ރައީސް ޔާމީން އީދު ސަލާމްކުރެއްވުން މިފަހަރު އިސްލާމީ މަރުކަޒުގައި

ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ ފިތުރު އީދު ސަލާމްކުރެއްވުން އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ހޯލުގައި އީދު ސަލާމްކުރެއްވުން އޮންނާނީ އީދު ނަމާދަށް ފަހު ހެނދުނު 8:30 އިން 9:30 އަށް ކަމަށެވެ. އިސްލާމީ މަރުކަޒު ނޫން އެހެން މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް ވެސް ރައީސްއާ އީދު ސަލާމްކުރެއްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އީދު ސަލާމްކުރެއްވުމަށް ވީހާވެސް ގިނަ ބަޔަކު އިސްލާމީ މަރުކަޒަށް ދިއުމަށް ރައީސް އޮފީހުން އެދެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދަށް ވަނީ ބުދަ ދުވަހެވެ.