މަގު ހުރަހަށް ވާގޮތަށް، ގެއަކުން ނެރެފައި ހުރި ފިލައެއްގައި ޖެހި، ސައިކަލެއްގައި ދިޔަ ޒުވާނަކު މި ރޭ ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ ހ. ސިލްވަ ސޭންޑް ކިޔާ ގެއިން ނެރެފައި ހުރި އެ ފިލާގައި ޒުވާނާ ޖެހުނީ އޭނާ ސައިކަލުގައި ދަނިކޮށް ކަމަށެވެ. މި ހާދިސާގައި އޭނާގެ ލޯ ކައިރިން މޫނުމަތީގެ ކަށިގަނޑެއް ބިންދައިގެން ގޮސް މޫނުމަތި ވަރަށް ބޮޑަށް ޒަހަމްވެފައި ވެ އެވެ.
ފުލުހުން ބުނީ ލަކުޑި ފިލާފައި އޭނާ ޖެހުމާއެކު އޮފް ބެލެންސްވެ، ސައިކަލާ އެކު މަގުމައްޗަށް އޭނާ ވެއްޓުނު ކަމަށެވެ. އަދި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޒުވާނާ އަށް އޭޑީކޭގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ކަމަށް ވެ އެވެ.