ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: އަންނަ ހުކުރު ދުވަހު އާ ފްލެޓްތަކަށް މީހުން ބަދަލުވާ ގޮތަށް ވަނީ ނިންމާފައި
10 ޑިސެމްބަރ 2017 - 09:59
ހުޅުމާލޭގައި ސަރުކާރުން އެޅި 661 ފްލެޓަށް، އަންނަ ހުކުރު ދުވަހު މީހުން ބަދަލުވާން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ތިން ކޮޓަރީގެ އެ ފްލެޓްތަކަށް މީހުން ބަދަލުވާން އެކި ދުވަސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ހުކުރު ދުވަހު އެއް ބަޔަކު ބަދަލުވާ އިރު މި މަސް ނިމުމުގެ ކުރިން އެހެން ހުރިހާ އެންމެން ވެސް ބަދަލުވާ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.
ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ދޫކުރި މި ފްލެޓްތަކުގައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މީހުންނަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ކުރިން ވެސް ދީފަ އެވެ.
އެ ފްލެޓްތަކަށް ހޮވުނު މީހުންނަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށް ހައުސިން މިނިސްޓްރީން މިހާރު ވެސް އަންނަނީ ގުރުއަތުލުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭން ދޫކުރި މި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން އާއްމު ކުރި އިރު، އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައި އަޅާފައިވާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފްލެޓްތަކުގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެއް، ކޮންމެވެސް ކަހަލަ ނުކުޅެދުމެއް ހުރި މީހުންނަށް ދީފައިވެ އެވެ. އެގޮތުން ކެޓަގަރީ އެކަކުން، އެ ފަދަ 103 މީހަކަށް ފްލެޓް ދީފައިވާ އިރު، ކެޓަގަރީ ދޭކުން 64 މީހުންނަށް ދީފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ވެސް ހައުސިންގެ ބިޔަ މަޝްރޫއެއް ފަށާފައިވާ އިރު، އެ ތަނުން 80،000 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސް
12 December 2017
7000 ދައްކަންޖެހެެެ
އދ
10 December 2017
ތިޔަތަން ގިނައިން ލިބިފައިވަނީ ހައްގުނޫން މީހުންނަށް. އެމީހުން ލަދުގަންނަންޖެހޭނެ. އަދި ވަދެތިއްބަސް އަތުލަންޖެހޭނެ.
އައިސަތު
10 December 2017
މާލޭގެ ކުލި މިހާރުވެސް ދައްވާން ފަށައިފި. ސާބަހޭ މުއިއްޒު.
ހަނދުކޭތަ
10 December 2017
މުއިއްޒު ދޮގުނަހަދާ، ތީ އަންނި ސަރުކާރު ވެއްޓުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅުގައަޅަން ހަމަޖެއްސި 1500 ފުލެޓް. އޭގެއިން 704 ފުލެޓް މިސަރުކާރުން ބަދަލުކުރީ ހުޅުމާލެއަށް. އެއީ ތެދެއް، ތިތަނުގެ ބިންގާއެޅީ ޔާމިން. މުއިއްޒު މިނސްޓަރުކަމުގަ 6 އަހަރުވީއިރު އަޅަންބުނި 1100 ފުލެޓްވެސް ނޭޅުނު.
ބެރުދުންމާރި
10 December 2017
1 - ހުޅުމާލޭ ހޮސްޕިޓަލް ކައިރީގައި އަޅާފައިވާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ. 2 - ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ވެސް ހައުސިންގެ ބިޔަ މަޝްރޫއެއް ފަށާފައިވާ އިރު، އެ ތަނުން 80،000 މީހުންނަށް ޖާގަ ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިފިޔަވަހީގެ ފުލެޓްތަކުގެ އަގު މަހަކު 6،000 ރުފިޔާ އަށްވުރެން ބޮޑުވިޔަ ނުދިނުމަށް ގޮވާލަން. އެއަށްވުރެން ބޮޑުނަމަ އެއީ ބަލައިގަނެވޭނެ ކަމެއްނޫން.
ޔާމިން
10 December 2017
ހަގީގީ ތަރައްގީ އަކީ ކާބަފައިން އަހަރެމެނައް ދޫކޮއްދިޔަ ރަށުގަ އާއިލާއާއެކީ އުޅެވޭނެ މަގު ފަހިކޮއްދިނުން.ހަތަރުފޫޓު ގޮޅިއެއްގަ ބަންދުވުމަކީ ތަރައްގީއެއްނޫން
ކުރީގެ ދިވެހިރާއްޖެ
10 December 2017
ރާއްޖޭގެ ގޭގެއަކީ ރީތި މާމެލާ މެލިންނާ ތަރިތަކާ ގަސްތަކުގެ ނަންދީގެން ޖަރީކުރި ތަންތަން. އޭގެ ބަދަލުގައި ބިން ދޫކޮށްލާފައި ދިވެހިން މިބަދަލުވަނީ ނަންބަރު ޖެހި ޖަލަކަށް! ތަރައްގީ މިއޮތީ އަނގަވަތަށް. މިނޫން ރައީހެއް (އަންނި ޔާމީނު ފިޔަވާ) ބޭނުން.
6666
10 December 2017
ދިވެހިންނަށް ހައްގީ އަޅުމާލޭން ގޮޅިއެއް ނޫން. ބިން. ބިމަކީ ހަމައެކަނި ދޮން މީހުން ބިކިނީ ކުރަން އޮތް އެއްޗެއްނޫން. ޓުއަރިޒަމުން ލާރި ހޯދުމުގެ ބޭނުމެއްނެތް. ދިވެހިން ގޮޅި ކުރަންޏާ!
ލޮކަބީ މުހަންމަދު
10 December 2017
ގެދޮރުވެރިކުރުމޭ ކިޔައިގެން ދޮގާމަކަރު ހެދުން މަށައްވެސް 50 ޕޮއިންޓްލިބުން ކޮބާ ފުލެޓް ޕީޕީއެމް ވަރައްކަޑަ ގޮނޑިޖަހާ މީހުންނައް ލިބުނީ
ހަސަނ
10 December 2017
ފެރީ ނިޒާމަށް ކިހިނެއްވާނީ... މިހާރުވެސް އޮފީހަށް އައުމަކީ ވޭނެއް...