ޚަބަރު / ގައިދީން

ތަހުގީގަށް ފަހު ބޭނުމީ އަބްދުﷲ އަށް އިންސާފު ލިބުން: އާއިލާ

އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ---

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު، ގ. ކީމާ، މަރުވި މައްސަލައިގެ ތަހުގީގަށް ފަހު އޭނާ އަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މީގެ ދެ އަހަރު ކުރިން، މޭ 1 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ މިދިޔަ އޮކްޓޯބަރު 10 ގަ އެވެ. އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ވަނީ ލަސްކޮށްފަ އެވެ.

އެ މަރަށް އިއްޔެ އެއް މަސް ފުރުނުއިރު ވެސް ސީރިއަސް ތުހުމަތުތަކަށް ކަމާ ބެހޭ މުއައްސަސާތަކުން ޖަވާބެއް ނުދެ އެވެ.

އަބްދުﷲގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ބުނީ އަބްދުﷲގެ މަރުގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އޭނާގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެ ދެ ކޮމިޝަނުން ވަކި އެއްޗެއް އާއިލާ އަށް ނާންގާ ކަމަށް އޭނާ ބުންޏެވެ.

ޝެހެނާޒް ބުނި ގޮތުގައި އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް މިހާރު ވަނީ ލިބިފަ އވެ. އެ ލިއުންތަކަށް ބަލާއިރު ވެސް އަބްދުﷲ މަރުގައި ކަރެކްޝަަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

"ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެންވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.

ޝެހެނާޒް ބުނިގޮތުގައި އަބްދުﷲ ބަލިވެ އުޅޭ ކަމުގެ މައުލޫމާތު ލިބުމުން މާލޭ ޖަލަށް ގޮސް މާފުށީ ޖަލަށް ގުޅައިގެން ހާލަތު ސާފުކުރަން މަސައްކަތް ކުރި އެވެ. އެކަމަކު ތަކުރާރުކޮށް ގުޅުމުން ވެސް މާފުށީ ޖަލުން ވާހަކަ ނުދެއްކި ކަމަށާއި މާލޭ ޖަލުގެ އޮފިސަރަށް ވެސް އެކަން އެނގޭނެ ކަމަށް އޭނާ ބުންޏެވެ.

"އެހެންވީމަ އަބްދުﷲގެ ބަލި ހާލަތާ ގުޅޭ ގޮތުން އާއިލާ އަށް ޖަވާބުދާރީވުމުގައި ވެސް އިހުމާލުވެފައި މިވަނީ. ބަލިކަން ނުވެސް އެންގީ،" ޝެހެނާޒް ބުންޏެވެ.

އޭނާ ބުނިގޮތުގައި މާފުށީ ޖަލުގައި އަބްދުﷲ އަށް ފަރުވާ ދިނީ "ދަސްކުރާ" ޑޮކްޓަރެއް ކަމުގެ މައުލޫމާތު ވެސް އާއިލާއަށް ވަނީ ލިބިފަ އެވެ. ތަހުގީގުގައި ކަމާ ބެހޭ އިދާރާތަކުން އެކަން ވެސް ބަލާނެ ކަމަށް އުއްމީދުކުރާ ކަމަށް ޝެހެނާޒް ބުންޏެވެ.

"އަޅުގަނޑުގެ ފިރިމީހާ ދެނެއް ނާންނާނެ. އެކަމަކު އާއިލާ އިން ބޭނުން ވަނީ ޖަލުގައި ދެން ތިބި ގައިދީންގެ ވެސް ރައްކާތެރިކަމަށް، މިކަންކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުން،" އޭނާ ބުންޏެވެ.

އަބްދުﷲގެ މައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.

17 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 78%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޖައިބު

13 November 2017

ތިޔަ ޢަބްދުﷲ ފުލުސްމީހާގެ ގައިގައި ތަޅާ ބޭލި ވީޑިއޯ މަވެސް ބެލިން.. އޭރު ކީއްވެތޯ ތިޔަ އިންސާފުގެ ވާހަކަ ނުދެއްކުނީ... މަރަކީ ކޮންމެތާކު ހުއްޓަސްވާނެ އެއްޗެއް. ތިޔަ އަބްދުﷲ ނޫނަކަސް އައިޖީއެމްއެޗްގައި ވަރަށް ގިނަމީހުން މަރުވޭ... އެމީހުންގެ މަރުވެސް ތަޙްޤީޤުކުރަންވީނު....

The name is already taken The name is available. Register?

ދޮންތުއްތު

13 November 2017

ރީނދޫ މީހެއް ވީމަ އިންސާފު ލިބެން ޖެހޭ ފުލުހެއް ވީމަ އިންސާނެއް ކަމުގަވެސް ނުބެލެވޭ ގާނޫނެއް ހަދައިގެން މިވެރިން މިގަންނަ ސަކަރާތެއް ދޯ؟ މީހުންގެ ދުލުގަ ހިފާ ނުދަމަފާނަންތަ؟

The name is already taken The name is available. Register?

އަހަންމަދޭ

13 November 2017

ފުލުހަކު މަރާލަން ވެގެން އޭނަ ގައިގަ ކޮޅުފައިން ހޭވައްޓާލާފަ ތެޅީމަ އެ ފުލުސް މީހާ އަށް އިންސާފު ނުލިބެން ވީތަ؟ މަރަކީ އެހެން އޮންނަ ކަމެއް ނޫން. ބަޔަކު މަރާލަން އުޅުނަސް މަރުނުވެދާނެ. އެކަަމަކު ކޮންމެ މީހަކާވެސް މަރު ބައްދަލު ކުރާނެކަން ގައިމު

The name is already taken The name is available. Register?

ހަބޭސް222

13 November 2017

އަބްދުﷲގެ މަރުގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އޮތީ ނުކުޅެދިފައި، މިހާރަކު މިނިވަން މުއައްސަސާ އެއް ނެތް!

The name is already taken The name is available. Register?

އަބްދުއްލާ

12 November 2017

އިންސާ ފަކީ އެހެން ދުވަހަކު އެހެން ދުނިޔެއަކުން ލިބޭ އެއްޗެއް މިދުނިޔެ އަކުން އެކަކަށްވެސް އިންސާފެއް ނުލިބޭނެ.

The name is already taken The name is available. Register?

އަބްދުއްލާ

12 November 2017

އިންސާ ފަކީ އެހެން ދުވަހަކު އެހެން ދުނިޔެއަކުން ލިބޭ އެއްޗެއް މިދުނިޔެ އަކުން އެކަކަށްވެސް އިންސާފެއް ނުލިބޭނެ.

The name is already taken The name is available. Register?

ނަގޫރޯޅި

12 November 2017

އެދުވަހު އިންސާފައްގޮވީ އެއްކަލަޕޮލިސްކުއްޖާއާއި އޭނަގެ އާއިލާއިން، މިއަދު އަބްދުﷲގެ އާއިލާ. މީދުނިޔެދެކޭމިސާލު. މިހުރިހާކަމެއްވެސް ބައްލަވާފަރާތެއްވެ.

The name is already taken The name is available. Register?

ޙުސޭނު

12 November 2017

ދަސްކުރާ ޑޮކްޓަރުންނަކީ ބަލިމީހުންނަށް ބޭސްދޭ ބައެއްނޫން

The name is already taken The name is available. Register?

މަގޭ ހިޔާލު

12 November 2017

ކުއްވެރިން ބަލަހައްޓަނީ ޓެކްޕެޔަރުން ގެ ފައިސާއިން. ކުއްވެރިންގެ ޙަރަދު އެހާމެ ބޮޑު. އިސްލާމީ ޝަރީއަތުގައި އޮންނަގޮތަށް ކުއްވެރިންގެ ކަންތައްތައް ބަލަހައްޓާނަމަ ހަރަދުވެސް ކުޑަވާނެ. ޖަލުގައި އެބަތިބި ކާންދީގެން ބޭސްކޮށްދީގެން ބަލަހައްޓާ ބައިވަރު ކުއްވެރިން. މި މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަދު ދިނީމަ ޙަރަދުވެސް ކުޑަވާނެ އަދި މުޖުތަމައުގަ ކުށަށް އަރާ މީހުންވެސް މަދުވާނެ. މިސާލަކަށް ވަގުން. ކޮންމެއަކަސް މި ގައިދީގެ މަރު ތަހުގީގުކޮށް އެންމެ އިންސާފުވެރި ގޮތަކަށް މިކަން ނިމޭނެކަމަށް ދުޢާކުރަން.

The name is already taken The name is available. Register?

އަބްދުއްލާ

12 November 2017

މީހަކު ގޯސްކޮށް ކަމެއް ކޮށް ފައިވާނަމަ ގިޔާމަތް ދުވަހު މާތްﷲ ގެ ހަޒްރަތުގާއިންސާފު ލިބޭނެ. އަމިއްލަޔަށް ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަވެސް އަނެއްމީހާ އަށް ބަދަލު ދޭންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454