ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހު ބައިވެރިވެވަޑައިގަންނަވަނީ. އެޖެންޑާ ކުރާނެ ކަމެއް ނެތިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނުބާއްވާ. - ފޮޓޯ: މަޖިލިސް
04 ޖުލައި 2016 - 13:59
އެޖެންޑާ ކުރާނެ ކަމެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.
މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާ ނިންމާލި އިރު، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް ވެސް އިއުލާނެއް ނުކުރެ އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖަލްސާތައް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ބާއްވަން ޖެހެ އެވެ.
މަޖިލީހުގެ މެންބަރަކު ވިދާޅުވީ ދެ ވަނަ ދައުރުގެ ޖަލްސާއެއް އޮންނަ ކަން ނުވަތަ ނޫން ކަން ވެސް މަޖިލީހުގެ އިދާރާ އިން އަންގާފައިނުވާ ކަމަށެވެ. އަދި މަޖިލިސް ކެންސަލް ކުރި ކަން އެނގުނީ ޕާލަމެންޓްރީ ގްރޫޕުން ކުރި މެސެޖަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލިސް އޮންނާނެ ދުވަހެއް އިއުލާން ކޮށްފައެއް ނުވޭ. އެޖެންޑާ ކުރާނެ ކަމެއް ނެތިގެން އާންމުކޮށް ޖަލްސާތައް ނުބާއްވާނީ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުމުގެ އިހްތިޔާރު އޮންނަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ކަމަށާއި ޖަލްސާތައް ނުބާއްވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމެޓީތަކުގައި ގިނަ މައްސަލަތަކެއް ނުނިމި އެބަހުއްޓެވެ. އަދި އެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަސައްކަތް ކުރާ ކަމަށާއި ބެލެވޭ ގޮތުގައި މަޖިލިސް ފަށާނީ އީދު ބަންދަށް ފަހު އަންނަ ހޯމައިގައި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ދިރާސާ ކުރަމުން އަންނަ މުހިންމު ކަންތައްތަކުގެ ތެރޭގައި ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށްފައިވާ ކަރުދާހާއި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޝަރަމް
05 July 2016
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނުބޭއްވޭއިރު މުސާރަ ހިނގާނެތޯ؟؟
ބޮލަށްތުރާ
05 July 2016
މަށަށް ދެރައީ ދިވެހުން މިމީހުން ހޮވަން ވޯޓުލާތީ.
ޢަހުމަދު ޒާހިރު
05 July 2016
ވިއްކާލާނެ ބޮލެއް ނެތީ ދޯ ؟
ހުސޭނު
04 July 2016
ކުރާނެކަމެއް ނެތިގެން މަޖިލީސް ހުއްޓާލަން ޖެހިއްޖެއްޔާ މިދުވަސްތަކަށް ކަލޭމެނަށް މުސާރަ ހައްގެއްނުވާނެ. ރައްޔިތުންނަށް ކޮންމެހެން ބޭނުން ގާނޫނުތައް އަދިވެސް އެހެރީ ނުހެދި. މިނިސްޓްރީތަކުން ބުނަނީ ފޮނުވާއެއްވެސް ގާނޫނެއް ފާސްނުވާކަމަށް. ތިޔަށްވުރެ އިޚްލާސްތެރިކަން ކޮންމެ މެމްބަރަކުވެސް ދައްކަން ޖެހޭ.
މަންސޫރު
04 July 2016
މި ލިޔުން ކިޔާލުމުން 'ހަމަ ހެވެނީ' އޮޕްޝަން އެއްވެސް ދީބަލަ!
ބޭބެ
04 July 2016
މަސީހުއެވެ. ލިބިފައިވާ ބާރު ހެޔޮގޮތުގައި ގިނަބައެއްގެ ފައިދާއަށް ވިސްނުންތެރިކަމާއި އެކު ބޭނުން ކުރާށެވެ. ނޫންނަމަ އޭގެ ވޭން އެތައްބަޔަކު ތަހައްމަލް ކުރަންޖެހިދާނެއެވެ
އަސްތާ
04 July 2016
އަސްތާ! އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕާޓީގެ ވެރިކަން ނުކުރެވޭ ގާނޫނު ކޮބާ؟ ދެބެން ދޭތެރޭގައި ހިނގާ ކޯޅުމަށްވެސް ގާނޫނު ހަދާދޭބަޔަކު މަސައްކަތެއް ނެތިއްޔާ މައްސަލައެއްތީ!
ޢަލީ
04 July 2016
ޔާމީނު ވަކިކަމެއް ނާންގާތީދޯ ކަމެއްނެތީ
ގައުމު
04 July 2016
ކުރާނެކަމެއް ނެތިއްޔާ އިސްތިއުފާދީފައި ގެއަށް ދޭބަލަ މެމްބަރުން.
މުއީން
04 July 2016
ރައްޔިތުން ފެލާލާނެ އިތުރު އައިޑިއާ އެއް އަންނަންދެން މަޖިލިސް މެދުކެނޑިފަ....