ކުނޫޒުގައި އޮތް އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ނިޝާން އަލީ/މިހާރު
26 އޮކްޓޯބަރ 2017 - 11:59
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނަގާ ވޯޓުގައި ބައިވެރިނުވާން އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ތްރީ ލައިން ވިޕެއް ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށް ގެންދިޔަ ބަޖެޓުގެ ބަހުސް ޖަލްސާ ވެސް އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.
އިދިކޮޅު މެމްބަރަކު ވިދާޅުވީ ކުނޫޒްގައި ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި، ސަޕްލިމެންޓްރީ ބަޖެޓަށް ވޯޓު ނުދޭން އިދިކޮޅު މެމްބަރުން ނިންމީ އެ ބަޖެޓާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރެއްވުމަށް ފަހު ކަމަށެވެ. މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ސަޕްލިމެންޓްރީީ ބަޖެޓަކީ މި ވަގުތު ރާއްޖެ އަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއް ކުރަން ފާސްކުރަން އުޅޭ ބަޖެޓަަކަށް ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓް އަމާޒުކޮށްފައި ވަނީ އެންސްޕާ އާއި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަށެވެ.
"ހަގީގަތަކީ ބަަޖެޓް ފާސްކުރަން މި އުޅެނީ، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތަކަކަށް ނޫން ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަނީ. އާސަންދަ ބިލްތަކަށް ފައިސާ ނުދެއްކިގެން ބަޖެޓް ފާސްކުރާ އިރު، އެ ކުންފުނީގެ ތެރެއިން ނަހަމަ ގޮތުގައި ނުވަތަ ތުހުމަތުތަކެއް ކުރެވޭ ގޮތަށް ކަންތައްތަކެއް ހިނގާފައިވޭ. އޭގެ އިތުރުން ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ ތެރޭގައި ވެސް ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރު ސާފުކޮށް ފެންނަން އެބައޮތް،" މެމްބަރު ވިދާޅުވި އެވެ.
"ދެން ބަޖެޓް މި ބޭނުން ވަނީ ބައި އިލެކްޝަނަށް، މިއީ ސީދާ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބާއްވަން އުޅޭ އިންތިހާބުތަކެއް. ޕީޕީއެމަށް ފައިދާތަކެއް ހޯދަން، ދައުލަތުގެ ބަޖެޓުން ހޭދަކުރާކަށް ނުޖެހޭ."
ސަޕްލިމެންޓްރީ ބަޖެޓުގައި މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ، ސިއްހީ ދާއިރާ އަށް 330 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓަށް 40 މިލިއަން ރުފިޔާ، ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް 47 މިލިއަން ރުފިޔާ އަދި ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނުގެ ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މީގެއިތުރުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.
މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު، އެ އަދަދު 27 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
26 October 2017
ވަރަށްރަގަޅު ނިންމުމެށް ،،، ފައިސާއަށް ވާނުވާ ނޭންގޭ ބަޔަކާޢި ރައްޔަތުން ފައިސާ ހަވާލުުކުރާކަށް ނުވާނެ ،،، އެއްވެސް ހާލެއްގައި ހަމަހޭ ހުރެގެން އެކަންކޮއްގެންނުވާނެ ،،، ގައުމުގެ ވެރިމީހާ 2 އަހަރުކޮއްފައިވިދާޅުވީ ރައްޔަތުންގެ މުދާތަށް ވިއްކާފައި ލިބުނުހާފައިސާއަށް ވީގޮތެއްނޭންގެޔޯ ،،، ކުރީގެ އޯޑިޓަރ ޖެނެރަލް އެވާހަކަ ރިޕޯޓްކުރީމައި ވިދާޅުވީ ތިޔައީ ކަލެޔާއިބެހޭކަމެށްނޫނޯ ؟؟ ފެނަކައާޢި ސްޓެލްކޯއާޢި އެމްޕީއެލްގެ ފައިސާއަށް ވާގޮތެއްނޭންގޭ ،،،، ވުމާޢިއެކު ރައްޔަތުންގެ ތިޖޫރި އެއްވެސް ހާލެއްގައި އެނުބެލެހެއްޓޭމީހެއްގެ އަތަށްދީގެންނުވާނެ ،،، ޕާޓޭން ގޭތެރޭގައި ހުންނަ ޓީޥީއާޢި މަންމަގެ ފައްޓަރުބައިވިއްކާއުސޫލުން ގައުމު ހިނގަނީ ،،، ވީމާ އެއްވެސް ފައިސާއެއް ޕީޕީއެމްގެ ސަރުކާރާ ހަވާލުކުރާކަށްނުވާނެ ،، ވަރަށްވެދުން
މަހޭ ފޭންސް
26 October 2017
އިދިކޮޅު ޕާޓީތަކުން ތްރީ ލައިން ވިޕެއްނެރުނަސް ސަރުކާރަކަށް ވާނެ ގެއްލުމެއްނެތް. މިވެސް އެގޮވީ މަހުލޫފްގެ އަތަށް.
މުދިންބެ
26 October 2017
ތިޔަބޭފުޅުން ވޯޓެއްނުދޭ ބަޖެޓް ފާސްކުރާކަށްވެސް. ސަޕްލިމެންޓޮރީ ބަޖެޓް ފާސްވެސްކޮއްފަ އެއޮތީ. ތިޔަބޭފުޅުން އެބަޖެޓްއިން ހޭދާކޮއްގެން ދޭ ހިދުމަތްތަށް ލިބިގަތުން އޯކޭ. ކީކޭ ތި ކިޔަނީ. އޮތީ ހަމައެކަނި އާސަންދަޔާ ، ބައި އިލެކްސަން އެކަނިތަ؟ ރަގަޅަށް ރައްޔިތުންނަށް ސާފުކޮއްދީ. އޮލުވާނުލަށްވާތި.
ތަމް
26 October 2017
ސަޕްލިމެންޓަރީ ބަޖެޓަަކީ ކޮބައިކަމާއި އެފާސްކުރުވޭ ހާލަތްތަކާއި، މިހާރު އޮތް ބަޖެޓުން ހަމަނުޖެހިގެން އުޅޭ ސަބަބުތަކާއި އަދި އެކަން ހައްލުކުރަން ކުރެވިދާނެ ކަމަކީ ކޮބައިކަން ބަހުސްކުރުމަށްފަހު އިތުރުގޮތެއްނެތުމުން ފާސްކުރެވޭ އެއްޗެއްކަން ސަޕްލިމެންޓަރީ ބަހެޓަކީ، ދިވެހި ރައްޔިތުންގެ ތެރެއިން އެނގޭނީ 10% މީހުންނަށް. ދެން ބާކީ ތިބި މީހުން އެއްޗެއް ނޭނގުނަސް ކޮމެންޓްކުރާނެ.
އުމަރު
26 October 2017
ތިޔަމައްސަލައިގައި އިދިކޮޅު ޕާޓީތަކުން ނެގި ޑިޒިޝަން ވަރަށް ރަނގަޅު، ބަޖެޓަކީ ހަމަ 15 މިނިޓް ބަހުސްކޮށްފައި ފާސްކުރެވޭނެ އެއްޗެއްނޫން، މިދިޔަ 9 މަސްދުވަހު މިއަހަރުގެ ބަޖެޓް ބޭނުންކުރިގޮތް ބަލަންޖެހޭ، އަދި އެކަށީގެންވާ ފުރުސަތު އިދިކޮޅު މީހުންނަށް ދޭންޖެހޭ، އޭޑީކޭ ނާޝިދު ބަޖެޓަށް ވޯޓްދޭނެ އެއީ ނާޝިދުއަށް ފައިދާކުރޭ ބަޖެޓް ފާސްވުމުން އެބަޖެޓުގައި ނާޝިދަށް އަންނާނެ ފައިސާ ހިމެނޭނެ
ހަސަނީ
26 October 2017
ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ކަމެއްގަ ބައިވެރި އެއްނުވާނެ އުޅޭނީ މުހިންހެން ވެރިކަމާއި އަމިއްލަފައިދާއަށް
ކަނދުފަތި
26 October 2017
ސަލްޓަންޕާކު ހަދަން ރަސްފަންނުހަދަން މާލޭ ގޯޅިގޯޅި ޒީނަތްތެރިކުރަން ސަގަރޭޕާކުހަދަން މިހިރަމިހިރަކަންކަމަށް ސަޕްލިމެންޓްރީ ބަޖެޓުހަދާކަށް ނުޖެހުނު.
ވާނުވާ....
26 October 2017
ވަރަށް ރަނގަޅު ނިންމުމެއް..
ޖޯޖް
26 October 2017
ވިޕާ ހިލާފުވެ އަޑިއަޑިން ލާރި ނަގާ މެންބަރުން ޕާރޓީން ވަކި ކުރިޔަސް ގޮޑިއެއް ނުގެއްލޭނެ.. ބަލަންތިބޭ
ރަދީފް
26 October 2017
ތިކަން ނިމިއްޖެ. ރައިލާ އޮޑިންގާ ވެސް ބަލި ގަބޫލުކޮށްފި.