ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ވާހަކަފުޅު ދައްކަވަނީ: މައުމޫން އޭސީސީއަށް ހާޒިރުކުރަން ވަނީ ނިންމާފައި.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
05 ޖުލައި 2016 - 13:40
ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ "މިހާރު" އަށް ވިދާޅުވީ މައުމޫން ހާޒިރުކުރަނީ 2008ގައި ނެރުނު އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އޭސީސީން ކުރިއްސުރެ ބަލަމުން އަންނަ މައްސަލަތަކެކެވެ.
ލުތުފީ ވިދާޅުވީ މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓްތަކުގައި ހުރި ކަންކަން އޭސީސީން ބަލަމުން އަންނަތާ ކިތަންމެ ދުވަހެއް ކަމަށާއި "އަދި ކިރިޔާ މައުމޫނާ ސުވާލުކުރާ ހިސާބަށް ދިޔައީ" ކަމަށެވެ.
"އޮޑިޓް ރިޕޯޓްތަކާ ގުޅިގެން ތަފާތު ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރަމުން އަޅުގަނޑުމެން މިއައީ. ތަހުގީގުގައި އެ ފަރާތްތަކުން ދެއްކި ވާހަކަތަކަށް ބަލައި، މި މައްސަލަތަކުގައި އެންމެ ފަހުން ސުވާލު ކުރަން ޖެހޭ ފަރާތަކީ މައުމޫން ކަމަށް ވާތީ، މި ސުވާލު ކުރަނީ،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ (ކ) އާއި މުއައްވިޒް (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި، އީދު ބަންދަށް ފަހު މައުމޫން އޭސީސީއަށް ހާޒިރުކުރާނެ. --ފޮޓޯ: ވީމީޑިއާ
އޭނާ ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓްތަކުގައި ހުރި މައްސަލަތައް ބަލަމުން އަންނަނީ ފުލުހުންނާ ވެސް ގުޅިގެންނެވެ. އަދި މި އީދު ބަންދަށް ފަހު މައުމޫން އޭސީސީ އަށް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ދެބޭފުޅުންގެ ގުޅުން ގޯސްވެ، ޕާޓީގެ ތެރޭގައި ވަނީ ފެކްޝަންތައް އުފެދިފައި.---ފޮޓޯ: ރައީސް އޮފީސް
މައުމޫން އޭސީސީއަށް މި ހާޒިރުކުރަނީ އެމަނިކުފާނައި ރައީސް އަބްދުﷲ ޔާމީނާ ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ވަރަށް ބޮޑުވެފައި ވަނިކޮށެވެ.
ލުތުފީ ވިދާޅުވީ މިހާރު ހިނގަމުން އަންނަ ސިޔާސީ ކަންކަމާ މައުމޫން އޭސީސީއަށް ހާޒިރުކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
"އޭރުގެ އޮޑިޓް ރިޕޯޓް ބަލަމުން އަންނަނަތާ ކިތަންމެ ދުވަހެއް. މިހާރު މި ހިނގަމުންދާ ކަންކަމާ އެއްވެސް ގުޅުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ގާތްބޭފުޅުންނަށް ހަރަދު ކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި އެ ފައިސާތައް މައުމޫންގެ އަތްޕުޅުން ހޯދުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ދައުލަތަށް ލަފާދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދ
20 April 2017
2008 ގެ ފަހުން ނަސީދު ވެސް ވެރިކަމަށް އަްީ އިދިކޮޅު ލީޑަރަކަން ހުރެ .އޭރުވެސް މައުމޫން އޭސީސީ އަކަން ނުދަމާ ތީވަކިމީހަކުގެ ހިތްހަމަޖެހުމަކަށް ރައީސް މައުމޫން ޖަލަން ލާންވެގެން ކުރަން އުޅޭކަމއރް ދިވެހިންނަން މިހާރު އެގޭ ތި ބޮޑުސިއްrު
ޢާއިޟާ
18 October 2016
ކުޅިވަރު ފެށީ
ސޯސޯ
05 July 2016
ލުތުފީ ތިސުވާލު ކުރައްވަމުން ގެންދެވީ ކޮންބޭފުޅުންނަކާތޯ. ނޫނީ ސިއްރުންތޯ. ވަހީދު ވެރިކަމަށް އައިސް ރިޔާސީ ކޮމިޝަން އުވާލި ފަހުން ތިމައްސަލަ ބަލަމުން ގެންދިޔަކަން ދަންނަ މުވައްޒަފެއްވެސް ތިތަނަކު ނެތްކަމަށްވަނީ.
އިދިމަތިން
05 July 2016
ލުތުފީ ވާހަދައްކަނީ ތި ދިމާ އިދިކޮޅަށް
ބޮލް
05 July 2016
ތިޔައީ އޭސީސީއެއް ނޫން. ތިޔައީ ސީސީ
ޙާސަރު
05 July 2016
ތިތަރުތީބު ހިފަހައްޓައިފި ނަމަ އަދީބުގެ އެމްއެމްޕީއަރސީ ގެ މައްސަލަ 2050 ގައި ބެލޭނީ!؟ ރެހެންދިފްލެޓް ސަލާންބުނި
އަލީ
05 July 2016
ތިބުނާ ޒަމާނުގެ ކަންކަންވެސް ރަގަޅައް އޭސީސީއިން ބަލައިފިނަމަ އެގޭނީ އޭރުވެސް މިހާރުވެސް އެންމެ ބޮޑެތި ވައްކަންތަކާ ކޮރަޕްޝަންތަކުގެ ބިއްދޮށުގަތިބީ އެއްބައެއްކަން. އެކަމަކު ވަކިބަޔަކައް ނޫނީ މީހަކައް ޓާގެޓުކޮއްގެން ކުރާކަމަކައްވާތީ ރަގަޅައްބަލާކައްނުކެރޭނެ ނޫނީ ނުބަލާނެ.
Hamdhoon
05 July 2016
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ހިފުމަކީ ކޮރަޕްޝަން. ޥެރިކަން ބަދަލު ވުމަށްފަހު އެންމެ ފުރަތަމަ ތަހުގީގު ކުރަން ވާނީ ހަސަން ލުތުފީ ހިންގަވާފައިވާ މިފަދަ ކޮރަޕްޝަން
މަ މޮުޔަ ތަ؟
05 July 2016
ދެން އަހަރެމެން ތިބެންވީ ގަބޫލުކޮށްގެންތަ ތި ދެ ކަންތަކުގަ އެއްވެސް ގުޅުމެއް ނެތް ކަމަށް؟ ބަލަ އަހަރެމެންނަކީ ތިމީހުންކަހަލަ މޮޔައިންނެއް ނޫނޭ، އަހަރެމެންނަށް ރަގަނޅާާއި ނުބައި ވިސްނޭ. އަހަރެމެން މޮޔަ ހައްދަން ނޫޅޭ
މޯޑް ވަން
05 July 2016
ވިކިހުސްވެފަ... ރަނގަޅަށް ތިދަނީ... އެންމެ ފަހުން ނިމޭނީ އިސްތިއުފާއިން... ކޮންމެ ކަމަކީ ބޭނުންހާ ގޮތަކަށް ނިމޭނެ ކަންކަމެއްނޫން... ރަގަޅު ކުޅިއެއްް ތިފެށީ... ނިމުން ވަރަށް ހިތިކޮށް ފެންނަނީ... ވެރިކަމާހެދި ދަންޖެހުނަސް ބޮޑުވަރު... ހީހީ ހަލާކު....