ޗައިނާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުން އެކުލަވާލަން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން
15 ޑިސެމްބަރ 2017 - 14:35
ޗައިނާ އާއި ރާއްޖެއިން ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)، ރާއްޖޭގެ އާ ސަރުކާރުން މުރާޖައާކުރަން މަޖުބޫރުވާނެކަން ޗައިނާއަށް އެނގެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފްޓީއޭއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދީ އަވަސްއަރުވާލައިގެން އަދި ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އާ ސަރުކާރަކުން އެ އެއްބަސްވުން މުރާޖައާކުރަން މަޖުބޫރުވާނެކަން ޗައިނާއަށް އެނގެން ޖެހޭނެ ކަމަށް އެ ޓުވީޓްގައި ލިއުއްވި އެވެ.
ރާއްޖޭގެ ތާރީޚުގައި ގައުމަކާ އެކު ވީ ފުރަތަމަ އެފްޓީއޭ އަށް ރައްޔިތުންގެ މަޖިލިހުން ހުއްދަދިނީ އެ ބޮޑު އެއްބަސްވުން އެންމެ 30 މިނެޓުގެ ތެރޭގައި "ދިރާސާކޮށްފަ" އެވެ. އެކަމަކު އެހާ ބޮޑު ކަމަކަށް ބަލާއިރު އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް، އިދިކޮޅު ފަރާތްތަކުން ގަބޫލުކުރެ އެވެ.
އެއަށް ވޯޓު ދެއްވި 30 މެމްބަރުންނަކީ މުޅިން ވެސް ސަރުކާރު ފަޅީގެ މެމްބަރުންނެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާއަށް ވަޑައެއްނުގަންނަވަ އެވެ.
މަޖިލީހުން ރުހުން ދިނުމާ އެކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމީން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވަނީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ތަރައްގީތަކެއް އަންނާނެ ކަމަށެވެ.
އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އެ އެއްބަސްވުން ގާއިމްކުރީ ރާއްޖެ، ޗައިނާ އަށް ވިއްކާލުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
16 December 2017
ތީ ވަރަށް ރަގަޅު ކަމެއް. ތިޔަދައްކަނީ އިދިކޮޅު ޕާޓީއަކުން ދައްކާކަހަލަވާހަކަ. އެކަމަކު ހިޔެއްނުވޭ މުރާޖައާކޮށްގެން އެއަރޕޯޓް ގެ ކަންތައް ދިޔަހެން ހިގައިދާނެހެނެއް. އެއަށްވުރެ ތަސައްރަފް ފުދޭގޮތަކަށް އެކަން ކޮށްފަ އޮންނާނީ. ނަޝީދަށް މިވާ ގޮތަކީ އޭނަ ވެރިކަމުގަ އިދިކޮލުފަރާތްތަކުން ކުރި ހުރިހާކަމެއް ކުރެވޭތޯ ބަލަނީ. އެއީ ޗަންދަނީ މަގުކޮލަސް އެއްވުން ކަމަށްވިޔަސް އެމއެމް އޭ ކައިރިޔަށް އެއްވގެންކަމަށްވިޔަސް ހިލާލީގޭދޮށަށް އެއްވެގެންކަމަށް ވިޔަސް އެ ހުރިހާ ކަމެއް ކުރެވޭތޯ ބަލަނީ ސަރުކާރު ވައްތާލަން. އެކަމަކު ވިސްނަންވީ ތިމާ ވެރިކަމުގަ ދޯހަޅި އެތައް ކަމެއް ކުރެވިގެން ގޮސް ފައިދަށުން ގޮވީކަން. އެންމެ ދޯހަޅިކޮށް ކުރެވުނުކަމަކީ ދީނަށް ފުރައްސާރަކުރުން. އެހެންވީމާ މީހާއަސް ދިމާވާނެ އެކަހަލަ ހުރިހާ ކަމެއްވެސް.
ނޯޑައުޓް
16 December 2017
އެފްޓީއޭ ރާއްޖޭގެ އާ ސަރުކާރަކުން މުރާޖައާކުރާނެކަން އެންމެ ފުރަތަމަ ވިސްނާނީ ޗައިނާ ސަރުކާރުން. އެކަމުގެ ހައްލު އެމީހުން ނުހޯދާ ނުތިބޭނެ. އެފަދަ ކަންކަމާ ވިސްނާ ހައްލު ހޯދާފައިނުވާނަމަ ޗައިނާ މިހާރު ދުނިޔޭގައި އައިސްފައިމިވާ ހިސާބަށް ކިހިނެތް އަންނާނީ؟
މަހަށް
16 December 2017
ކެނެރީގެ ނަޝީދު މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.
Thhhk
16 December 2017
ކެނެރީ ނަޝީދު ވަރެއްނެތް
މީމު ޝީނު
16 December 2017
ނަޝީދު ކަންކުރަނީ އިންޑިއާ ރުއްސަން. ކޮންމެހެން ދިވެހިރާއްޖެ އަށް ފައިދާވާނެތީ، ނުވަތަ ގެއްލުންވާނެތީކީ ނޫން. އިންޑިއާގެ ނުފޫޒާ ހެދި ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީލަންކާގެ މީހުންވެސް ވަނީ ފޫހިވެފަ. އަހަރެންނަކީ ޔާމީންގެ ސަޕޯޓަރެއްނޫން. އެކަމު ނަޝީދުގެ ޕްރޯ އިންޑިއާ ސްޓޭންޑަކަށްވެސް ސަޕޯޓެއް ނުކުރަން. ސޮރީ.
ގޮންގް
16 December 2017
ނަޝީދަކީ ޕްރޯ ޔޫކޭ މީހެއް. އިންޑިއާއަކީ ޕްރޯ ޔޫކޭ ގައުމެއް. ޔޫކޭއަކީ ޕްރޯ ޔޫއެސް ގައުމެއް. ޔޫއެސް އަކީ ހުރިހާ ގޮތަކުންވެސް ޗައިނާ އަދި ރަޝިޔާދެކެ ރުޅި އަންނަ ބައެއް.
ބާސަރުކާރު
16 December 2017
ކަލޯގެ އިބާާރާތް މިހާރު ހާދަ ތަފާތުވެއްޖެއޭދޯ؟ ކުރިން ބުނާނީ 2018 ވަނަ އަހަރު އަންނަ އަހުރެމެންގެ ސަރުކާރުން. މިހާރު ތިޔަ ކިޔަނީ އާ ސަރުކާރުން. އަންނަ އަހަރުގެ ވޯޓު ކަރުދާހަށް ނަން ނާރާނެކަން ޔަގީންކޮށް ނިމުނީބާ!
ޮކކކނ
16 December 2017
ނުބައިމީހުންގެ ތެެރެއިންވެސް ނުބައިމީހެއް ނަޝީދު އަކީ.
ޖފފ
16 December 2017
ސަތޭކަ ޕަސެންޓް ތެދެއް
ތުއްތޫ
16 December 2017
މުރާޖާ ކުރަން ހަމަޖެހެމުންދާ އިރު ޗައިނާb ބަސް ދިވެއްސަށް ތަރުޖަމާކޮށްދޭނެ ފަރާތްތަކާއި ވާހަކަ ދެކެވެމުން ދަނީލ
ހިޔާ
16 December 2017
އެއްވެސް ޒިންމާދާރު ވާހަކައެއް ނޫން