ޚަބަރު / ކުޅުދުއްފުށި އެއާޕޯޓް

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފުގެ ފަޅުވެރިންނަށް ފަރިވަޅު ދީފި

ކުޅުދުއްފުށީ އަންހެނުން ފަރިވަޅު ހިފައިގެން އެ ރަށުގައި ހިނގަނީ.

ހދ. ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ބަނދަރުކޮށްފައި އޮތް އެމްޓީސީސީގެ މަހާ ޖައްރާފުގެ ފަޅުވެރިންނަށް ރައްޔިތުންގެ ފަރާތުން ފަރިވަޅެއް މިއަދު ދީފި އެވެ.

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި ޕީޕީއެމުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގައި އެ ރަށު އަންހެނުން ފަރިވަޅު ދިނީ ދިވެހި ސަގާފީ ހެދުންތަކުގައި ގޮހެވެ. އަދި ފަރިވަޅު ހިފައިގެން އެ މީހުން ދިޔައީ އެ ރަށު ބޮޑެތި މަގުތަކުންނެވެ.

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފަށް ފަރިވަޅު އަރުވަން ހިނގާފައި ދަނީ.

މި ފަރިވަޅާ ގުޅިގެން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަހާ ޖައްރާފަށް ފަރިވަޅު ދިނުމަށް 500 އަންހެނުން ބައިވެރިވި ކަމަށެވެ. އަދި އެމްޑީޕީ މެމްބަރުންނަށް ސަލާމް ރައްދު ކުރެއްވި އެވެ.

ނިހާނުގެ އެހެން ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓު އެޅުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ކުޅުދުއްފުށީ ހީވާގި ކަނބަލުން ސަލާމް ބުނި ކަމަށެވެ. އަދި އެ އަންހެނުން ތިބީ ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވަން ކަމަރު ބަނދެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓު.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ހުޅަނގު ފަރާތު މޫދުން ހަ ހެކްޓަރު އަދި އެރަށު ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ. ކުޅި ހިއްކައިގެން އެއާޕޯޓް އަޅަން، ރަށުގެ ވަރަށް މަދު މީހަކު ނޫނީ، ތާއީދުކުރެ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އުޅޭ ޖަމިއްޔާތަކާއި އާންމު ބައެއް މީހުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ކުޅުދުއްފުށީ ކުޅި އާއި ފަޅުން ބައެއް ހިއްކަން ގެންގޮސް އޮތް މަހާ ޖައްރާފަކީ 35 މިލިއަން ޑޮލަރު ހޭދަކޮށްގެން ގެނައި މުޅިން އާ ކޮންނަ ބޯޓެކެވެ.

ކުޅި ހިއްކުމުގެ އަމަލީ މަސައްކަތް މާދަމާ ފައްޓަވާ ދެއްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.

ކުޅުދުއްފުށީ އަންހެނުން މަހާ ޖައްރާފަށް ފަރިވަޅު ދެނީ.

22 ކޮމެންޓް, 102 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 5%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫސް ކިޔާމީހެއް

12 November 2017

ކުޅުދުއްފުއްޓަކީ އަތޮޅުގެ ކެޕިޓަލްކަމަށް ބަލާނަމަ ، ތިޔަ އެއަރ ޕޯޓް ގެ ސަބަބުން ހިތާމަކުރާނެ ޖީލެއް އަންނާނެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ބިމުގެ ބޭނުން ޖެހޭދުވަހަކަށް ތިޔަބިންބޭއްވުން މާރަނގަޅުވާނެ . ނަމޫނައަކަށް މާލެ އަދި ހުޅުމާލެ ބަލަމާހިންގަވާ. އަގުދައްކާ މިލްކުވާގޮތަށް ފްލެޓް ހެދުމަކީވެސް ގެދޮރުގެ ހައްލެއްނޫން . މައްސަލަމައްޗައް މައްސަލަ، ތަރިކަ މުދަލުގެތެރޭގައި ނުކުންނާނެ، މައްސަލަތައް ހައްތާދާނީ އިތުރުވަމުން.

The name is already taken The name is available. Register?

އިސްމާލު

12 November 2017

ގދ. ހަވަރު ތިނަދޫގެ 2 ކުޅި ހިއްކީ މައުމޫނުގެ ވެރިކަމުގައެވެ. ކުޅި ހިއްކުމުން ގިޔާމަތްވާނެ ކަމަށް އެބުނަނީ ކުޅަދުންވަންތަ ކަމަކީ ކޮބައިކަން ނޭގޭ މީހުންނެވެ. ކުރިން މި މާލެ އޮތީ މިހެން ތޯއެވެ. ހުޅުމާލެ ކިޔާ ރަށެއްވެސް އޮތްތޯ އެވެ. ހައްތާހާ ސުވާލެވެ. ކޮނމެ ސަރުކާރަކުން ކުރިއަސް ތަރައްޤީގެ ރޫޙް ކަމުގައިވާ ލުއިފަސޭހަ ގޮތްތަކަށް މަރުޙަބާ ނުކިޔާނަމަ އެވާނީ ޖާހިލުންނަށެވެ. ލޮލަށް ގެއްލުން ވެދާނެތީ ފޯނާއި ކޮމްޕިއުޓަރު ދޫ ކޮއްލަން ގޮވަންފެށުމަކީވެސް ދުރުކަމަކަށް ނުވާނެހެން ހީވާ ކަހަލައެވެ.

The name is already taken The name is available. Register?

ސަންސެޓް

12 November 2017

ދެރަވޭ ނިކަމެތިކަން ހިތަށް އަރާފައި. ރަށުގެ ލޭންޑްމާކް ނެތިކޮށްލަން ކުރާ ކަމެއްގަ. ކޮބާ ސްކޫލް ނިންމާ ޒުވާނުން. ތިމާވެށި އިލްމާއި އިޖްތިމާޢީ އިލްމުން އުނގެނުނު ތަކެތީގެ ބޭނުން ހިފައި ތިޔަ ހިއްކުމާއި ދެކޮޅު ހެދުމަކީ އުފަލެއްކަމުގައި ހަދަމާ. ވެށި ހިމާޔަތްކުރުން އިސްކުރުމާއެކު ތަރައްގީ ގެނައުމަކީ އެންމެ ރަނގަޅު ގޮތް.

The name is already taken The name is available. Register?

ފަރިވަޅު

12 November 2017

ތިތަން ހިއްކައިގެން އަޅާ އެއަރޕުޯޓްގަ ބޯޓް ޖައްސަން ފެށީމަ ގޭގަ ރެނދުލާ،ފުރާޅުގެ ސިމެންތި ޓިނުތަށް ބޮލަށްފައިބާ ލޮލަށް ކުނިއެޅެން ފެށިމަ ފަރިވަޅުގެ ރަހަ ލާނީ،މިހާރު ތިބޭ ތިހެން ގުނބޯ ހެދިފަ،

The name is already taken The name is available. Register?

ޖަންބޯ

11 November 2017

އައްޑޫއަށްވުރެ މާގިނަޑޮކްޓަރުން ރާއްޖޭގެ އެހެން ރައްރަށުގައިތިބޭ!

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

11 November 2017

ޔާމީން ގެ ސަރުކާރުން “ލާމަރުކަޒީ ޤާނޫނު ނުކުޅެދުން ތެރިކޮށް އަތޮޅުތެރޭ ރައްޔިތުން ކުލީ އަޅުން ކަމުގައި ހެދިޔަސް”މާގިނަ ދުވަހަކު މިކަން ދެމިނޯންނާނެ. ތިއީ ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރެވޭއިރުއުތުރުގެ މައި ސިޓީ ނުވަތަ ކެޕިޓަލް. “މިކަމަށް ބޭނުންވާ ވަސީލަތަށް ބިން ބޭނުންވާތީ އެެއަރޕޯޓަކަށޭ ކިޔާފަ ރަށުގެ ބިން ޤުރުބާންކޮށް ނުލައްވާ”ކުޅި އެއްލާލާފައި ތިޔަ ހިއްކާ ބިމުގައި ސިޓީ ހޮޓާފަދަ ރަށަށްއަތޮޅަށް ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ ކަމެއް ކުރޭ. ލޯންޗްގައި 10 މިނިޓުން ދެވޭ ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކޮށް މޯލްޑިވިއަން ޝެޑިއުލްދަތުރު ހަފުތާއަކު އެއްފަހަރު ނަމަވެސް ކޮލަމްބޯ ބެންގްކޮކް އަށް ފައްޓާދެއްވުމަށް ސަރުކާރުގައި ދަންނަވާ ފުރިހަމަ ކަނޑު ދަތުރު ފަތުރުގެ ނިޒާމަކުން ކުޅުދުއްފުއްޓާއި ހަނިމާދޫގެ އިތުރުން މުޅިއަތޮޅު ގުޅާލާ އަތޮޅަށް ރަށަށް ރައްޔިތުންނަށް ތަނަވަސްކަން ހޯދާދިނުމަށް ވިސްނުން ބަހައްޓާ. ތިޔަ އެއަރޕޯޓަކީ ޖަމީލު ދީދީގެ ރަންގަޑެކޭ ހިލަގަނޑެކޭ ވާހަކަ ފަދަ ބޭނުމެއް ނުކުރެވޭނެ “ނަމެއް”

The name is already taken The name is available. Register?

ރެޓޭ

11 November 2017

ކުޅުދުއްފުށީ ކަނބަލުން ހާދަހާރީއްޗޭ!

The name is already taken The name is available. Register?

ފިލޯސަފަރު

11 November 2017

އާރާއި ބާރާއި ޖާހު ދެއްކުމަށް އަދި ވަގުތީ އުފަލަށް ކަނބަލުންގެ ބޭނުން ހިފުމަކީ ދުނިޔެ ފެށުނީއްސުރެ ހިނގާ ކަމެކެވެ. އަދި ވަގުތީ ފައިދާއަށް މިފަދަ ދަލުގައި ކަބަލުން ޖެހުމަކީ އަބަދުމެ ހިނގާކަމެކެވެ. އައު ކަމެއް ނޫނެވެ. ވިސްނާ ތާރީޚޤގެ ފަތިފުށްތައް ބަލާ ބަޔަކަށް މިއީ އަންތަރީސްވެ ކޮސްވާ ވަރު ކަމެއް ނޫނެވެ. އިންސާނާގެ ދަހިވެތިކަމާއެވެ!!

The name is already taken The name is available. Register?

ބްރޯކަން ހާޓް

11 November 2017

ކުޅުދުއްފުށި ކަނަބަލުންގެ ފަރިވަޅުން ބަޔެއްގެ ހިތްހަލާކްވާނެކަން ޔަގީން

The name is already taken The name is available. Register?

ޛޗލހ

11 November 2017

ކުޅުދުއްފުށި އެއާޕޯޓަކީ އިންތިހާބަށް ޖހާ މުޑިއެއް. ޙަގީގަތަކަށް ނުވާނެ ބިލާހެއް. ބަލަންތިބޭ!!!!

The name is already taken The name is available. Register?

ދަތްޗީޗީ

11 November 2017

ތިހެންބުނި ބްރިޖް ވާހަކަވެސް ކަލޭމެން.... އެކަމަކު އެބަ ފެނޭތަ ވާގޮތް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454