ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު އާދަމް (ކ) ބައިވެރިވެވަޑައިގަންނަވަނީ.--. ފޮޓޯ: ނިޝާން އަލީ/މިހާރު
07 ނޮވެމްބަރ 2017 - 18:36
ޓެރަރިޒަމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ބައެއް ގައުމުތަކުގައި ކައުންޓާ ޓެރަރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިދާރާތަކުގެ މީހުންނަށް އަމާޒުކޮށްގެން ކަނޑޫމާ ރިސޯޓުގައި ފެށި ސަރަހައްދީ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެހެންވެ، ޓެރަރިޒަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ. ކަމާ ބެހޭ މުއައްސަސާތައް ހާއްސަކޮށް، ހާރިޖީ ސިޔާސަތު ހަރުދަނާކޮށްގެން، އަންނަ ގޮންޖެހުންތައް ކުޑަ ކުރަން ޖެހޭ،" އާދަމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކަށް ފާރަލުމަށް ރައީސް ޔާމީންގެ ޒައާމަތުގައި ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރެއް ގާއިމުކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށެވެ. ރާއްޖެ އިން ޓެރަރިޒަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެތެރެ އާއި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ހަދައި، އެ އޮނިގަނޑުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް ހަރުދަނާކޮށް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ބަދަލު ކުރުމުގެ މުހިންމު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި 16 ގައުމަކުން 46 މަންދޫބުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަންބެ
08 November 2017
ފިޔަވަޅެއްއަޅައިގެންތާ ހާމަކޮއްދެވޭނީ
ހާސަރު
08 November 2017
އެޅިފިވަޅު ހަރުދަނާ ކަމުންދޯ ބްރިޓިސް އެއަރލައިން ނެރުނު ލިސްޓްގަ އޮތް ހަގައުމުގެތެރޭގައި ރާއްޖެ އޮތީ!؟
ނޯޕޭ
08 November 2017
އަޅެ ތި އެޅި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފިޔަވަޅެއްވެސް ރައީތުންނައް ހާމަކޮށްދީބަލަ ދޮގު ވާހަކަ ނުދައްކާ
ދަތްދޮޅި
08 November 2017
ފުލުހުންގެ މަސައްކަތެއް ފޭރިގަނެގެން ކަމާނުބެހޭ ބަޔަކު ކިތައްމެ އަނގައެއްތެޅިއަސް ނަތީޖާއެއް ނުފެންނާނެ.
މެންޓަލިސްޓް
08 November 2017
އެއީއަނެއްކާ ކޮންކަމެއްތޯ ؟؟ ކުކުޅު ނޫޑްލްސްއާޢި ކޯކް ދަޅެއް ކޮންމެ ޓެރަރިސްޓަކަށް ދިނީމައި އެމީހުން އިސްލާހްވީތޯ ؟ މުޅިދުނިޔޭންވެސް ހައްލެއް ނުލިބިގެން އުޅޭކަމެށް މިނިސްޓަރ އަނެއްކާ ކޮންފޮރމިއުލާއަކުންތޯ ތިޔަ ހައްލެއްހޯދީ ،،، ހާދަމޮޅޭ އިނގޭތޯ ؟؟؟
ޙަސަން
08 November 2017
ޖޯކަރުން ދެން ލަދުގަނެބަލަ ހަރުދަނާކަންފުޅެއްވެސް ތިކަމުގައި ނެތެއްނު
މަންސޫރު
07 November 2017
ޙައްހައްހައް! އެބުނާހެން ސަރުކާރުން ލޭބަލްކޮށް ޓެރަރިސްޓުންތަކެއް ޖަލަށް ލައިފި. ރާއްޖޭގައި ޓެރަރިސްޓުން ތަފާތުވާނެ.