ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސް ކުރިއަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
25 އޮކްޓޯބަރ 2017 - 11:52
ސަރުކާރުން ކަންކަން ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަކީ "ބަޣާވާތެއް"ގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވާއިރު، މަޖިލިސް ތެރެއިން ފުރަތަމަ "ބަޣާވާތް" ކުރެއްވީ އެމަނިކުފާނު ކަމަށް މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މީދޫގައި ރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންތަކުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވައިދޭން އެދިވަޑައިގެން ވާހަކަފުޅު ދައްވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ތެރެއިން، ކަހާލައިގެން "ލޭނު ދަލެއްގައި މަސް ގެންދާ އުސޫލުން" މެމްބަރުން ގެންދިއުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަަށެވެ. އެ މެމްބަރުން އެކަމާ ލަދުވެތިވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅަށް ފާޑުވިދާޅުވެ، ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ މަޖިލީސް ތެރެއިން އެމަނިކުފާނު ކުރެއްވި "ބަޣާވާތް" މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އެހެން ޕާޓީތަކުގެ ޓިކެޓުގައި އަދި މިނިވަން މެމްބަރުންގެ ގޮތުގައި ހޮވިވަޑައިގަތް ގިނަ މެމްބަރުންތަކެއް ޕީޕީއެމަށް ގެންދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ކަމަށް މެމްބަރުން ތުހުމަތު ކުރެއްވި އެވެ.
"ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ޕީޕީއެމަށް ގެންގޮސް ކުރެއްވި ބަޣާވާތް މަތިން ރައީސް ހަނދުމަފުޅެއް ނެތް. އެހެން ޕާޓީތަކުގައި ތިއްބައި އެންމެ ގިނަ މެމްބަރުން މިހާތަނަށް ގެންގޮސްފައި ވަނީ ޕީޕީއެމަށް. އެއީ ބަޣާވާތަކަށް ނުވޭތޯ؟،" ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް ވިދާޅުވި އެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނު ހަ މެމްބަރުން (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ހަތް މެމްބަރަކު ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެއީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދ ހުސެއިން އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި މިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހަސަން މުފީދެވެ. މީގެއިތުރުން މި ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ގުޅިވަޑައިގަތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއާ އެވެ.
އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެން ޕީޕީއެމާ ގުޅިވަޑައިގަތީ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ އިތުރން ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދެވެ.
އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި ހަތް މެމްބަރަކު ޕީޕީއެމާ ގުޅިވަޑައިގަތެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރު ލަތީފްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ.
ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރު ބޭނުންވާ ގޮތަށް، ރައްޔިތުންގެ މަޖިލީސް ތެރެއިން ގާނޫނުތައް "ހިތުހުރި ގޮތަކަށް ގާނޫނުތައް ކޮށައި މަށާލީ،" މި މެމްބަރުން ބޭނުން ކުރައްވައިގެންނެވެ.
"ރާއްޖޭގެ ރަށްތައް ދިގު މުއްދަތަކަށް ބިދޭސީންނަށް ކުއްޔަށް ދޫކުރުމާއި، ލޯނު ނަގަން މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމާއި އަބުރުގެ ގާނޫނާއި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނަށް ބަދަލު ގެނައީ ވެސް މި މެމްބަރުން ބޭނުންކޮށްގެން،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުން ޕީޕީއެމަށް ގެންގޮސް "ބަޣާވާތް" ކުރެއްވުމަށް ފަހު، ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރައީސް ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރެއްވުމަކީ ލަދުވެތި ކަމެކެވެ. އަދި މެމްބަރުންނަށް ނިސްބަތްކުރައްވައި ރައީސް ދޮގު އިލްޒާމް އެޅުވުމަކީ ވެސް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް އެ އުޅުއްވަނީ ހަގީގަތުގައި ވެސް ހަމަ ހަނދުމަފުޅު ނެތިގެން. މެމްބަރުން އެހެން ޕާޓީތަކަށް ގެންދިޔައީކީ ނޫން. ސައުދު ވެސް ލަތީފް ވެސް އަމީތު ވެސް ޕީޕީއެމުން ވަތްކެއް ނުވޭ. ޕީޕީއެމުން މެމްބަރުންތަކެއް ވަކިވީ، އަމިއްލަ އަށް. މިއިން އެއްވެސް މެމްބަރަކު އެހެން ޕާޓީއަކާ ގުޅިވަޑައެއް ނުގަންނަވާ،" ލަތީފް ވިދާޅުވި އެވެ.
ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ހުއްޓުވަން، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުން ހިމެނެ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެ 10 މެމްބަރުން ސޮއި ވެސް ކުރެއްވި އެވެ. އެހެންވެ، ޕީޕީއެމުން އެދިގެން، އޭގެ ތެރެއިން ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކަނޑައަޅައިފަ އެވެ. އެ ހަ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ ސުުޕްރީމް ކޯޓުން ނިންމި ނިންމުންތަކާ ގުޅިގެން ކަމަށް އީސީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮން
25 October 2017
"ލޭނު ދަލެއްގައި މަސް ގެންދާ އުސޫލުން" މެމްބަރުން ގެންދެވިކަން ހަނދުމަފުޅު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ސިކުނޑި ގޮވީމާ ހަދުމަފުޅެއް ނުހުއްނާނެއެވެ.
ތެދުބަސް
25 October 2017
ގޮތްހުސްވެފައިއޮތް ސަރުކާރަކުން ފެންނާނެ ހުދްމުޚްތާރު ހުރިހާކަމެއް ފެންނަމުންދަނީ
ނަގޫރޯޅި2
25 October 2017
ނަގޫރޯޅި, ޖޭޕީއިންނާ, އެމްޑީޕީއިންނާ ތިބުނާގޮތަށް ގޮނޑިވިއްކާ ގޮތަށް ޕީޕީއެމަށް ގެންދިޔޭމަ, އެއީ ގޮނޑިވިއްކީކީނޫންދޯ? ޕީޕީއެމުން ގޮއްސިއްޔާތަ ގޮނޑިވިއްކިކަމަށްވަނީ,? ދެއަނގައިން ވާހަކަ ނުދެއްކުން ރަނގަޅު,
ހަޔާތް3
25 October 2017
ހަޖަމުވިޔަސް ނުވިޔަސް ތިތިބީ ގޮޑިވިއްކާފަ. ދެންވާނީ ބާކީ. ކުރިޔައް ހުރިދުވަސްތަކުގަ ތިޕޯޑިޔަމްތަކުންވެސް ބާކީވާނެ. ވެރިމީހާ އަނގަވެސް ހުޅުވާނެ ބުނަންބޭނުންއެއްޗެއް ބުނަންވެސްބުނާނެ. ވޯޓުފޮށިން ނޫނީ ނުހުއްޓުވޭނެ.
ހަޔާތް2
25 October 2017
ހަޔާތް, ވެރިމީހާގެ އަނގަ އެކަނިތަ ހުޅުވޭނީ? ޕީޕީއެމުން އެހެން ޕާޓީއަކަށް މެމްބަރަކު ގޮސްގެން ނުވަނީތަ? އެވާނީ ކުށަކަށްތަ? ހެޔޮދޯ އެހެން ޕާޓީތަކުން ޕީޕީއެމަށް މެމްބަރުން ގެންދިޔަސް އޯކޭދޯ? ގޮނޑިއެއްވެސް ނުގެއްލޭނެދޯ? ހަމަ އިންސާފުތަ? ބަގާވާތަކަށްވެސް ނުވޭދޯޯ? އެއްލޮލުން ނުބަލާ ދެލޮލުންބަލާ,
ގުދޯ
25 October 2017
ގުދޯގުދޯ ސަރުކާރު
ހަޔާތް
25 October 2017
ހަޔާތް ގޮތެއްހުރިނަމަ, ބަގާވާތެކޭ ނުކިޔާނެދޯ? އެހެން ޕާޓީތަކުން ޕީޕީއެމަށް މެމްބަތުންކޮޅު, ގެނެއްސައެއް
ނަގޫރޯޅި
25 October 2017
ބޮލެކޭކިޔާފަ ހަމަސިފަރީތިކުރަން އެއްޗެއްޖަހާފަ ހުއްޓަސް ކަމަކުނުދާނެ. ޔާމިނު ބުނިއެއްޗަކައް ރައްދުދޭންވެގެން ގޮންޑިގެއްލުނުމީހުން ތަންމިނައްއަގަހުޅުވާފަ ރައްދުދޭން ތެޅިގަންއިރު ގޮޑިގެއްލިފަ ތިބިމީހުންނައް ނޭގުނު ގޮޑިވިއްކާލިކަމައް އަމިއްލަޔައް އިއުތިރާފުވީއިރުވެސް. އިއްޔެ ކިތަންމެ އިއްޒަތާ ބާރުވެރުކަމުގަތިއްބަސް މިއަދުތިތިބީ ހަމައައިދައިގެ ރައްޔިތަކައްވުރެވެސް ހާލުގަ. ކުރިޔައް އޮތްދުވަސްތަކުގަ މިހާރުތިއަރާ ޕޯޑިއަމްތަކައްވެސް ނާރުވާނެ. ހިނިއަންނަނީ އަމިއްލަޔައް ބޭކާރުވާތީ
ގުދޯގުދޯ
25 October 2017
ހަޔާތް, ގޮތެއްނެތް ސަރުކާރެއްމީ,
ފަޅުވެރިން2
25 October 2017
ފަޅުވެރިޔާ, ކޮބާލަދު, ހުރިހާ ޕާޓީތަކަުންނާ, އަމިއްލަ މެމްބަރުންކޮޅު ވަލަކަށް އަމުނާލައިގެން ގެންގޮއްސަ ރައްޔިތުންނަށް ގެއްލުންވާނެ, ބިލްތައް މަޖުބޫރުން ފާސްކޮށްފައި, ރިޔާސަތުގައި ރަބަރު ތައްގަނޑުޖަހަން 45 މެމްބަރުންގެ ސޮޔާއެކު އިތުބާރުގެއްލިފަ އިން މީހެއް އަމިއްލަ އަމިއްލައަށް ހުރިހާ ކުރާގޮތަށް މެމްބަރުން ތިބެންޖެހޭތަ ރުހި ގަބޫލުވެގެން, ހިތައް އެރިހާގޮތަކަށް އަމިއްލައެދުން އިސްކޮށްގެން ކަންތައްކުރާތަން ބަލަން ތިބޭކަށްނުޖެހޭ,