15 ސެޕްޓެމްބަރ

September 15, 2020 2
ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެލުގެ ޝޯޓޭޖެއް

އެފްއެސްއެމްގެ ތެޔޮ ބާޖަށް ދިމާވި މައްސަލައަކާ ގުޅިގެން، ހުވަދު އަތޮޅުގެ ތިން ރަށަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

26 އޯގަސްޓް

August 26, 2020 3
ގދ. ތިނަދޫގައި ކޮވިޑް ޓެސްޓުކުރުން ލިމިޓްކޮށްފި

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން ލިމިޓްކޮށްފި އެވެ.

05 އޯގަސްޓް

August 05, 2020 11
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި

ގދ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

20 ފެބުރުއަރީ

February 20, 2020 1
ދެކުނު އޮޑިޓް އޮފީހުން 85 ޕަސެންޓް މަސައްކަތް ނިންމި

އައްޑޫގައި ހުންނަ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ދެކުނު ގޮފިން މިދިޔަ އަހަރު ކުރަން ރޭވި އޮޮޑިޓްތަކުގެ 85 ޕަސެންޓް ނިންމައިިފި އެވެ.

19 ފެބުރުއަރީ

February 19, 2020 50
ނަޝީދު، 444ރ ދައްކަވަން އޭސީސީން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ ގޮތުން ކުރެއްވި ދަތުރުފުޅަކަށް ރައްޔިތުންގެ މަޖިލީހުން ހަރަދުކުރިކަން ސާބިތުވުމުން، އެ ފައިސާ މަޖިލީހުގެ އިދާރާއަށް ދައްކަވަން އޭސީސީން މިއަދު އަންގައިިފި އެވެ.

14 ފެބުރުއަރީ

February 14, 2020 2
ގއ. ވިލިނގިލީގައި މީރާގެ ސެންޓަރެއް ހުޅުވައިފި

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ކަލެކްޝަން ސެންޓަރެއް ގއ. ވިލިނގިލީގައި އިއްޔެ ހުޅުވައިފި އެވެ.

31 ޖުލައި

July 31, 2019 2
އެމްބިއުލާންސަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ގދ. ނަޑެއްލާގައި ރޭ މެންދަމު، ބަލި މީހަކު ގޮވައިގެން ދުއްވި އެމްބިއުލާންސެއްގައި ސައިކަލަކުން ޖެހި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެއްޖެ އެވެ.

07 ޖުލައި

July 07, 2019 4
އަށް އަހަރުގެ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ގދ. އަތޮޅުގެ ރަށެއްގައި އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.

20 މެއި

May 20, 2019 18
އީރާނު ބޯޓު ދެ ފަހަރެއްގެ މަތިން ކުރިން ހިފެހެއްޓި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅެނިކޮށް އަތުލައިގަތް އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމަށް ބެލެވިގެން ކުރިން ދެ ފަހަރަކު ހިފެހެއްޓި ކަމަށް ފުލުހުންނާއި ސިފައިން މިއަދު ބުނެފި އެވެ.

30 އެޕްރީލް

April 30, 2019 24
ޑްރަގްގެ ބޮޑު އޮޕަރޭޝަނަކީ ބޮޑު ކާމިޔާބީއެއް: ހަމީދު

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަކީ ދިވެހި ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ދެން އޮތީ އޭގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

26 ފެބުރުއަރީ

February 26, 2019 4
ބޯކޮށް ވާރޭވެހި ތިނަދޫގެ 50 ގެއަކަށް ފެން ވަދެއްޖެ

މިއަދު މެންދުރު ގދ. ތިނަދުުުުު އަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ 50 އަށް ވުރެ ގިނަ ގެއަށް ފެން ވަދެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2018 35
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް އެމްޓީސީސީން ހެދި ކޯޒްވޭ، ބަޔަކު ނުކުމެ ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2018 15
އިބޫ ހުވަދުއަށް: ކުރަހާ މަންޒަރުގައި ކުލަ ޖައްސައިފި

ހުވަދު އަތޮޅުން އިދިކޮޅު ކޯލިޝަނަށް ބޮޑު ތާއީދެއް އޮތް ކަމަށާއި އިދިކޮޅު ކޯލިޝަނުން "ކުރަހާ މަންޒަރުގައި" ހުވަދު އަތޮޅުގެ ރައްޔިތުން "ކުލަ" ޖައްސާފައިވާ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

02 ސެޕްޓެމްބަރ

September 02, 2018 17
ސަރުކާރުގެ ދަރަނި އަދާކުރަން އިބޫ ގާބިލް: އަމީތު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދަރަނިތައް ދެއްކެވުމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ގާބިލް ބޭފުޅެއް ކަމަށާއި އެއީ ދަރަނި...

September 02, 2018 18
އިބޫ އައްސަވަނީ "ފިކުރު ކުރަން ތިބެގެން ހައްލުވާނެހޭ"

"ބިކަވެ ގައުމު ނުދަނީސް، މުޅި ދީބު އޮޔާ ނުދަނީސް، ހަމަ ތެދުވެ މިކަން އެކުވެ މިއަދު ހައްލު ހޯދަމާ،" ރޭ ގައްދޫގައިި ބޭއްވި ޖަލްސާގައި، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު...

01 ސެޕްޓެމްބަރ

September 01, 2018 31
އިބޫ ވަޑައިގަތުމުން އެންމެ ބޮޑު ފޯރިއެއް ނެގީ ގައްދޫން

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގދ. ގައްދު އަށް ވަޑައިގަތުމުން، އިދިކޮޅު ސަޕޯޓަރުން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. މިއީ،...

September 01, 2018 12
އިބޫގެ ގިނަ ވައުދުތަކެއް ތިނަދު އަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގދ. ތިނަދޫ އަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންފި އެވެ.

31 އޯގަސްޓް

August 31, 2018 10
އިބޫގެ ގިނަ ވައުދުތަކެއް މަސްވެރިންނަށް

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މަސްވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ...

August 31, 2018 17
ތިނަދޫގައި އިބޫއާ ސަލާމް ކުރަން ދިގު ސަފެއް!

"ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް، މި ތިބީ ސަފު ދޫކޮށްލާފައި ދާ ގޮތަކަށް ނޫން. މި ފަހަރު އިބޫއާ ސަލާމް ކޮށްފައި ނޫނީ ގެއަކަށް ނުވަންނާން. އެއީ އަހަރުމެންގެ ވާން އުޅޭ ރައީސް،" އިދިކޮޅު...

21 އޯގަސްޓް

August 21, 2018 12
މަރިޔާދުގޭގައި ރޯކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން މި މަހު ގދ. ގައްދު އަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

16 އޯގަސްޓް

August 16, 2018 16
ޝަހީމް ތިނަދޫގައި؛ މިއީ ހާއްސަ ރަށެއް

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އޭނާ އަށް ހޫނު މަރުހަބާއެއް...

August 16, 2018 18
75 އަހަރުގެމީހާގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ގދ. އަތޮޅުގެ ރަށެއްގައި، އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގެ ދައުވާ ބާތިލްކުރުމުން،...

07 އޯގަސްޓް

August 07, 2018 2
މެމްބަރު އަމީތާއި އަބުޅޯ ދޫކޮށްލައިފި

ގދ. ގައްދޫން މިއަދު ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

20 ޖޫން

June 20, 2018 14
75 އަހަރުގެ މީހާގެ މައްސަލަ ތިނަދޫ ކޯޓަށް ފޮނުވައިފި

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ މީހާގެ ދައުވާ ގދ. ތިނަދޫ ކޯޓަށް ފޮނުވައިފި އެވެ.