބެހުނު ކުދިންގެ މަންމަ އާއި ދޮންބައްޕަ އަށް ދައުވާ

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ ކުދިންގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ވެސް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފޮނުވައިފި އެވެ.

09 ޖުލައި

July 09, 2018 3
އަނިޔާކުރި މަންމަގެ ބަންދަށް އިތުރު 10 ދުވަސް

މާލޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން ހައްޔަރު ކުރި މަންމަގެ ބަންދަށް ދިހަ ދުވަސް އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.