ވިލިމާލޭގައި ވެމްކޯއިން ހުޅުވާލި ކުނި އުކުމުގެ ވަޒީފާތަކުގެ މައުލޫމާތު ހޯދައި އެކަމަށް ކުރިމަތިލުމަށް ގިނަ ބަޔަކު ކިޔޫގައި މަޑުކޮށްގެން: ކުނި އުކުމުގެ ވަޒީފާތަކަށް 200އަށް ވުރެ ގިނަ މީހުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި-- ފޮޓޯ/ ވެމްކޯ
23 އޮކްޓޯބަރ 2017 - 14:16
ވެމްކޯއިން ވިލިމާލޭގައި ކުނި އުކައިދޭން ނިންމައި އެ ކުންފުނީގެ ވަޒީފާތަކަށް ހުޅުވާލި ފުރުސަތުގައި 200 އަށް ވުރެ ގިނަ މީހުން އެކަމަށް ކުރިމަތިލައިފި އެވެ.
ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މުހައްމަދު އިގުބާލް ވިދާޅުވީ ވަޒީފާތަކަށް މީހުން ހޯދުމަށް މިދިޔަ ހުކުރު ދުވަހު ވިލިމާލޭގައި ބޭއްވި ހަރާކާތުގައި، ކުނި އުކާލުމުގެ މަސައްކަތަށް މީހުން ހޯދުމުގެ އިތުރުން އެ ކުންފުނީގެ އިތުރު ހަ ވަޒީފާއަކަށް މީހުން ނަގަން އިންޓަވިއު ކުރި ކަމަށެވެ. އޭގެ ތެރެއިން 75 މީހުންނަކީ ގޭގެއަށް ގޮސް ކުނި ނެގުމަށް ޝައުގުވެރިވި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ހުރި ވެމްކޯގެ ވަޒީފާތަކަށް ޒުވާނުންތަކެއް ކުރިމަތިލައި، ފޯމު ހުށަހަޅަނީ-- ފޮޓޯ: ވެމްކޯ
އިގްބާލު ވިދާޅުވީ ހަވީރުން ފެށިގެން ރޭގަނޑާ ހަމައަށް ކުރިއަށް ގެންދިޔަ އެ އިވެންޓަށް 280 މީހުން ޒިޔާރަތްކުރި އިރު، އޭގެ ތެރެއިން 240 މީހަކާ އިންޓަވިއު ކުރި ކަމަށެވެ. އޭގެ ތެރޭގައި 19-20 އަހަރުގެ ޒުވާނުން ގިނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއީ އަޅުގަނޑުމެން އުއްމީދު ކުރިވަރަށް ވުރެ ވެސް އިތުރު އަދަދެއް. ވަރަށް ކުޑަ ވަގުތުކޮޅަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ކުނި އުކާލުމަށް ވިލިމާލޭން ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" އިގްބާލު ވިދާޅުވި އެވެ.
ވެމްކޯ އިން ބުނީ އިންޓަވިއު ކުރި މީހުންގެ ތެރެއިން ކުށުގެ ރެކޯޑެއް ނެތް އަދި ޖިސްމާނީ ގޮތުން އެކަމަށް ގާބިލް ހުރިހާ އެންމެންނަށް ވެސް ވަޒީފާ ދޭނެ ކަމަށެވެ.
ވިލިމާލޭގައި ވެމްކޯއިން ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހޯދަން ގޮސް ތިބި މީހުން. -- ފޮޓޯ/ ވެމްކޯ
ވިލިމާލޭގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ވެސް ކުނި އުކާނެ މީހުން ހޯދުމަށް ވެމްކޯއިން ވަނީ އިއުލާނުކޮށްފަ އެވެ.
މަހެއްގެ މައްޗަށް 9،000 ރުފިޔާ ލިބޭ ގޮތަށް މާލޭގައި އެކަނި ވެސް 150 އަށް ވުރެ ގިނަ މީހުން ކުނި އުކުމުގެ މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
24 October 2017
ވިލިމާލޭން ތަރުޚީބު ލިބޭނޭކަން ކުރިންވެސް އެނގޭ! ވިލިމާލެއަކީ ރާއްޖެތެރޭކަހަލަ އާދައިގެ ރަށެއް، ނުވަތަ އަވަށެއް! އެހެންވީމާ މާލޭގާ މަސައްކަތްކުރާމީހަކަށް ދުއްތުރާވާވަރާ ގާތަށްވެސް ވިލިމާލެއިން ދުއްތުރާއެއް ނުވާނެ! ބުރިބުރިޔަށްހުރިގޭގެ ވަރަށް މަދުވާނެ! މީހުންކޮޅު މަދުވެފާ އަމާން މާހައުލެއް އޮންނާނެ! އެހެންވީމާ ވިލިމާލެއިން ކުނިނަގަން ފުރުސަތެއްލިބުމީ، 9000 ރުފިޔާ ހިތަކަށް ލިބުންފަދަ ކަމެއް! އަސްލު ތިރަށުން ތިނަގާމީހުން ތިރަށުގެ ކުނި އެކަނި އުކާލާ ނަމަ، 5000 ރުފިޔާގެ މުސާރައެއް ދިނީމަ ވާނެ! މަސައްކަތާ އެއްވަރަށް މުސާރަދޭންވާނޭ! މާލޭގާ މަސައްކަތްކުރާމީހާޔަށް 9000 ރުފިޔާ ދެންޏާ، މަސައްކަތުގެ ގޮތުން ވިލިމާލޭ މަސައްކަތްކުރާމީހާޔަށް މާބޮޑަށްވެސް ލުއިވެފާ ފަސޭހަވާނެ! -އިބްރާހީމް-
ވާވާ
24 October 2017
ކުނި ނަގާ އުކުމަކީ އާދައިގެ ލުއި ވަޒީފާއެއް ނޫން -/5000 ދިނީމަ ވާނޭ ބުނާކަށް. މަސައްކަތެއްނުކޮށް ތިބޭ މަޖިލިސް މެންބަރުންނަށް ކިތަމެ ބައިވަރެއް ވިޔަސް ހަލާލު ދޯ!!!
ހގިހޮފ
24 October 2017
ކަލޭ ކަހަލަ ގަމާރުން އުޅޭތީ ކަމެއް ނުވަނީ
ލަވްލީ
24 October 2017
ވަރަށްވެސް އުފާވެރި ހަބަރެއް
ވެމްކޯ
24 October 2017
މިފެންނަނީ ކުރިންވެސް އެންމެނަށްވެސް އިނގޭ ހަޤީގަތް ދިވެހިން މަސައްކަތަށް ނުނުކުންނަނީ އެކަށީގެނވާ މުސާރަ ނުދޭތީ. އަދި ވަރަށް ފަސޭހައިން ކުޑައަގެއްގަ ބިދޭސީން ލިބޭތީ. ދުވާލު 8 ރޭގަނޑު 10:00 ފިހަރަ ސޭޓަކަށް މަސައްކަތަ ކުރީމަވެސް 3000 ރުފިޔާވެސް އެބަދޭ. ދެން މިމީހުން ކިހާދުވަހަކު ވަޒީފާގަ ދެމިތިބޭތޯ ބަލަން މިތިބީ
ސޯދުބެ
24 October 2017
މީގެން ދިމާވަނެ ވަރައްބޮޑެތި މައްސަލަ ބަލަންތިބޭތި މަބުންޏޭ ގޭގެވެރިން ސަމާލުވާންވީ ކަންކަން ގޭގައެކަނި އަންހެންކުއްޖަކު ބައިންދާފަ ދާއިރު ސަމާލުވާތި އަގުބޮޑެތި އެއްޗެހި ބަހައްޓާފަ ފާހާނާޔައްނުވަންނާތި އަގުބޮޑެތި ބޫޓު ފަދައެއްޗެހި ތަޅުލާކަވަޑަކައްލާތި ރީތިމާގަސްފަދަ އެއްޗެއްހި ބަލހައްޓާތި ތިޔަނިކުތީ ޒުވާނުން މަށައްއެނގޭތީ މިބުނީ މާދަމާ ފަލަސުރުހީގަ މިބުނި ބައެއްވާހަކތައް ލިޔާނެ މީހަމަ މުޖައްރިބު ކަމެއް
ޖާޑިބެ
24 October 2017
ރިސޯޓު ދާއިރާގަ ތިބި ނޭޕާލު ސެކިޔުރިޓީން ބޭރުކޮއްފަ ދިވެހި ޒުވާނުންނައް އެވަޒިފާތައް ހުޅުވާލުން ވަރައްއެދެން
ހަދާން
24 October 2017
ކުއްލިއަކަށް މިހަނދާންވީ ފިނޭސް މިނިސްޓްރީގެ ދަށުން ހިނގާ ކަމަކަށް ސޮފްޓްވެއާ ޑިގްރީއެއް އޮތް މީހެއް ބޭނުންވާކަމަށް ކުރި އިއުލާން. އޭގައި މުސާރަ އިންނަނީ 8 ހާސް ވަރަކަށް ރުފިޔާ. ވީމައި ގައުމުގެ ހުރިހާރައްޔިތުން، ކުރަންވީކަމަކީ ކިޔެވުން ހުއްޓާލާ ކުނިއުކާޝެވެ. ދެން އެންމެން ނިކަން ބާރަށް އަތްޖަހާލަމާހޭ!
ޖޯޖް
24 October 2017
ކަލޯ ސަޕަލައި އެންޑް ޑިމާޑް ދަންނަމުތޯ
ޒުވާނުނުން
23 October 2017
ބޯހިޔާވެހިކަމައް ފެންބޮވާގެންފަ މިތިބީ
ޕުރޮފެސަނަލް
23 October 2017
މިޤައުމުގަ މިހާރު ޓީޗަރ އަދި ނަރުހަކައް ވުމައްވުރެ ކުނިއުކާމީހަކައް ވުންމާ ރަގަލު........................... 2018 ޔަގީން
ކުރިއަކުން ނޭގެ
23 October 2017
150މީހުން ކަމެއް މާލޭން ކުނި ނަގަން އުޅެނީ، އެހެންވީމަ މިހާރު އެނގިއްޖެ ހިދުމަތުގެ ފެންވަރު ދަށް ވެގެން އުޅޭ ސަބަބު
00087
23 October 2017
ރާއްޖޭންބޭރަށް ދާލާރިކޮޅެއް ސާލައްވާނެ. ދުރަށް ވިސްނާލާއިރު ރާއްޖޭއިކޮނޮމީ އަށް ފައިދާވާނެ.